Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީޔޫ ޑިމޮކްރަސީ ވީކް

ކޮވިޑް-19 ފަދަ ބަލިމަޑުކަމުގައި ވެސް ޑިޖިޓަލް ޑިމޮކްރަސީ ކުރިޔަށް ގެންދިޔުމަކީ މުހިންމު ކަމެއް: ރައީސް ނަޝީދު

ރަނގަޅަށް މަސައްކަތްކުރާ ރައްޔިތުންގެ މަޖިލީހެއް އޮތުމަކީ ޑިމޮކްރަސީއަކަށް ވަރަށް މުހިންމު ކަމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 15:19
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ކޮވިޑް-19 ފަދަ ބަލިކަމަޑު ކަމުގެ ދުވަސްވަރުގައިވެސް ޑިޖިޓަލް ޑިމޮކްރަސީ ކުރިޔަށް ގެންދިޔުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޔޫރަޕިއަން ޔޫނިއަންނުން ޑިމޮކްރަސީ ހަފްތާ ފާހަގަކުރުމުގެ ގޮތުން ބޭއްވި އިންޓަރ ޕެއަރސް ވެބިނަރގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ކޮވިޑް-19ގައި ރާއްޖެ ލޮކްޑައުންއެއްގައި އޮތް ދުވަސްވަރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔަ ގޮތާއި އެކަމުގައި ދިމާވި ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. މި ވެބިނަރ ގައި ރައީސް ނަޝީދު ވާހަކަދެއްކެވުމަށް ހަމަޖެހިފައިވާ މައުލޫއަކީ ކޮވިޑް-19 ގެ ލޮކްޑައުންގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ވަރޗުއަލްކޮށް ޖަލްސާތައް ކުރިޔަށްގެންދިޔަ ގޮތާއި ބިނާކުރަނިވި ބަހުސްތަކެއް ވަރޗުއަލް ޖަލްސާތަކެއްގައި ކުރިޔަށް ގެންދިޔުމުގައި ލިބޭ ފައިދާ ތަކާއި ގެއްލުންތަކާއި ގުޅޭގޮތުންނެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ރާއްޖެއަށް ޑިމޮކްރަސީ އައުމުގައި ވަކިން ޚާއްސަކޮށް ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވިގެން އިންތިޚާބެއް ބޭއްވުމަށް ރާއްޖެ ކުރި ދަތުރުގެ މައްޗަށް އަލި އަޅުވާލާފައްވާފައެވެ. އެގޮތުން ޑިމޮކްރަސީ ގެނައުމަށްޓަކައި ރާއްޖޭގެ ރައްޔިތުން ކުރި މަސައްކަތުގެ ނަތީޖާގެ ގޮތުން ޤާނޫނު އަސާސީ އިސްލާހުކުރެވި ގިނަ ޕާޓީތަކެއް އެކުލެވިގެން އިންތިޚާބެއް ބޭއްވުނުކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ފުރަތަމަ ބޭއްވުނު އިންތިޚާބު ކާމިޔާބުކުރެއްވީވެސް އެމަނިކުފާނު ކަމުގައެވެ. ނަމަވެސް ކަންތައްތައް ދިމާވިގޮތުން 2012 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އައި ކަމަށާއި އެއާއެކު އަނެއްކާވެސް ރައްޔިތުން ހައްގު ހޯދުމަށް ކުރި މަސައްކަތުން 2018 ވަނަ އަހަރު ބޭއްވި އިންތިޚާބުން އަނެއްކާވެސް ވެރިކަމަށް އާދެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި ކޮންމެ ހާލަތެއްގައިވެސް ރަނގަޅަށް މަސައްކަތްކުރާ ރައްޔިތުންގެ މަޖިލީހެއް އޮތުމަކީ ޑިމޮކްރަސީއަކަށް ވަރަށް މުހިންމު ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ސިޔާސީ ހަރަކާތްތަކުގެ މައި ތަނަކީ ރައްޔިތުންގެ މަޖިލީސް ކަމަށް ނަޝީދު ވިދާޅިވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެހެންނަމަވެސް މަޖިލީހުގެ ޖަލްސާތައް ރަނގަޅަށް ކުރިޔަށް ގެންދިޔުމަށްޓަކައި ޖަލްސާ ކުރާ މާލަމުގައި މެމްބަރުން ތިއްބަވައިގެން ބަހުސްތައް ކުރިޔަށް ގެންދިޔުމަކީ މުހިންމު ކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ކަމަކީ އެކިކަންކަމާއި ގުޅޭގޮތުން ކުރެވޭ ބަހުސްތައް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި ބަލިމަޑުކަން ފަދަ އުނދަގޫ ދުވަސްވަރުވެސް ޑިޖިޓަލް ޑިމޮކްރަސީ ކުރިޔަށް ގެންދިޔުމަކީ މުހިންމު ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރަން ފަސޭހަވާނީ ކުރިއަރާފައިވާ ޑިމޮކްރަސީ ތަކުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް މެމްބަރުން މަޖިލީހަށް ހާޒިރުވެވަޑައިގެން މަސައްކަތްކުރެއްވުން ނޫން ގޮތަކަށް އެމަސައްކަތްތައް ކުރެވޭ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި ތަފާތު އެކި ޚިޔާލުގެ މެމްބަރުން ތިއްބަވާއިރު އެކި މެމްބަރުންގެ ފަރާތުންވެސް ތަފާތު ޚަރުދަނާ ޚިޔާލުތައް ހުށަހަޅުއްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި

29 މާރިޗު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި
28 މާރިޗު 2017

ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް

28 މާރިޗު 2017
ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް
08 މާރިޗު 2017

އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު

08 މާރިޗު 2017
އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު