Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑޮނަލްޑް ޓްރަމްޕް

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

ތުހުމަތުތަކުގެ ހެއްކެތް ނެތް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 1 މެއި 2017 | ހޯމަ 10:29
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްގެ ތުހުމަތުތައް މިފަހަރު އަމާޒްވީ ޗައިނާއަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްގެ ތުހުމަތުތައް މިފަހަރު އަމާޒްވީ ޗައިނާއަށް

އެމެރިކާގެ ރިޔާސީ އިންތިހާބާ ދިމާކޮށް ފެންމަތިވި ޑިމޮކްރެޓިކް ޕާޓީގެ އީމެއިލްތައް ހެކް ކުރުމަކީ ރަޝިޔާއިން ކުރިކަމެއް ކަމަށް އެމެރިކާގެ ޖާސޫސީ އޮފިޝަލުން ބުނަމުން ގެންދަނިކޮށް އެކަން ޗައިނާގެ ބޮލުގައި އެޅުއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކުރައްވައިފިއެވެ.

އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް ޑިމޮކްރެޓިކް ޕާޓީގެ އީމެއިލް އެކައުންޓްތައް ހެކްކުރި ބަޔަކުވަނީ އިންތިޚާބަށް ނުފޫޒްފޮރުވޭ ވަރުގެ މެއިލްތަކެއް ފަތުރާލާފައެވެ.

މިކަމުގެ ތުހުމަތު މި ހުރިހާ ދުވަހު ކުރަމުން އައީ ރަޝީއާގެ މައްޗަށެވެ. އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެއީ ޓްރަމްޕް ވެރިކަމަށް ގެނައުމަށް އެހީތެރިވެދިނިމުގެ ގޮތުން ރަޝީއާ އަދާކޮށްފައިވާ ރޯލެކެވެ.

ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އީމެއިލްތައް ހެކްކުރި މައްސަލަ ބަލަމުންދަނިކޮށް "ފޭސް ދަ ނޭޝަން" އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ އީމެއިލްތައް ހެކް ކުރީ ޗައިނާއިން ކަމަށް ވެދާނެ ކަމަށެވެ.

ޗައިނާގެ ބޮލުގައި އެފަދަ ބޮޑު ތުހުމަތެއް ޓްރަމްޕް އެޅުއްވިއިރު، އެކަމާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ އެނޫން ވެސް ކަމެއް ޓްރަމްޕް ދައްކަވާފައެއް ނުވެއެވެ.

ޓްރަމްޕަށް ހެއްކެއް ދެއްކިވިފައި ނުވިޔަސް މުރާސިލުން ދެކޭ ގޮތުގައި ޓްރަމްޕް އެހެން ވިދާޅުވެފައި އެވަނީ ޗައިނާއަކީ ސައިބާ ސެކިއުރިޓީ ދާއިރާއިން އެމެރިކާގެ ދުޝްމަނަކަށް ވާތީއެވެ.

ހެކަރުން ލީކުކޮށްލާފައިވާ އީމެއިލްތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބުގައި ހިލަރީ ވާދަކުރައްވަން ޑިމޮކްރެޓިކް ޕާޓީގެ ވެރިންގެ ތާއީދު އޮތްކަން ހާމަވާ މެއިލްތައް ހިމެނެއެވެ.

މީގެ އިތުރުން އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ބައެއް މެއިލްތަކުގެ އިތުރުން ޕާޓީ ހިންގާ މީހުންނާ އެހީތެރިން ފޮނުވާފައިވާ މެއިލްތަކެކެވެ.

ޗައިނާއާ ގުޅޭ ގޮތުން ޓްރަމްޕް މިފަދަ ވާހަކަތަކެއް ދައްކަވާފައި މިވަނީ އުތުރު ކޮރެއާގެ މައްސަލައިގައި ޗައިނާގެ އެހީތެރިކަން ހޯދުމަށް ކުރި މަސައްކަތްތައް ކޮޅެއްގައި ނުޖެހުމުންނެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު