Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖާބިރު، ރައީސް ސޯލިހުއާ ބައްދަލުކުރެއްވުން

ޖާބިރުގެ ތައުރީފު ރައީސަށް

6 ސެޕްޓެމްބަރު 2020 | އާދީއްތަ 17:50

ރައީސްއާ ބައްދަލު ކުރެއްވި ފޮޓޯއެއް ހިއްސާކުރައްވަމުން ޓްވީޓެއް ކުރެއްވި

އަލީ ސަމާޚް
އަލީ ސަމާޚް | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 17:50
މަޖިލީހުގެ އިދާރާގައި ޖާބިރު، ރައީސްއާ ބައްދަކުކުރެއްވުމުގެ ތެރެއިން

މަޖިލީހުގެ އިދާރާގައި ޖާބިރު، ރައީސްއާ ބައްދަކުކުރެއްވުމުގެ ތެރެއިން

ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޓްވީޓެއް ކުރައްވައިފިއެވެ.

ރައީސަށް ތައުރީފު ކުރައްވައި ޖާބިރު ޓްވީޓެއް ކުރެއްވީ، ހުކުރު ދުވަހު އަވަހާރަވި މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން މުހައްމަދުގެ ތައުޒިޔާ ފޮތުގައި ސޮއި ކުރައްވަން ރައީސް ޒިޔާރަތް ކުރެއްވި ފޮޓޯއެއް ހިއްސާ ކުރައްވަމުންނެވެ.

Advertisement - newsAdvertisement

މަޖިލީހުގެ އިދާރާގައި ރައީސްއާ ޖާބިރު ބައްދަލު ކުރެއްވި އެ ފޮޓޯއާއެކު ކުރެއްވި ޓްވީޓުގައި އޭނާ ވިދާޅުވީ، ރައީސްއާ ބައްދަލުވެވަޑައިގަތުމުން އުފާ ކުރައްވާ ކަމަށެވެ.

ރައީސަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޓްވީޓްގައި ލިޔުއްވާފައިވަނީ، އެމަނިކުފާނުގެ ސަރުކާރުގައި ރާއްޖޭގެ އިގްތިސާދު އިންތިހާއަށް ކުރިއަރައިގެން ދިއުމަކީ ޖާބިރުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

އިގްތިސާދު ކުރިއަރުވަން ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ބައިވެރިއެއްގެ ގޮތުގައި އެހީތެރިވާން ތައްޔާރަށް ހުންނެވި ކަމަށް ޖާބިރުގެ ޓްވީޓް ނިންމަވާލައްވަމުން އޭނާ ވިދާޅުވިއެވެ.

"ރައީސް ހުންނެވީ ވަރަށް ގަދަކޮށް، ރައީސްގެ ޒައާމަތުގައި ދިވެހިރާއްޖޭގެ އިގްތިސާދު އިންތިހާއަށް ކުރިއަރައި ދިއުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އުއްމީދު، އެކަމުގެ ބައިވެރިއަކަށް ވާން މި ހުރީ ތައްޔާރަށް،" ޖާބިރު ލިޔުއްވާފައިވެއެވެ.

އާދީއްތަ ދުވަހު ރައީސަށް ޖާބިރު ތައުރީފު ކުރައްވައި ޓްވީޓެއް ކުރެއްވި ނަމަވެސް، ފަހަކާ ޖެހެންދެން ސަރުކާރުގެ ސިޔާސަތުތަކަށާއި ރައީސްގެ ނިންމެވުންތަކަށް ޖާބިރު ގެންދެވީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވެސް އިއުލާން ކުރައްވާފައިވާ ޖާބިރު މަޖިލީހުގެ ޖަލްސާ އާއި ޓީވީ ޕްރޮގްރާމްތަކުގައި ރައީސްގެ އިސްތިއުފާ އަށް ވެސް ގޮވާލައްވަމުން ގެންދެވިއެވެ.

ރައީސް ލީޑް ކުރައްވާ އެމްޑީޕީގައި ކުރިން ހުންނެވި ޖާބިރު އެ ޕާޓީ ދޫކޮށްލެއްވީ، އެ ޕާޓީ އެތެރޭގެ ޕްރައިމަރީން ލިބުނު ނާކާމިޔާބީއަށް ފަހު، މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2017

މެލޭޝިއާގެ އާ ނޮން ރެޒިޑެންޓް ސަފީރު ރައީސަށް ފަތްކޮޅު އަރުއްވައިފި

06 ސެޕްޓެމްބަރު 2017
މެލޭޝިއާގެ އާ ނޮން ރެޒިޑެންޓް ސަފީރު ރައީސަށް ފަތްކޮޅު އަރުއްވައިފި
22 އޯގަސްޓު 2017

ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

22 އޯގަސްޓު 2017
ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
11 އޯގަސްޓު 2017

މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް އެދި އެމްނެސްޓީން ރައީސަށް ސިޓީއެއް ފޮނުވައިފި

11 އޯގަސްޓު 2017
މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް އެދި އެމްނެސްޓީން ރައީސަށް ސިޓީއެއް ފޮނުވައިފި
20 ޖުލައި 2017

އިންޑިއާގެ އާ ރައީސަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

20 ޖުލައި 2017
އިންޑިއާގެ އާ ރައީސަށް ރައީސް ތަހުނިޔާ ފޮނުއްވައިފި
12 ޖުލައި 2017

ސިޔާސީ މަސައްކަތަށް އެކި މީހުން ދިން ފައިސާ ހަރަދުކުރި ގޮތް ރައީސަށް ހިއްސާ ކުރިން:އަދީބު

12 ޖުލައި 2017
ސިޔާސީ މަސައްކަތަށް އެކި މީހުން ދިން ފައިސާ ހަރަދުކުރި ގޮތް ރައީސަށް ހިއްސާ ކުރިން:އަދީބު
24 ޖޫން 2017

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި

24 ޖޫން 2017
ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި
16 މެއި 2017

މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު

16 މެއި 2017
މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު
09 މެއި 2017

ފްރާންސްގެ އިންތިހާބީ ރައީސަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ

09 މެއި 2017
ފްރާންސްގެ އިންތިހާބީ ރައީސަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ
22 މާރިޗު 2017

ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި

22 މާރިޗު 2017
ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް