Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަލީމުގެ މާލީ ބަޔާން

ރެޑްވޭވް ސަލީމަށް މުސާރަ އާއި ވިޔަފާރީގެ ފައިދާ އަދި ކުލީގެ ގޮތުގައި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ

ސަލީމު ވަނީ އިސްލާމިކް ބޭންކުން 314226.20 ލޯނެއް ނަންގަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ސެޕްޓެމްބަރު 2020 | ބުދަ 02:13
މައިނޯރިޓީ ލީޑަރ އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް

މައިނޯރިޓީ ލީޑަރ އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް މުސާރަ އާއި ވިޔަފާރީގެ ފައިދާ އަދި ކުލީގެ ގޮތުގައި ދެ މިލިއަނަށް ގިނަ ރުފިޔާ އެއް އަހަރު ދުވަހުގެ ތެރޭގައި ލިބިވަޑައިގަންފައިވާ ކަމަށް އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް ވަނީ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކޮށްފައެވެ.

Advertisement - newsAdvertisement

މާލީ ބަޔާނުން ހާމަވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މުސާރަ އާއި ކުންފުނީގެ މުސާރައިގެ ގޮތުގައި 1،811،128.40 ( އެއް މިލިއަން އަށް ލައްކަ އެގާރަ ހާސް ސަތޭކަ އަށާވީސް) ރުފިޔާ ވަނީ ލިބިވަޑައިގެންފައެވެ. އަދި ވިޔަފާރީގެ ނަފާގެ ގޮތުގައި ރެޑް ވޭވް ޕްރައިވެޓް ލިމިޓެޑްގެ ފައިދާގެ ގޮތުގައި މިލިއަން ރުފިޔާ ވަނީ ލިބިވަޑައިގެންފައެވެ. މީގެއިތުރުން ފަށަން ގޭގައި ހުންނަ އުރީދޫ އެންޓަނާގެ މަހު ކުލިގެ ގޮތުގައި 180،000 ރުފިޔާ ވަނީ ލިބިވަޑައިގެންފައެވެ.

ސަލީމްގެ ނަމުގައި މޮރިޝަސް ކޮމާރޝަލް ބޭންކުގައި ދެ އެކައުންޓެއް ހުރި އިރު އެތަނުން އެއް އެކައުންޓްގައި 858.73 ރުފިޔާ އަދި އަނެއް އެކައުންޓްގައި 212.74 ރުފިޔާ ހުރި ކަމަށް މާލީ ބަޔާނުން ހާމަވެއެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ސަލީމު ވަނީ އިސްލާމިކް ބޭންކުން 314226.20 (ތިން ލައްކަ ސާދަ ހާސް ދުއިސަތައް ސައްބީސް) ރުފިޔާ ނަންގަވާފައެވެ. އޭގެ ތެރެއިން މިއަހަރު ދައްކާފައިވަނީ 61،096 ރުފިޔާ އެވެ. އަދި 253130.20( ދެ ލައްކަ ފަންސާސް ތިން ހާސް ސަތޭކަ ތިރީސް) ރުފިޔާ އަދި ނުދައްކާ އެބައޮތެވެ. މި ލޯނުގެ މުއްދަތު ހަމަވާ ތާރީޚަކީ 2022 ވަނަ އަހަރެވެ.

މީގެއިތުރުން ސަލީމު މިލްކިއްޔާތުގައި ހ.ފަށަން ކިޔާ ގެއެއް ހުންނައިރު މެލޭޝިޔާގައި ވެސް އެޕާޓްމަންޓެއް ސަލީމުގެ ނަމުގައި ހުރެއެވެ.

މީގެއިތުރުން 4 ކުންފުންޏެއްގައި ސަލީމުގެ ހިއްސާ އޮވެއެވެ. ރެޑްވޭވް ޕްރައިވެޓް ލިމިޓެޑްގައި 97 އިންސައްތަ ހިއްސާ އޮންނައިރު ރެޑްވޭވް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގައި 97 އިންސައްތަ ހިއްސާ އަދި އެވަލޯން ޕްރައިވެޓް ލިމިޓެޑްގައި ވެސް 97 އިންސައްތަ ހިއްސާ އޮވެއެވެ. މީގެ އިތުރުން އެމްޓީޑީސީން 100 ހިއްސާ ވަނީ ބައްލަވާގަނެފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު