Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖާނަލިސްޓް އެސޯސިއޭޝަން

ޖާނަލިސްޓް އެސޯސިއޭޝަންގެ ފުރަތަމަ ކޮމިޓީ ބައްދަލުވުން ބާއްވައިފި

9 ސެޕްޓެމްބަރު 2020 | ބުދަ 04:13

ކޮމެޓީ ބައްދަލުވުން ބާއްވާފައިވަނީ ސެޕްޓެމްބަރު 8 ގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ސެޕްޓެމްބަރު 2020 | ބުދަ 04:13
ކޮމިޓީ ބައްދަލުވުމުގެ ތެރެއިން

ކޮމިޓީ ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމް.ޖޭ.އޭ) ގެ އާ ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ސެޕްޓެމްބަރު 8، 2020 ވީ އަންގާރަ ދުވަހު ބާއްވައިފިއެވެ.

އާ ހިންގާ ކޮމިޓީގެ ހުރިހާ މެމްބަރުން ބައިވެރިވި މި ބައްދަލުވުމުގައި ނިންމި އެންމެ މުހިއްމު ކަމަކީ، ޖަމިއްޔާގެ އަސާސީ ގަވައިދު އިސްލާ ހުކުރުމުގެ ފުރަތަމަ މަރުހަލާ ކަމަށްވާ، އާއްމު މެމްބަރުންނާއި ނޫސްވެރިން، އެ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމުން ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.

Advertisement - newsAdvertisement

ޖަމިއްޔާއާ އަކީ ހުރިހާ ނޫސްވެރިންގެ ބައިވެރިވުމާއެކު، އިދާރީ ގޮތުން ފުރިހަމަ، ހަރަކާތްތެރި ޖަމިއްޔާއަކަށް ހެދުމަށްޓަކައި ދެން ނިންމި އެންމެ މުހިއްމު ކަމަކީ ދާއިމީ ހަތަރު ކޮމިޓީއެއް އެކުލަވާލަން ނިންމުމެވެ. ހިންގާ ކޮމިޓީގެ މެމްބަރުންގެ ލީޑަރޝިޕްގެ ދަށުން އެކުލަވާލާ މި ކޮމިޓީތަކުގައި ބައިވެރިވާން ޝައުގުވެރިވާ އެ ޖަމްއިއްޔާގެ އާންމު މެންބަރުންނާއި ނޫސްވެރިންނަށް އެ ފުރުސަތު އޮތް ކަމަށް އެސޯސިއޭޝަނުން ބުނެއެވެ.

ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ކޮންމެ މަހަކު ވެސް މަދުވެގެން އެއް ފަހަރު ބޭއްވުމަށް ވެސް ނިންމި މި ބައްދަލުވުމުގައި ވަނީ އާއްމު މެމްބަރުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރުމަށްޓަކައި ނޫސްވެރިން އަދި އެޑިޓަރުންނާ އެކު ކޮމިއުނިކޭޝަންސް ޕްލެޓްފޯމެއް ގާއިމު ކުރުމަށް ނިންމައިފައެވެ. އަދި ޖަމިއްޔާގެ ފަރާތުން ޕަބްލިކޭޝަނެއް ނެރުމަށާއި އާއްމުންނަށް ހުޅުވާލައިގެން ނޫސްވެރިކަމާ ގުޅޭ ޑައިލޮގްތަކެއް ބޭއްވުމަށް ނިންމުނު ކަމަށާއި އެކަމުގެ ތަފްސީލުތައް އެ ޖަމްއިއްޔާއިން ފަހުން ހާމަކުރެވޭނެ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

ޖަމިއްޔާގެ އެންމެ ބޮޑު އަމާޒަކީ ނޫސްވެރިންނަށް ތައުލީމީ، ތަމްރީން ރިސާޗް އަދި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދީ މިއަދަށާއި މާދަމާއަށް ތައުލީމީ، ތަހުޒީބީ ނޫސްވެރިންގެ ޖީލެއް އުފެއްދުމެވެ. އަދި ދިވެހި ނޫސްވެރިން އެތިކަލް ނޫސްވެރިކަމަކަަށް އަހުލުވެރިކޮށް ނޫސް އިދާރާތަކުގައި އެތިކަލް ގައިޑްލައިންތަކެއް ހެދުމަށް މި ޖަމްއިއްޔާގެ ފަރާތުން ފަންނީ އެހީ ފޯރުކޮށްދޭން ވަނީ ނިންމައިފައެވެ.

އެކަމަށްޓަކައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޖަމްއިއްޔާ، ޖަމާއަތްތަކާއި މުއައްސާތަކާއި އިދާރާތަކާއި އެމްބަސީތަކާ ގުޅުން ބަދަހިކޮށް ގުޅިގެން ކުރެވޭނެ ކަންކަން ހޯދައި ބަލަން މަސައްކަތް ވަނީ ފަށައިފައެވެ.

ޖަމްއިއްޔާގެ އާ ހިންގާ ކޮމިޓީއެއް އިންތިހާބުކޮށް ހަރަކާތްތައް އަލުން ފެށުމާ ގުޅިގެން ބައިނަލްއަގްވާމީ ދެ ޖަމާއަތް ކަމަށްވާ ރިޕޯޓާސް ވިތައުޑް ބޯޑާސް އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓް (އައި.އެފް.ޖޭ) އިން ވަނީ މަރުހަބާ ކިޔައި ހިތްވަރުދީފައެވެ. އަދި އެ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
21 ފެބުރުއަރީ 2017

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް