Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްނެސްޓީ

މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް އެދި އެމްނެސްޓީން ރައީސަށް ސިޓީއެއް ފޮނުވައިފި

މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ބައިނަލް އަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 11 އޯގަސްޓު 2017 | ހުކުރު 05:38
މަރުގެ ހުކުމް އިއްވާފައިވާ ހުސައިން ހުމާމް

މަރުގެ ހުކުމް އިއްވާފައިވާ ހުސައިން ހުމާމް

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށާއި އެކަން ހުއްޓާލުމަށް އެދި އެމްނެސްޓީ އިންޓަނޭޝަނަލް އިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ސިޓީއެއް ފޮނުވައިފިއެވެ.

އެމްނެސްޓީ އާއި އިތުރު ހަ ޖަމާއަތަކުން ގުޅިގެން ބުރާސްފަތި ދުވަހު ރައީސަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ތައްޔާރުވަމުންދާތީ އާއި، އަދި 6 އޮގަސްޓު 2017ގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅެއްގައި އަންނަ ސެޕްޓެމްބަރު މަހު މަރަށް މަރުހިފުން ތަންފީޒު ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައި ވާތީ އެކަމާ ނުހަނު ކަންބޮޑުވާކަން ފާޅުކުރާ ކަމަށެވެ.

މި ފަހަކަށް އައިސް މަރުގެ ހުކުމް އިއްވި މީހުންގެ ތެރެއިން ސުޕްރީމް ކޯޓުގެ މަރުހަލާ ނިމިފައިވާ ތިން ކުށްވެރިންނަކީ ހުސައިން ހުމާމް އަހްމަދު، އަހްމަދު މުއްރަތު އަދި މުހައްމަދު ނަބީލް އެވެ.

އެމްނެސްޓީގެ ސިޓީގައި ބުނެފައި ވަނީ އެ ތިން މީހުންނަށް މަރުގެ ހުކުމަށް ވާސިލުވެވިފައި ވަނީ މަޖުބޫރީހާލަތުގައި އެއްބަސްކުރުވައިގެންކަމާއި އެހެނިހެން ސީރިއަސް އިޖުރާއީ މައްސަލަތަކެއްގެ ތެރެއިންކަން ގަބޫލުކުރެވޭ ފަދަ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރުމަކީ ބައިނަލް އަގުވާމީ ގާނޫނުތަކާއި ޚިލާފުވުން ކަމަށާއި އދ. ގެ އިންސާނީ ހައްގުތަކުގެ ކޮމިޓީއަށް އެއްބާރުލުން ދިނުމަށްވީ ވައުދާ ވެސް ޚިލާފު ކަމެއް ކަމަށެވެ.

"އދ. ގެ އިންސާނީ ޙައްޤުތަކުގެ ކޮމިޓީއަށް އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެ ވަނީ ޤާނޫނީ ވައުދެއް ވެފައެވެ. އަދި ދިވެހި ސަރުކާރުން މަރުގެހުކުމް ތަންފީޒުކުރުމުގައި ކުރިއަށް ހިނގައްޖެނަމަ އެކަންވެގެންދާނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލަކަށެވެ. އަދި އެ ތިންމީހުންގެ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމުގެ ޒިންމާއާ ޚިލާފު ވެސް އަމަލަކަށެވެ." އެމްނެސްޓީގެ ސިޓީގައި ބުނެފައި ވެއެވެ.

ހުމާމުގެ މަރުގެހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް ވޭތުވެދިޔައަހަރު އދ. ގެ އިންސާނީ ހައްގުތަކުގެ ކޮމިޓީން ރާއްޖޭގެ ސަރުކާރުގައި އެދިފައިވާނީ ހުމާމުގެ ފަރާތުން ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައެއް އެކޮމިޓީގައި އޮތުމުން ކަމަށް ވެސް އެސިޓީގައި ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން ރާއްޖޭގައި މަރުގެހުކުމް ތަޢާރަފުކޮށް ތަންފީޒުކުރުމަށް ފާހަގަކޮށްފައިވާ ޙުއްޖަތަކީ އަނިޔާވެރި ޖަރީމާތަށް ހުއްޓުވުމަށް ކަމަށް ވީކަމުގައި ވިއަސް ފެންނަންހުރި ހުރިހާދިރާސާއަކުން ދައްކަނީ މަރަށްމަރުހިފުމަކީ އެއްވެސް ހާލަތެއްގައި އެފަދަ ޖަރީމާ ހުއްޓުވޭ ކަމެއް ނޫން ކަމަށް އެމްނެސްޓީން ރައީސަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު މަރުގެ ހުކުމް ތަންފީޒުކުރަން ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

މަރުގެ ހުކުމް ތަންފީޒްކުރުމާ ދެކޮޅަށް ބައިނަލްއަގުވާމީ ފަރާތްތަކާއި ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ވެސް ގެންދަނީ ގޮވާލަމުންނެވެ. މައިގަނޑު ސަބަބެއް ކަމަށް އެ ފަރާތްތަކުން ބުނަނީ އިތުބާރުކުރެވޭ ޝަރުއީ ނިޒާމެއް ނެތުމެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު