Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިޔާގެ ހާލަތު

އިންޑިޔާގައި މިއަހަރުގެ މެއި މަހު ހަ މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާނެ ކަމަށް ދިރާސާއަކުން ދައްކައިފި

11 ސެޕްޓެމްބަރު 2020 | ހުކުރު 14:26

މެއި މަހުގެ ކުރީކޮޅު އެގައުމުގައި ކޮވިޑް-19 ޖެހިފައިވާ 6.5 މިލިއަން މީހުން އުޅޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ސެޕްޓެމްބަރު 2020 | ހުކުރު 14:26
އިންޑިޔާގައި ކޮވިޑް-19 އަށް މީހަކު ޓެސްޓް ކުރަނީ

އިންޑިޔާގައި ކޮވިޑް-19 އަށް މީހަކު ޓެސްޓް ކުރަނީ

މިއަހަރުގެ ކުރީކޮޅު އިންޑިޔާގައި ކޮވިޑް-19 ޖެހިފައިވާ އެތައް މިލިއަން ބަޔަކު އުޅޭނެ ކަމަށް އިންޑިއަން ޖާރނަލް އޮފް މެޑިކަލް ރިސަރޗް ގައި ޝާއިއު ކޮށްފައިވާ ދިރާސާ އެއްގައި އަންދާޒާ ކޮށްފި އެވެ.

މި ދިރާސާގައި ބުނެފައިވަނީ މެއި މަހު ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވާ ކޮންމެ މީހެއްގެ ފަރާތުން 82 އާއި 130 މީހުންނަށް ވައިރަސް ޖެހިފައިވާނެ ކަމަށާއި ނަމަވެސް އެމީހުން ދެނެގަނެވިފައި ނުވާ ކަމަށެވެ. އެއާއެކު މެއި މަހުގެ ކުރީކޮޅު އެގައުމުގައި ކޮވިޑް-19 ޖެހިފައިވާ 6.5 މިލިއަން މީހުން އުޅޭނެ ކަމަށް އެ ދިރާސާގައި ވަނީ އަންދާޒާ ކޮށްފައެވެ. މެއި މަސް ނިމުނުއިރު އެ ގައުމުގެ ރަސްމީ ހިސާބުތަކުން ދައްކަނީ 180،000 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށެވެ.

އިންޑިޔާ އަކީ މިވަގުތު ދުނިޔޭގައި އެންމެ ހަލުވި މިނުގައި ވައިރަސް ފެތުރެމުންދާ ގައުމެވެ. ހުކުރު ދުވަހުވެސް އެގައުމުގައި ވަނީ ރިކޯޑް އަދަދަކަށް މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފަ އެވެ. އެއީ 96،551 މީހުންނަށެވެ. މިއާއެކު އެގައުމުގައި މިހާރު 4.5 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.

މިދިރާސާ ކަރުދާސް ލިޔެފައިވަނީ އިންޑިޔާ ސަރުކާރުގެ ސައިންވެސްވެރިންނާއި ދާއިރާގެ މާހިރުން ގުޅިގެންނެވެ. އެމީހުން ބުނާގޮތުގައި ގިނަ އަދަދެއްގެ ބަޔަކަށް މިއަހަރު ކުރީކޮޅު ވައިރަސް ޖެހިފައިވާކަން އެނގިފައިނުވަނީ އަލާމާތްތައް ފެންނަ މީހުން އެކަނި ޓެސްޓް ކުރަމުން ގޮސްފައިވާތީ ކަމަށެވެ. އަދި އެކި ސްޓޭޓްތަކުގައި ޓެސްޓް ކުރަމުން ގޮސްފައިވަނީ އެކި މިންވަރަށް ކަމަށް އެމީހުން ވަނީ ބުނެފައެވެ.

މިދިރާސާ ހެދި އިރު އިންޑިޔާގައި ދުވާލެއްގެ މައްޗަށް ލައްކައެއްހާ ޓެސްޓް ކުރެވެމުންދެ އެވެ. މިހާރު އިންޑިޔާގައި ދުވާލެއްގެ މައްޗަށް 1.1 މިލިއަން ޓެސްޓް ކުރަމުންދެ އެވެ.

ވައިރަސް ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާ ކުރި މީހުން ބަލާފައިވަނީ މެއި މަހުގެ 3 ން 11ށް ކޮވިޑް-19 ޖެހިގެން ރިކޯޑް ކުރެވިފައިވާ އަދަދުތަކަށެވެ. އަދި އެ އަދަދުތައް މެއި މަހާއި ޖޫން މަހުގެ ކުރީކޮޅު ކުރިޔަށް ގެންދިޔަ ކޮރޯނާވައިރަސް އެންޓިބޮޑީ ޓެސްޓުން އެމީހުންގެ ހަށިގަނޑުން އެންޓި ބޮޑީ ފެނުނު މީހުންގެ އަދަދާއި އަޅާކީއެވެ.

ދިރާސާ ކުރިޔަށް ގެންދިޔުމަށް މި ދެ ތާރީޚު ނަގާފައިވަނީ މި މުއްދަތަކީ ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ ހަށިގަނޑުން އެންމެ ފަސޭހައިން އެންޓި ބޮޑީ އުފެދިފައިވާކަން ދެނެގަނެވޭނެ ތާރީޚަށް ވާތީ ކަމަށް ދިރާސާގައި ބުނެފައިވެއެވެ. އެއީ އެންޓިބޮޑީ ހަށިގަނޑުގައި އުފެދިފައިވާކަން ދެނެގެނެވެނީ މީހެއްގެ ފުށުން ވައިރަސްގެ އަލާމާތްތައް ފެނި ހަފްތާއެއް ފަހުން ކަމަށްވާތީ އެވެ.

އިންޑިޔާގައި ވައިރަސް ޖެހޭ މީހުންގެ ނިސްބަތުން މަރުވަނީ މަދު އަދަދެއްގެ ބަޔެކެވެ. ހުކުރު ދުވަހު އެގައުމުގައި ވައިރަސް ޖެހިގެން މަރުވެފައިވަނީ 1209 މީހުންނެވެ. އެގައުމުގައި މިހާތަނަށް އައިއިރު 76،271 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ.

މި ދިރާސާ އިން ހާމަވެގެން ދިޔަ އަދަދުތަކަކީ މީގެކުރިން އިންޑިޔާގެ ބޮޑެތި ސިޓީތައް ކަމުގައިވާ ނިއު ދިއްލި، މުމްބާއީ އަދި ޕޫނޭ ފަދަ ތަންތަންގާއި ހަދާފައިވާ ސަރވޭތަކާއި ދިމާވާ އަދަދުތަކެކެވެ. އެތަންތަނުގައި ކުރިޔަށް ގެންދިޔަ ސަރވޭ ތަކުން އެނގިފައިވަނީ ވައިރަސް ޖެހިގެން ރިޕޯޓްކުރެވިފައިވާ މީހުންނަށްވުރެ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދުތައް މަތިކަމެވެ.

ނިއު ދިއްލީގައި ހުންނަ ޖަވާހަރަލާލް ނެހުރޫ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޑރ ރަޖަބް ދަސްގުޕްތާ ވިދާޅުވީ އިންޑިޔާގައި މިވަގުތު ޓެސްޓް ކުރެވެމުންދަނީ ކޮންމެ މިލިއަން މީހަކަށް 38،285 ޓެސްޓު ކަމަށެވެ. ބްރެޒިލްގައި މީގެ ދެ ގުނަ ޓެސްޓް ކުރަމުންދާއިރު އެމެރިކާގައި މީގެ 8.5 ގުނަ ޓެސްޓް ކުރަމުންދާ ކަމަށް ޕްރޮފެސަރ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 މެއި 2017

ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

15 މެއި 2017
ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!
01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް