Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ސައުދީގެ ޙާލަތު

ސައުދީން ބައިނަލްއަޤުވާމީ ދަތުރުތައް ފަށާނީ އަންނަ އަހަރު

ރައްކާތެރި ކަމުގެ ފިޔަވަޅުތައް ކުރީ ބައިގައި ދަނީ އަޅަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 16:53
ސައުދީން އަލުން ބައިނަލްއަޤުވާމީ ދަތުރުތައް ފަށަން ތައްޔާރުވަމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ކަށަވަރު ކުރަމުން

ސައުދީން އަލުން ބައިނަލްއަޤުވާމީ ދަތުރުތައް ފަށަން ތައްޔާރުވަމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ކަށަވަރު ކުރަމުން

އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ސައުދީން އަނެއްކާ ވެސް ބައިނަލްއަޤުވާމީ ދަތުރުތައް ފަށަން ތައްޔާރު ވެއްޖެއެވެ.

ސައުދީގެ ދައުލަތުގެ މީޑިއާއާ ޙަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ސައުދީގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ފަހުން އެ ޤައުމުން އަލުން ބައިނަލްއަޤުވާމީ ދަތުރު ފަތުރުތައް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.

އެގޮތުން އެއްގަމު ދަތުރުތަކާއި، ކަނޑުގެ މަގުންނާއި، ވައިގެ މަގުން އެ ޤައުމަށް އެތެރެވުމާއި، އެ ޤައުމުން ބޭރުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާއިރު، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ކުރީ ބައިގައި ދަނީ އަޅަމުންނެވެ.

އޭގެ އިތުރުން، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، އެކަން ތަންފީޒު ކުރަން ފަށާނެ ސީދާ ތާރީޚެއް އަންނަ އަހަރު ފެށުމުގެ 30 ދުވަސް ކުރިން އިއުލާނު ކުރާނެ ކަމަށް ވެސް ސައުދީގެ ދައުލަތުގެ މީޑީއާ އިން ރިޕޯޓް ކޮށްފައިވެއެވެ. އަދި އެކަމަށްޓަކައި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވޭތޯ ކަށަވަރު ކުރުމަށް އެ ޤައުމުގެ ސިއްޙަތާ ބެހޭ ވުޒާރާ އަށް ވެސް މިހާރު ވަނީ އަންގާފައެވެ.

ސައުދީން އަލުން ބައިނަލްއަޤުވާމީ ދަތުރުތައް ފަށަން ތައްޔާރުވި ނަމަވެސް، މައިގަނޑު ޝަރުތެއްގެ ގޮތުން، އެ ޤައުމަށް އެތެރެވާއިރު، ކޮވިޑް-19 އަށް ނެގެޓިވްކަން ކަށަވަރު ކުރަން ޖެހެއެވެ. އެގޮތުން ސައްޙަ އޭޖެންސީއަކުން ތައްޔާރު ކޮށްފައިވާ 48 ގަޑިއިރު ނުވާ ކޮވިޑް ނެގެޓިވް ނަތީޖާއެއް ހުށައަޅަންޖެހޭ ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އޭގެ އިތުރުން، އެ ޤައުމުގެ ޙާލަތަށް ބަލައި، ކުރިއެކޭ އެއްގޮތަށް އުމްރާގެ އަޅުކަންތައް އަލުން ފެށުމާ ގުޅޭ އުސޫލުތައް ވެސް އެކުލަވާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސައުދީން ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައިނަލްއަޤުވާމީ ދަތުރު ފަތުރުތައް ހުއްޓާލީ މި އަހަރުގެ މާރޗު މަހުގެ ކުރީކޮޅުއެވެ. އެހެން ނަމަވެސް މެއި މަހުގެ ތެރޭގައި އެތެރޭގެ އުދުހުންތައް އަލުން ފެށި ނަމަވެސް، މިހާތަނަށް ވެސް ބައިނަލްއަޤުވާމީ ދަތުރުތައް ފަށާފައެއް ނުވެއެވެ.

ސައުދީން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 325،651 މީހެކެވެ. އަދި ވައިރަސް ޖެހިގެން މަރުވެފައިވަނީ 4268 މީހުންނެވެ.

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2017

ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު

07 ނޮވެމްބަރު 2017
ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު
06 ނޮވެމްބަރު 2017

ހަރީރީ މަގާމުން އިސްތިއުފާ ދެއްވީ ސައުދީން ބުނިބުނުމެއްގެ މައްޗަށް: ހިޒްބުﷲ ޖަމާއަތުގެ ލީޑަރު

06 ނޮވެމްބަރު 2017
ހަރީރީ މަގާމުން އިސްތިއުފާ ދެއްވީ ސައުދީން ބުނިބުނުމެއްގެ މައްޗަށް: ހިޒްބުﷲ ޖަމާއަތުގެ ލީޑަރު
05 ނޮވެމްބަރު 2017

ސައުދީ ޕްރިންސް އަލްވަލީދު ހައްޔަރު ކުރިކަން ސައުދީން ކަށަވަރު ކޮށްދީފި

05 ނޮވެމްބަރު 2017
ސައުދީ ޕްރިންސް އަލްވަލީދު ހައްޔަރު ކުރިކަން ސައުދީން ކަށަވަރު ކޮށްދީފި
22 އޯގަސްޓު 2017

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!
16 އޯގަސްޓު 2017

ސައުދީ އަރަބިއްޔާ އާއި އިރާގާ ގުޅިފައިވާ "އަރާރް ބޯޑަރު" ސައުދީން ހުޅުވާލަނީ

16 އޯގަސްޓު 2017
ސައުދީ އަރަބިއްޔާ އާއި އިރާގާ ގުޅިފައިވާ "އަރާރް ބޯޑަރު" ސައުދީން ހުޅުވާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު