Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19: ކެނެޑާގެ ހާލަތު

ދިގު 5 މަސް ދުވަހަށް ފަހު ކެނެޑާ އިން ފުރަތަމަ ފަހަރަށް ކޮވިޑްގައި މީހަކު މަރު ނުވާ ކަމަށް ރިޕޯޓު ކޮށްފި

12 ސެޕްޓެމްބަރު 2020 | ހޮނިހިރު 04:08

ފާއިތުވި 24 ގަޑިއިރު ތެރޭގައި 702 އައު ކޭސް ރިޕޯޓުކުރި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 04:08
ކެނެޑާގެ މަގުތަކުގައި އާންމުން ހަރަކާތްތެރިވަނީ

ކެނެޑާގެ މަގުތަކުގައި އާންމުން ހަރަކާތްތެރިވަނީ

ދިގު 5 މަސް ދުވަހަށް ފަހު ފުރަތަމަ ފަހަރަށް ކެނެޑާއިން ކޮވިޑް ޖެހިގެން މީހަކު މަރުނުވާ ކަމަށް ރިޕޯޓު ކޮށްފިއެވެ.

ކެނެޑާގެ އާންމު ސިއްހަތާއި ބެހޭ ވުޒާރާ އާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 702 އައު ކޭސް ރިޕޯޓު ކުރި ނަމަވެސް އެއްވެސް މީހަކު ބަލިޖެހިގެން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ. މިއީ މާރޗް މަހުގެ 15 ވަނަ ދުވަހަށް ފަހު އެ ގައުމުން ކޮވިޑްގެ މަރެއް ރިޕޯޓު ނުކުރާ ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ. ހުކުރު ދުވަހުގެ އަދަދުތަކާއެކު، ކެނެޑާއިން ވަނީ ޖުމްލަ 135،626 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ 9،163 މީހަކު ބަލީގައި މަރުވެފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ކެނެޑާާއިން ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް ލުއި ދިނުމާއި ގުޅިގެން އައު ކޭސްތަކުގެ އަދަދު ދަނީ އިތުރު ވަމުންނެވެ. މިކަމާއި ގުޅިގެން ކަމާގުޅޭ ވުޒާރާތަކުން ފިޔަވަޅުތައް ވަރުގަދަކޮށް އަނެއްކާ ބަލި ފެތުރިޔަ ނުދިނުމަށް ފާރަވެރިވެ ތިބިއިރު ބައެއް ސްޓޭޓް ތަކުން ވަނީ އިތުރަށް ބަލި ފެތުރިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތައް ހަރުދަނާ ކޮށްފައެވެ. ގިނަ ދުވަސްތަކުގެ މެދުކެނޑުމަކަށް ފަހު ސްކޫލްތަކުގެ ކިޔެވުން ފަށާފައިވާއިރު، އައު ކޭސްތަކުގެ ސަބަބުން ބައެއް ސްޓޭޓްތަކުން ވަނީ ދަރިވަރުންގެ ރައްކާތެރި ކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

މާލީ އެތައް ގޮންޖެހުންތަކާއި ކުރިމަތި ވިނަމަވެސް، ކެނެޑާ ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާތަކެއް ފެންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން، މާރޗް މަހުގެ 9 ވަނަ ދުވަހު ފުރަތަމަ ކޭސްއެއް ރިޕޯޓު ކުރިއިރު މަހުގެ މެދު ތެރެއިން ކޭސްތަކުގެ އަދަދު ދިޔައީ އުފުލެމުންނެވެ. އެއާއެކު އެ ގައުމުގެ ސަރުކާރުން ވަނީ ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް މެދުކަނޑައި އެ ގައުމަށް ބޭރުން ބަޔަކަށް އެތެރެ ނުވެވޭ ގޮތް ހަދާފައެވެ. އަދި ވަކި ޕްރޮވިންސްތަކުގައި ކާާރިފިއު އިއުލާން ކޮށްފައިވެއެވެ.

މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި އަވައްޓެރި އެމެރިކާގެ ހާލަތާއި އަޅާ ކިޔާއިރު ކެނެޑާގެ ހާލަތު ވަރަށް ރަނގަޅު ކަމަށާއި އެއީ ބަލި ކޮންޓްރޯލް ކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތުގެ ނަތީޖާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
07 ފެބުރުއަރީ 2017

ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް

07 ފެބުރުއަރީ 2017
ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް