Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގަވާއިދާއި ހިލާފަށް އެއްވުން ބޭއްވުން

އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއްވުންތައް ބާއްވާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

12 ސެޕްޓެމްބަރު 2020 | ހޮނިހިރު 08:18

ޕެންޑަމިކް ތެރޭޣައި އެޗްޕީއޭއިން ނެރެފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 08:18
ޕީޕީއެމްއިން ބޭއްވި އެއްވުމެއްގެ ތެރެއިން

ޕީޕީއެމްއިން ބޭއްވި އެއްވުމެއްގެ ތެރެއިން

އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަަމަށް މޯލްޑިވިސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.

މިކަން ހާމަކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މިދަނޑިވަޅުގައި، އާންމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއްނުވުމަށް ޑިރެކްޓަރ ޖެނެރަލްއޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ އެންގެވުމާ ހިލާފަށް ބައެއް ފަރާތްތަކުން އެއްވުންބޭއްވުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން ވަނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އެޗްޕީއޭގެ އެންގުންތަކާ ހިލާފު ނުވުމަށާއި، ރައްކާތެރިކަން އިސްކޮށް، ހުރިހާ ބޭފުޅުންވެސް އެޗްޕީއޭއިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި އެންގުންތަކާއި ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، ސަރުކާރަށް ޕްރެޝަރ ކުރުމަށްޓަކައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހޮނިހިރު ދުވަހުގެ ހަވީރު މާލެތެރެ ހަލަބޮލި ކުރުމަށް ސައިކަލު ބުރެއް ބޭއްވުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު "ރާއްޖެއެމްވީ"އަށް ލިބިފައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރި، އެކަމުގެ އަސަރު ރައްޔިތުންނަށް އިންތިހާއަށް ކުރަމުންދާއިރު، މިއީ ޕެންޑެމިކް ތެރޭގައި އިދިކޮޅުން މިގޮތަށް ބާއްވާ 3 ވަނަ އެއްވުމެވެ. އެގޮތުން މީގެ ކުރިން ވެސް އިދިކޮޅުން ވަނީ މާލޭގައި ސައިކަލު ބުރު ބާއްވާފައެވެ. އެފަހަރު ވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ނާޅައި، އެޗްޕީއޭގެ ޤަވާއިދުތަކާ ޚިލާފަށް އެއްވުން ބާއްވާފައިވާތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

އޭގެ އިތުރުން، ކޮވިޑް-19 ގެ ކޭސްތައް ފެންނަމުންދާ މިންވަރު މަދު ކުރުމަށް، ފަރުދީ ޒިންމާ އަދާ ކުރުމަށް ސިއްޙީ މާހިރުން ގޮވާލަމުންދާ މި ދަނޑިވަޅުގައި ޤައުމު ހަލަބޮލި ކުރުމަށް އެއްވުންތައް ބޭއްވުމާއި، އާންމު ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ހުށައެޅުމަށް އިދިކޮޅުން ކުރަމުންދާ މަސައްކަތް ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ހަސަން ލަތީފް ހައްޔަރުކުރީ ގާނޫނާ ހިލާފަށް:އެމްޑީޕީ

19 އެޕްރީލު 2017
ހަސަން ލަތީފް ހައްޔަރުކުރީ ގާނޫނާ ހިލާފަށް:އެމްޑީޕީ
11 އެޕްރީލު 2017

ޤާސިމް ހައްޔަރުކުރީ ޤާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ހުށައެޅުމުން މައްސަލަ ބޭރުކޮށްލައިފި

11 އެޕްރީލު 2017
ޤާސިމް ހައްޔަރުކުރީ ޤާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ހުށައެޅުމުން މައްސަލަ ބޭރުކޮށްލައިފި
10 އެޕްރީލު 2017

ގާސިމް ހައްޔަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށްކަން ކަނޑައަޅައިދޭން ހުށަހަޅައިފި

10 އެޕްރީލު 2017
ގާސިމް ހައްޔަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށްކަން ކަނޑައަޅައިދޭން ހުށަހަޅައިފި
08 އެޕްރީލު 2017

ޤާސިމް ހައްޔަރުކުރީ އިމްތިޔާޒްގެ ޤާނޫނާ ހިލާފަށް:ޝާހިދު

08 އެޕްރީލު 2017
ޤާސިމް ހައްޔަރުކުރީ އިމްތިޔާޒްގެ ޤާނޫނާ ހިލާފަށް:ޝާހިދު
27 މާރިޗު 2017

ގާނޫނުއަސާސީއާ ހިލާފަށް ބިލްތައް ހުށަހެޅުމަށް މަޖިލީހުގެ ރައީސް ވަނީ ހިތްވަރު ދެއްވާފަ: ފާރިސް

27 މާރިޗު 2017
ގާނޫނުއަސާސީއާ ހިލާފަށް ބިލްތައް ހުށަހެޅުމަށް މަޖިލީހުގެ ރައީސް ވަނީ ހިތްވަރު ދެއްވާފަ: ފާރިސް
26 މާރިޗު 2017

ފެނަކައިގެ އެމްޑީ ޝަރީފް ކުންފުނީގެ އުސާލާއި ހިލާފަށް ވަޒީފާ އަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލައެއް އޭސީސީ އަށް

26 މާރިޗު 2017
ފެނަކައިގެ އެމްޑީ ޝަރީފް ކުންފުނީގެ އުސާލާއި ހިލާފަށް ވަޒީފާ އަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލައެއް އޭސީސީ އަށް
01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް