Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ޝަރީއަތުގެ އަޑުއެހުން

އަދީބުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ހައިކޯޓުގައި

14 ސެޕްޓެމްބަރު 2020 | ހޯމަ 13:40

އެންމެފަހުން ބޭއްވި އަޑުއެހުމުގައި އަދީބަށް ވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރެއްވުމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 ސެޕްޓެމްބަރު 2020 | ހޯމަ 13:40
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މިހާރު ހުންނެވީ ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފް މައްސަލަ ނިމެންދެން ޖަލުގައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މިހާރު ހުންނެވީ ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފް މައްސަލަ ނިމެންދެން ޖަލުގައި

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހަށް ހައިކޯޓުގައި ތާވަލް ކޮށްފިއެވެ.

ހައިކޯޓުގައި އަދީބުގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ އަންގާރަ ދުވަހުގެ 14:00 އަށެވެ. އަދި މިޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައިވަނީ، ވެބް ކޮންފެންސިންގ މެދުވެރިކޮށެވެ.

Advertisement - newsAdvertisement

މިދިއަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ އަދީބަށް ގާނޫނީ ވަކީލެއް ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވައިފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ކްރިމިނަލް ކޯޓުން އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ރަޝީދު ވަނީ އެ މައްސަލަތައް ބާޠިލްކޮށް، ކޯޓުން ބޭރު ކޮށްލާފައެވެ. އެހެންކަމުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ އަދީބުގެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެންމެފަހުން ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ، ބަންދާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް އަދީބާއެކު ހައިކޯޓަށް ވަޑައިގެންނެވި ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވަޑައިގެންނެވީ ހަމައެކަނި އެ އަޑުއެހުމަށް ކަމަށެވެ. އެހެންކަމުން، މައުލޫއީ ގޮތުން މި މައްސަލަ ކުރިއަށްދާއިރު ވެސް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށާއި ޖަލުގައި ހުންނަވައިގެން، ގާނޫނީ ވަކީލަކާއެކު މަޝްވަރާ ކޮށްލަން ފުރުސަތު ދެއްވުން އެދޭ ކަމަށެވެ.

އަދީބު ހުންނެވީ، ހައިކޯޓުން މި މައްސަލާގައި ވަކިގޮތެއް ނިމެންދެން ޖަލުގައި ބަންދު ކޮށްފައެވެ. ހައިކޯޓުން އޭނާ ޖަލުގައި ބަންދު ކުރަން ނިންމި މައިގަނޑު ސަބަބަކީ، ކުރިން ވެސް ފިއްލަވާފައިވާ ބޭފުޅަކަށްވާތީއެވެ.

މި މައްސަލަ ބައްލަވާ ހައިކޯޓު ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު މުހައްމަދު ނިޔާޒް އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން މަޒީދެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން ތިން ހުކުމެއް ވެސް ކްރިމިނަލް ކޯޓުން އިއްވާފައިވެއެވެ. އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި އިއްވި 10 އަހަރުގެ ހުކުމަކާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ޓެރެރިޒަމް ދައުވާކޮށް، އިއްވި 15 އަހަރުގެ ޖަލު ހުކުމާއި ފަޅުރަށެއް ކަމަށްވާ މާބިންހުރާގެ ޚިޔާނާތުގެ ފައިސާގެ ދައުވާއާ ގުޅިގެން އިއްވި 8 އަހަރުގެ ޖަލު ހުކުމާއެކު، ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް ވަނީ އިއްވާފައެވެ. ނަމަވެސް އެ މައްސަަލަތައް މަތީ މަރުހަލާގެ ކޯޓުތަކުން ވަނީ ބާތިލު ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް