Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިނގިރޭސިވިލާތް

އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ 185،000 ޓެސްޓް ބެކްލޮގެއް އުޅޭކަމަށް ލީކުވި ޑޮކިޔުމެންޓްތަކުން ހާމަވެއްޖެ

ޓެސްޓް ކުރުމަށް ބޭނުންވެގެން އެކަމަށް އެދެމުން އެމީހުންނަށް ޓެސްޓް ކުރެވޭނެ ތަނެއް ނެތްކަމަށް ބުނެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 16:04
ކޮވިޑް-19 ޑްރައިވިންގ ޓެސްޓް

ކޮވިޑް-19 ޑްރައިވިންގ ޓެސްޓް

އިނގިރޭސިވިލާތުގެ ސަރުކާރުން ކުރިޔަށް ގެންދާ ކޮވިޑް-19އަށް ޓެސްޓް ކުރުމުގެ ޕްރޮގްރާމްގައި 185،000(އެއް ލައްކަ އަށްޑިހަ ފަސް ހާސް) ޓެސްޓްގެ ބެކްލޮގެއް އުޅޭކަމަށް ލީކުވި ޑޮކިޔުމަންޓްތަކަކުން ހާމަވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމާއި ކޮންޓެކްޓް ޓްރޭސިންގ ގައި މިފަހަކުން ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. ލީކުވި ޑޮކިޔުމަންޓްތަކުން ހާމަވި މައުލޫމާތުތަކާއެކު މިހާރު މިމައްސަލަ ވަނީ ކުރިޔަށް ވުރެ ބޮޑުވެފައެވެ. ޓެސްޓް ކުރުމާއި ޓްރޭސިންގ ގައި ދިމާވަމުންދާ މައްސަލަތަކުގެ ސަބަބުން މިހަފްތާގައި އެގައުމުގެ އޮފިޝަލުން ވަނީ މަޢާފަށްވެސް އެދިފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ޖޫން މަހާ ހަމައަށް އަންނައިރު ދުނިޔޭގައި އެންމެ ފުޅާ ދާއިރާގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު އެގައުމުގައި ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ އަލާމާތްތައް ފެންނަ އެތައް ބަޔަކު ޓެސްޓް ކުރުމަށް ބޭނުންވެގެން އެކަމަށް އެދެމުން އެމީހުންނަށް ޓެސްޓް ކުރެވޭނެ ތަނެއް ނެތްކަމަށް ބުނެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަނެއްކޮޅުން އެތައް ހާސް ބަޔަކު ހެދި ޓެސްޓްގެ ނަތީޖާ އަދިމިހާތަނަށް އައިއިރުވެސް ލިބިފައިނުވާ ކަމުގެ ޝަކުވާވެސް އެގައުމުގައި ވަނީ ބޮޑުވެފައެވެ.

މުޅި އިނގިރޭސިވިލާތުގައި މިހާރު ކޮވިޑް-19 ފެންނަ މިންވަރު އިތުރު ވަމުންދާއިރު ލީކުވި ޑޮކިޔުމެންޓްތަކުން އެނގޭގޮތުގައި އެގައުމުން އަންނަނީ އިޓަލީ އާއި ޖަރމަނީގެ ލެބޯޓްރީތަކަށް ޓެސްޓް ކުރުމަށް ސާމްޕަލްތައް ފޮނުވަމުންނެވެ.

ސަންޑޭ ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހުންނަށް ފެނިފައިވާ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ސޯޝަލް ކެއަރ ގެ "އޮފިޝަލް: ސެންސިޓިވް" ލޭބަލްކޮށްފައިވާ ރިޕޯޓްތަކުގައިވާ ގޮތުން އިނގިރޭސިވިލާތުގެ ލެބޯޓްރީތަކުގައި ޓެސްޓް ކުރެވެމުންދަނީ ބުނެފައިވާ އަދަދަށްވުރެ މާ މަދުންނެވެ. އޭގެ ސަބަބަކީ ލެބޯޓްރީތަކަށް ޓެސްޓް ކުރުމަށް ބޭނުންވާ އާލާތްތައް އެކަށީގެންވާ މިންވަރަށް ނުލިބުންކަމަށް ސަންޑޭ ޓައިމްސް އިން ވަނީ ބުނެފައެވެ.

އެނޫހުން ބުނާގޮތުގައި ދުވާލެއްގެ މައްޗަށް 375،000 ޓެސްޓް ކުރެވޭ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނަމުންދިޔަ ނަމަވެސް ސެޕްޓެމްބަރ މަހުގެ ފުރަތަމަ ހަފްތާގައި ކޮށްފައިވަނީ ދުވާލަކަށް 62،000 ޓެސްޓް ކަމަށެވެ.

އަނެއްކޮޅުން ބަލާއިރު އެތައް ހާސް ބަޔަކު ޓެސްޓް ހެއްދުމުގައި ދަތިތަކާ ކުރިމަތި ލަމުންދާއިރު އެތައް ބަޔަކު ޓެސްޓް ހެދުމަށް އެތައް ސަތޭކަ މޭލަކަށް ދާންޖެހެއެވެ.

ލަންޑަންގައި ކޮވިޑް-19 ގެ އަލާމާތްތައް ހުރި އެތައް ބަލި މީހުންނެއް ޓެސްޓް ކުރުމަށް ބޭނުންވެގެން އެތައް ފަހަރަކު އެދުމުންވެސް އަންނަ ޖަވާބަކީ ޓެސްޓް ކުރުމަށް ތަނެއް ނެތް ކަމުގެ ޖަވާބެވެ. މީގެއިތުރުން ކޮވިޑް-19 ގިނައިން ފެތުރިފައިވާ ވުމުގެ ސަބަބުން ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ ސަރަހައްދުތަކުގައި ޓެސްޓް ކުރެވޭނެ ގޮތެއް ނެތިފައި ތިބި އެތައް ބަޔަކު ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލީކުވި ޑޮކިޔުމަންޓް ތަކުން އެނގޭގޮތުގައި 24 ގަޑިއިރު ތެރޭގައި ނަތީޖާ ލިބޭނެކަމަށް ސަރުކާރުން ބުނެފައިވާ ތިން ކުއަރޓަރގެ އެއްވެސް ޓެސްޓެއްގެ ނަތީޖާ އެ މުއްދަތުގެ ތެރޭގައި ލިބިފައެއްނުވެއެވެ. މީގެއިތުރުން ކޮންމެ ހަތަރަ ޓެސްޓަކުން އެއް ޓެސްޓެއްގެ ނަތީޖާ ލިބުމުގައި 48 ގަޑިއިރަށް ވުރެ ގިނައިރު ވަނީ ހޭދަވެފައެވެ.

ސަންޑޭ ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެސްޓް ހެދުމުގައި އިންސާނުންނާއި މެޝިނަރީގެ ފަރާތުން ދިމާވާ މައްސަލަތައް ވަނީ ބޮޑުތަނުން އިތުރު ވެގެންގޮސްފައެވެ.

ކޮވިޑް-19 އިނގިރޭސިވިލާތުގައި ފެތުރެން ފެށިތަނާ ޓެސްޓް ކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ރެންޑޮކްސް އާ 133 މިލިއަން ޕައުންޑަށް ވަނީ ހަވާލުކޮށްފައެވެ.

އިނގިރޭސިވިލާތުގެ ޝެޑޯވ ހެލްތު ސެކެޓްރީ ޖޯން އޭޝްވަރތް ސަންޑޭ ޓައިމްސް އަށް ވިދާޅުވީ ބަލި މީހުންނާއި، ބަލި ކުޑަކުދިން ޓެސްޓް ކުރަން ބޭނުން ވެފައިވާއިރު ޓެސްޓްތައް ނުހެދި، އަދި އެތައް ޓެސްޓެއް އެއްލާލާފައިވާ ކަމަށެވެ. މިހުރިހާ ކަމެއް ހިނގާފައިވަނީ ދަތުރު ފަތުރުކުރުމާއި ޓެސްޓް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގައި އެރިއޮޅުންތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. އަނެއްކޮޅުން ޓެސްޓް ކުރަމުންދިޔައީވެސް ޓެސްޓް ކުރެވެން އޮތް މިންވަރަށްވުރެ މަދުން ކަމަށް ޖޯން ވިދާޅުވި އެވެ.

އަދި މިއީ ވަރަށް ބޮޑު ފެއިލްވުމެއް ކަމަށާއި މިކަމުން ދޭހަވަނީ ކަންކުރުމުގެ ނާގާބިލްކަން ކަމަށް ޖޯން ވިދާޅުވި އެވެ.

އެހެންނަމަވެސް އިނގިރޭސި ބޮޑުވަޒީރު މިހަފްތާތެރޭގައިވެސް ވަނީ ޓެސްޓް ކުރުމުގެ ކަންކަން އެގައުމުގައި ދަނީ ރަނގަޅަށް ކަމަށާއި މިބަލީގެ ސަބަބުން މީހުން ހާސްވެ ކަންބޮޑުވަނީ ކަމަށް ވިދާޅުވެފައެވެ. އަދި 10 މިލިއަން ޓެސްޓް ދުވާލަކު ކުރެވޭނެ އޮޕަރޭޝަނެއްވެސް މިހަފްތާގައި ވަނީ އިއުލާން ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

15 މެއި 2017

ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ

15 މެއި 2017
ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ
02 މެއި 2017

އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ

02 މެއި 2017
އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ
29 އެޕްރީލު 2017

އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި

29 އެޕްރީލު 2017
އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު