Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަލޮޅު ޓޮޕާޒް މުޙައްމަދު ޤާސިމް އަވަހާރަވުން

39 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައީސް އޮފީހަށް ޚިދުމަތް ކޮށްދެއްވި ޤާސިމްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ!

ޤާސިމް އަވަހާރަވިއިރު ޢުމުރަކީ 78 އަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ސެޕްޓެމްބަރު 2020 | އަންގާރަ 14:57
ގަލޮޅު ޓޮޕާޒް މުޙައްމަދު ޤާސިމް- އަވަހާރަވިއިރު އުމުރުފުޅުން 78 އަހަރު

ގަލޮޅު ޓޮޕާޒް މުޙައްމަދު ޤާސިމް- އަވަހާރަވިއިރު އުމުރުފުޅުން 78 އަހަރު | ރައީސް އޮފީސް

39 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައީސް އޮފީހަށް ޚިދުމަތް ކޮށްދެއްވާފައި ވަނިކޮށް އަވަހާރަވި ގަލޮޅު ޓޮޕާޒް މުޙައްމަދު ޤާސިމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ޤާސިމްގެ އަނބިކަނބަލުން ނަފީސާ މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ ސިޓީފުޅުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން ނަފީސާއަށާއި ޢާއިލާގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި އަލްމަރްޙޫމް މުޙައްމަދު ޤާސިމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 39 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ރައީސްގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި 14 ނޮވެންބަރު 1968ން ފެށިގެން 1 މޭ 2008 ގައި ރިޓަޔަރ ކުރެއްވުމާ ހަމަޔަށް މުޙައްމަދު ޤާސިމް ޚިދުމަތް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފައިސާއާ ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމުގައެވެ.

ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމާ ހަމައަށް ވަޑައިގަތީ މުޙައްމަދު ޤާސިމްގެ އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އަލްމަރްޙޫމް މުޙައްމަދު ޤާސިމް ސަރުކާރަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 15 ޖޫން 1964 ގައެވެ. ދެވަނަ ޕެންޝަން ލިބިވަޑައިގެންފައިވަނީ 15 ޖޫން 2004 ގައެވެ. ފުރަތަމަ އަދާ ކުރެއްވީ ވުޒާރަތުލް މަޢާރިފުގެ ކާތިބުކަމުގެ ވަޒީފާއެވެ. 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓް އެންޑް އެކައުންޓްސް ބަލަހައްޓާ ކަމާއި، ފައިނޭންޝަލް ކޮންޓްރޯލަރ ކަމާއި، ޑެޕިޔުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ.

މުޙައްމަދު ޤާސިމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވުމަށްފަހު ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު ޢުމުރަކީ 78 އަހަރެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު