Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ހަސަން ލަތީފް ހައްޔަރުކުރީ ގާނޫނާ ހިލާފަށް:އެމްޑީޕީ

ގިނަ އަދަދަކަށް ޕެޕަރސްޕްރޭ ޖަހާފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 19 އެޕްރީލު 2017 | ބުދަ 00:44
އިދިކޮޅު ފަރާތްތަކުން ސޯސަން މަގުގައި ބޭއްވި އެއްވުން

އިދިކޮޅު ފަރާތްތަކުން ސޯސަން މަގުގައި ބޭއްވި އެއްވުން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޗެއަރޕާރސަން ޙަސަން ލަތީފް ޣައިރުޤާނޫނީ ހައްޔަރަކުން ހައްޔަރުކޮށްގެން ގެންގޮސްފައިވާތީއާއި، ސުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ޤާނޫނުއަސާސީއާ ޚިލާފަށް ހުރަސްއަޅާފައިވާތީ އެ ޕާރޓީން އެކަން ހަރުއަޑުން ކުށްވެރި ކޮށްފި އެވެ.

އެމްޑީޕީން އަންގާރަ ދުވަހުގެރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އަބްދުﷲ ޔާމިންގެ ސަރުކާރުގެ އަމުރަށް އެމް.ޑީ.ޕީގެ ޗެއަރޕާރސަން ޙަސަން ލަތީފް ފުލުހުން ޣައިރު ޤާނޫނީ ހައްޔަރަކުން ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ ސޯސަންމަގު އެމް.ޑީ.ޕީ އޮފީސް ކުރިމަތީގައި ގުޅިފައިވާ ސިޔާސީ ޕާރޓީތަކުން ބޭއްވި ސުލްޙަވެރި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް ކަމަށެވެ.

އެ އެއްވުމުގެ ބައިވެރިންގެ ލޮލަށް އަމާޒުކޮށް ގިނަ އަދަދަކަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައި، އެއްވުމުގެ އިތުރު ބައިވެރިން ހައްޔަރުކުރި ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި އެއްވުން ކަވަރުކުރަމުންދިއަ މީޑިއާގެ ފަރާތްތަކަށް ވެސް ފުލުހުން ހުރަސްއަޅާފައިވާ ކަމަށް މިބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް ފުލުހުން ބުނެފައިވަނީ އަންގަރާ ދުވަހުގެ ރޭގެ އެއްވުމުން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ ޣައިރު ޤާނޫނީ އަމުރަށް ފުލުހުން އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ޙަރަކާތްތަކަށާއި އެއްވުންތަކަށް އަންގާރަދުވަހުގެ ރޭ ހުރަސްއަޅައި ރައްޔިތުންގެ ލޮލަށް ޕެޕަރސްޕްރޭޖަހައި އަނިޔާވެރިވަމުންދިއައިރު، ހަމަ އަންގާރަ ދުވަހުގެ ރޭ ޕީޕީއެމްގެ ޢަބްދުﷲ ޔާމިންގެ ފެކްޝަނުން މާލޭގެ އެހެން މަގެއްގައި، މަގު ބަންދުކޮށްގެން ސިޔާސީ އެއްވުމެއް ބާއްވާފައިވާކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ. މިއީ ވެސް މި ސަރުކާރުގެ ޚުދުމުހުތާރުކަން ހާމަވެގެންދާކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.

ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޙައްޤާއި ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ޙައްޤަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނުހަނު މަތިވެރި ޙައްޤެކެވެ. ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވަނީ، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް އެމްޑީޕީން ބުނެ އެެވެ.

މި ޙައްޤު މިހާ ސާފުކޮށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާއިރު، ޢަބްދުﷲ ޔާމިންގެ ސަރުކާރުން ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް މި ޙައްޤު ހިފަހައްޓައި، ސިޔާސީ ފަރާތްތަކާއި ރައްޔިތުން ހައްޔަރުކުރަމުން ގެންދަނީ އެމަނިކުފާނަށް ރައްޔިތުންގެ ތާޢީދު ނެތުމުން، ގޮތްހުސްވެވަޑއިގަތުމުގެ ސަބަބުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ ތާޢީދު ނެތް ސަރުކާރެއް ނެގެހެއްޓުމަށްޓަކައި ކުރެވޭ ޣައިރުޤާނޫނީ މިފަދަ ޢަމުރުތަކަށް ތަބާނުވުމަށް ފުލުހުންނަށް ތަކުރާރުކޮށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު