Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމް ހައްޔަރުކުރުން

ޤާސިމް ހައްޔަރުކުރީ އިމްތިޔާޒްގެ ޤާނޫނާ ހިލާފަށް:ޝާހިދު

ހައްޔަރުކުރުމުގެ އަމުރަކަށް އެ ކޯޓްގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށެހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 8 އެޕްރީލު 2017 | ހޮނިހިރު 18:13
ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް - އޭނާ ހައްޔަރުކުރީ ޤާނޫނައި ހިލާފަށްކަމަށް ބައެއް ފަރާތްތަކުން ބުނޭ

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް - އޭނާ ހައްޔަރުކުރީ ޤާނޫނައި ހިލާފަށްކަމަށް ބައެއް ފަރާތްތަކުން ބުނޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ޤާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ހެންވޭރު އުތުރު ދާއިރާގެ މެމްބަރަކަށް ވެސް ހުންނެވި ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މެމްބަރަކު ޖިނާއީ ކުށެއްގެ ތަހްގީގަށް ހައްޔަރުކުރުމުގެ އަމުރަކަށް އެދެންޖެހޭނީ ޕްރޮސިކިއުޓަ ޖެނެރަލް ކަމަށާއި ގާސިމް ހައްޔަރުކުރީ އިމްތިޔާޒުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރައްވާނީ ސުޕީރިއަރ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށެވެ. އަދި މިފަދަ އަމުރަކަށް އެ ކޯޓްގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށެހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

ހައްޔަރުކުރުމުގެ އަމުރަކަށް ކޯޓްގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށެހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ ކަމަށް ޤާނޫނުގައި ބުނެފައިވީ ނަމަވެސް ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޤާސިމް ހައްޔަރުކުރުމުގެ އެއްވެސް މަރުހަލާއެއްގައި އެ އޮފީހުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ. އަދި ހައްޔަރުކުރުމުގެ އަމުރުތަކުގައި ޕީޖީ އޮފީހުން ވަކާލާތުކުރަމުންގެންދަނީ މަތީ މަރުހަލާގެ ކޯޓުތަކުގައި އެކަނި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެގޮތުން ހައި ކޯޓު މަރުހަލާއިން ފެށިގެން މަތީ މަރުހަލާތަކުގައި ޕީޖީ އޮފީހުން އެފަދަ މައްސަލަތަކުގައި ވަކާލާތުކުރަމުންގެންދާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ތިޔަ މައްސަލާގައި އަޅުގަނޑުމެން އެއްވެސް ދައުރެއް ނޯންނާނެ." ޤާސިމް ހައްޔަރުކުުރުމަށް ކޯޓު އަމުރު ނެރުމުގައި ޕީޖި އޮފީހުގެ އެއްވެސް ދައުރެއް ހިމެނިފައިވާނެތޯ ސުވާލުކުރުމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާތީގެ ލީޑަރު ޤާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އަދި ޤާސިމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަިއވާއިރު، ކޯޓުން ވަނީ ޤާސިމްގެ މައްޗަށް ތުހުމަތުކުރޭ މައްސަލަތަކާއި ގުޅޭގޮތުން ހެކި ހޯދުމަށް 6 ދުވަހުގެ ބަންދުގެ މުއްދަތެއްޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ޤާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަނީ

29 މާރިޗު 2017
ޤާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަނީ
28 މާރިޗު 2017

ސަރުކާރުން އަމިއްލަ މެމްބަރުންނަށްވެސް އިތުބާރު ނުކުރާކަން ހާމަވެއްޖެ: ޤާސިމް

28 މާރިޗު 2017
ސަރުކާރުން އަމިއްލަ މެމްބަރުންނަށްވެސް އިތުބާރު ނުކުރާކަން ހާމަވެއްޖެ: ޤާސިމް
24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
24 މާރިޗު 2017

ޕީޕީއެމްގައި ތިބީ "ބޮޑު ގުޅަ" މެންބަރުން ނޫންކަން ދައްކަން ޖެހޭ: ޤާސިމް

24 މާރިޗު 2017
ޕީޕީއެމްގައި ތިބީ "ބޮޑު ގުޅަ" މެންބަރުން ނޫންކަން ދައްކަން ޖެހޭ: ޤާސިމް
23 މާރިޗު 2017

މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް

23 މާރިޗު 2017
މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު