Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނަކަ

ފެނަކައިގެ އެމްޑީ ޝަރީފް ކުންފުނީގެ އުސާލާއި ހިލާފަށް ވަޒީފާ އަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލައެއް އޭސީސީ އަށް

އިއުލާން ނުކޮށް ވަޒީފާ އަށް މީހުން ނުވެއްދުމަށް އޭސީސީ އިން ވަނީ މީގެކުރިން ފެނަކަ އަށް އަންގާފައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 26 މާރިޗު 2017 | އާދީއްތަ 13:43
ފެނަކަ އެމްޑީ ޝަރީފް

ފެނަކަ އެމްޑީ ޝަރީފް

ފެނަކަ ކޯޕްރޭޝަން މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރީފް ކުންފުނީގެ އުސޫލްތަކާ ހިލާފަށް ފެނަކައިގެ ވަޒީފާއަށް މީހުން ވައްދާ ކަމަށް ބުނެ މައްސަލަ އެންޓިކޮރޮޕްޝަން ކޮމިޝަމް (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ފެނަކަ ކޯޕްރޭޝަންގެ މުވައްޒަފުންނާ ބެހޭ އުސާލާ ހިލާފަށް ކުންފުނީގެ އެމްޑީ ޝަރީފް އެ ކުންފުނީގެ ވަޒީފާއަށް މީހުން ވައްދާ ކަމަށް ބުނެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށް ލުތުފީ ވިދާޅުވިއެވެ.

ޝަރީފްއާ ގުޅޭ މައްސަލައެއް އޭސީސީ އަށް ހުށަހަޅާފައިވާ ކަމަށް ލުތުފީ ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ނަމަވެސް ޝަރީފްއާ ގުޅޭ ގޮތުން އޭސީސީ އަށް ހުށަހެޅި މައްސަލައިގެ ކޮޕީއެއް ރާއްޖެއެމްވީ އަށް ވަނީ ލިބިފައެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ ފެނަކަ ކޯޕްރޭޝަން މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް ކުންފުނީގެ މުވައްޒަފުންނާބެހޭ ގަވާއިދާ ހިލާފަށް އޭނާގެ ރައްޓެހިންނާ ގާތްތިމާގެ މީހުން ވަޒީފާ އަށް ވައްދަމުންދާ ކަމަށެވެ. އެގޮތުން އެމްޑީ ޝަރީފްގެ ގާތް ރައްޓެހިންނާއި ގާތްތިމާގެ މީހުން ވަޒީފާއަށް ވައްދާފައި ވަނީ އާންމުކޮށް އަންގާ އިއުލާން ކޮށްގެން ނޫން ކަމަށް ޝަރީފްއާ ދެކޮޅަށް އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

މީގެއިތުުރުން އެ މައްސަލައިގައި ބުނެފައި ވަނީ އިއުލާންނުކޮށް ފެނަކައިގެ ވަޒީފާ އަށް މީހުން ވައްދާފައި ވަނީ އެގޮތަށް އަމަލު ނުކުރުމަށް އޭސީސީ އިން ފެނަކަ އަށް އަންގާފައި ވަނިކޮށް ކަމަށެވެ. މިކަމާ ގުޅިގެން އޭސީސީގެ ރައީސް ލުތުފީ ވިދާޅުވީ ފެނަކައިގެ އެމްޑީގެ މަގާމުގައި މުހައްމަދު ނިމާލް ހުންނަވަނިކޮށް އޭސީސީ އަށް ހުށަހެޅި މައްސަލަތަކަކާއި ގުޅިގެން އިއުލާންނުކޮށް ވަޒީފާ އަށް މީހުން ނުވެއްދުމަށް އަންގާފައި ވާނެ ކަމަށެވެ. އެ އސޫލް ބަދަލު ކުރުމަށް ވެސް އަންގާފައި ވާނެ ކަމަށާއި އަދި އުސޫލް ބަދަލު ނުކޮށް ވާނަމަ އެކަން ބަލާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފެނަކައިގެ އެމްޑީ ޝަރީފް ވިދާޅުވީ އިއުލާން ނުކޮށް ކުންފުނީގެ އެއްވެސް މަގާމަށް އެއްވެސް މީހަކަށް ވަޒީފާ ދީފައި ނުވާނެ ކަމަށެވެ. ނަމަވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުންދިންނަށާއި ހާއްސަ އެހީއަސް ބޭނުންވާ ކުދިންނަށް ވަޒީފައި ދީފައި ވާނީ އިއުލާން ނުކޮށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ ނޫން ބަޔަކަށް އިއުލާން ނުކޮށް ވަޒީފާ ދީފައި ނުވާނެ ކަމަށް ޗަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ އޭނާގެ ގާތް ރައްޓެހިންނަނަށް ނުވަތަ ގާތް ތޮމާގެ ކުދިންނަށް އެއްވެސް އިރެއްގައި އިއުލާން ނުކޮށް ވިޔަސް އަދި އެ ނޫން ވެސް ގޮތަކަސް ފެނަކައިން ވަޒީފާ ދީފައި ނުވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު