Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ ކޮރަޕްޝަން

ސައުދީ ޕްރިންސް އަލްވަލީދު ހައްޔަރު ކުރިކަން ސައުދީން ކަށަވަރު ކޮށްދީފި

ޕްރިންސް އަލްވަލީދު ހައްޔަރު ކުރިކަން ކަށަވަރުކޮށްދީފައިވަނީ ސައުދީ އޮފިޝަލެއް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2017 | އާދީއްތަ 06:53
ފައިލް ފޮޓޯ: ސައުދީ ޕްރިންސް އަލްވަލީދު ބިން ތަލާލް، އިނގިރޭސިވިލާތުގެ ލަންޑަންގެ ހައި ކޯޓުން 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު ނިކުމެވަޑައިގަންނަވަނީ

ފައިލް ފޮޓޯ: ސައުދީ ޕްރިންސް އަލްވަލީދު ބިން ތަލާލް، އިނގިރޭސިވިލާތުގެ ލަންޑަންގެ ހައި ކޯޓުން 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު ނިކުމެވަޑައިގަންނަވަނީ

ސައުދީ އެންޓި ކޮރަޕްޝަން ކޮމިޓީގެ އަމުރަށް ހައްޔަރު ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ސައުދީ މަހުޖަނު ޕްރިންސް އަލްވަލީދު ބިން ތަލާލް ހިމެނޭ ކަމަށް ސައުދީ އޮފިޝަލަކު ކަށަވަރުކޮށްދީފި އެވެ.

ނަން ހާމަކުރުމަށް އުޒުރުވެރިވާ ސައުދީގެ އިސް އޮފިޝަލަކާއި ހަވާލާދީ ރޮއިޓަރސް އިން ބުނީ، ސައުދީ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާންގެ ރިޔާސަތުގައި އިންނަވާ ސައުދީ އެންޓި ކޮރަޕްޝަން ކޮމިޓީގެ އަމުރަށް ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ސައުދީ އިންވެސްޓްމަންޓް ކުންފުނި، ކިންގްޑަމް ހޯލްޑިންގެ ވެރިޔާ އަދި ބިލިއަނަރ ޕްރިންސް އަލްވަލީދު ބިން ތަލާލްގެ އިތުރުން ކުރީގެ މާލީ ވަޒީރު އިބްރާހިމް އަލް-އައްސާފް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އަލްވަލީދުގެ ކިންގްޑަމް ހޯލްޑިންގް އަކީ އެމެރިކާގެ ބޭންކެއް ކަމަށްވާ ސިޓީގްރޫޕްގެ މައި ހިއްސާދާރެކެވެ. މީގެ އިތުރުން ކިންގްޑަމް ހޯލްޑިންސްގެ ޙިއްސާ ހިމެނޭ އެހެން ވިޔަފާރިތަކުގެ ތެރޭގައި ނިއުސް ކޯޕް، ޓްވިޓަރ، ފަދަ ކުންފުނިތައް ހިމެނެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ ޕްރިންސް އަލްވަލީދު ބިން ތަލާލް އަކީ، ސައުދީ އަރަބިއްޔާގެ ފައުންޑަރ އަދި ފުރަތަމަ ރަސްގެފާނު އަބްދުލްއަޒީޒް އަލް ސައުދު (އިބްނި ސައުދު) ގެ 12 ވަނަ ދަރިކަލުން ތަލާލް ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ބޭކަލެކެވެ. އަލްވަލީދު މަންމާފުޅަކީ ލުބުނާނުގެ ފުރަތަމަ ބޮޑުވަޒީރު ރިއާދް އަލް ޞާލިޙްގެ ދަރިކަނބަލުން މޮނާ އަލް ޞާލިޙެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އެހެން ވިޔަފާރިވެރިންގެ ތެރޭގައި މިޑްލް އީސްޓް ބްރޯޑްކާސްޓިން ކޮމްޕެނީ (އެމްބީސީ) ގެ ޗެއަރމަން އަދި ސައުދީ ބިލިއަނަރު ވަލީދު ބިން އިބްރާހިމް އަލް އިބްރާހިމް އަދި، ދައްލާ އަލް ބަރަކާ ގްރޫޕްގެ ޗެއަރމަން ސާލިހް އަބްދުﷲ ކަމާލް ހިމެނެއެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ޝާޙީ ޤަރާރަކުން ހޮނިހިރު ދުވަހު އެކުލަވާލި ސައުދީ އެންޓި ކޮރަޕްޝަން ކޮމިޓީގެ އަމުރަށް ސައުދީ ޝާހީ އާއިލާގެ 11 އަމީރަކާއި، 4 ވަޒީރެއްގެ އިތުރުން ކުރީގެ 10 ވަޒީރަކާއި ވިޔަފާރިވެރިންތަކެއް ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް މިބޭފުޅުން ހައްޔަރުކޮށްފައިވަނީ ކޮރަޕްޝަންގެ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް، އަދި ހައްޔަރުކޮށްފައިވަނީ ކޮން ބޭފުޅުންނެއް ކަމެއް ސައުދީ އަރަބިއްޔާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައެއްނުވެއެވެ.

ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ބޮޑެތި ބާރުތަކާއެކު އެކުލަވާލި މިކޮމިޓީގެ ޗެއަރމަނަކަށް އައްޔަން ކޮށްފައިވަނީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އެވެ. މިކޮމިޓީގައި ދެން ތިއްބަވަނީ ސައުދީ ނޭޝަނަލް އެންޓި ކޮރަޕްޝަން އޮތޯރިޓީގެ ޗެއަރމަން، ޖެނެރަލް އޯޑިޓް ބިއުރޯގެ ޗެއަމަންގެ އިތުރުން އެޓާނީ ޖެނެރަލް އަދި ދައުލަތުގެ ސަލާމަތާއިބެހޭ އިސްވެރިޔާ އެވެ.

މިކޮމިޓީ އަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ތަހުގީގު ހިންގުމާއި، ހައްޔަރު ކުރުމާއި، ގައުމުން ބޭރަށް ފުރުން މަނާ ކުރުމާއި، އެކައުންޓްތައް ފްރީޒް ކުރުމާއި، މަގާމްތަކުން ސަސްޕެންޑް ކުރުން އަދި ފައިސާގެ މުއާމަލާތްތަކާއި، މުދާ ހޯދާފައިވާ ގޮތުގެ ތަފްސީލް ހޯދުން ހިމެނެއެވެ.

އަލަށް އެކުލަވާލި ސައުދީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ފަށާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 2009 ވަނަ އަހަރު ޖިއްދާގައި ފެންބޮޑުވުމުގެ މައްސަލައާއި، 2012 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި މާރސް ވައިރަސް ފެތުރުމުގެ ހާދިސާ އާއި ގުޅުންހުރި މައްސަލަތަކެއް ކަމަށް އަލް އަރަބިއްޔާ އިން ރިޕޯޓް ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު