Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއާގެ ޑޯނިއާ އެއަރކްރާފްޓް ގެނައުން

ހިޔަޅަށް މޭބިސްކަދުރު ހުތްވިހެން، އިދިކޮޅަށް އިންޑިއާގެ މަތިންދާބޯޓު ގޯސްވެއްޖެ!

ހެލިކޮޕްޓަރު ގެންނަން މަޝްވަރާ ފެށީ ޔާމީން ސަރުކާރުން 2014 ވަނަ އަހަރު ޔާމީންގެ ވެރިކަމުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2020 | ހޮނިހިރު 13:16
ޔާމީން ސަރުކާރުންވެސް ވަނީ އިންޑިއާއާއެކު މަޝްވަރާތައް ކޮށްފައި، އަދި އިންޑިއާގެ ޑޯނިއާ މަތިންދާބޯޓެއް ގެނައުމަށް ތަކުރާރުކޮށް އެދިފައިވޭ

ޔާމީން ސަރުކާރުންވެސް ވަނީ އިންޑިއާއާއެކު މަޝްވަރާތައް ކޮށްފައި، އަދި އިންޑިއާގެ ޑޯނިއާ މަތިންދާބޯޓެއް ގެނައުމަށް ތަކުރާރުކޮށް އެދިފައިވޭ

ރައީސް ސޯލިހްގެ ސަރުކާރަށް ދޮޅު އަހަރުވެފައިވާއިރު، އިދިކޮޅުން ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި މުޅިންވެސް ގެންދަނީ ފިތުނައާއި ފަސާދަ އުފައްދަމުންނެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ރައްޔިތުންގެ މެދުގައި ސަރުކާރާމެދު ނަފްރަތު އުފެއްދުމަށް އިދިކޮޅުން ކުރާ މަސައްކަތުގައި އެންމެ ބާރުލާފައި ދައްކާ އެއް ވާހަކައަކީ ރާއްޖެ އިންޑިއާއަށް ވިއްކާލަން އުޅޭ ވާހަކައެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ވާހަކައެވެ. ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާގެ މޫތައް ވަރުގަދަ ކުރަމުންދާ ވާހަކައެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އިންޑިއާގެ ޑޯނިއާ މަތިންދާބޯޓެއް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ސޮއި ކުރުމާ ގުޅިގެން އަނެއްކާވެސް މި ވާހަކަތަކުގެ އަޑު މިވަނީ ގަދަވެފައެވެ.

ޙަޤީޤަތަކީ އިންޑިއާގެ ޑޯނިއާ މަތިންދާބޯޓެއް ރާއްޖެއަށް ގެނައުމަށް ފާއިތުވި ސަރުކާރުތަކުންވެސް އެތައް މަސައްކަތްތަކެއް ކޮށްފައިވާކަމެވެ. އެތައް ފަހަރެއްގެ މަތިން ދިވެހިރާއްޖޭން ވަނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް، ރާއްޖެއަށް އެފަދަ އެހީއެއްގެ ބޭނުންތެރިކަން އޮތް މިންވަރު ކިޔައިދީ އިންޑިއާއަށް އެކަން ވިސްނައިދޭން މަސައްކަތް ކޮށްފައެވެ. އެންމެ ފަހުން ޔާމީން ސަރުކާރަށް އެކަން ކާމިޔާބު ނުވެ، މި ސަރުކާރުން އެކަން ކުރުމުން ޑޯނިއާ މަތިންދާބޯޓު "ހުތް މޭބިސްކަދުރަށް" ވީބާވައެވެ؟

ކަމުގެ ހަގީގަތަކީ އޮޅުވާލެވޭނެ އެއްޗެއް ނޫނެވެ. ކަން ހިނގި ގޮތް އަކުރުން އަކުރަށް ލިޔެވި ރެކޯޑް ކުރެވިފައިވެއެވެ. އަދި އެކަމުގެ ޚަބަރުތަކާއި މަޒްމޫނުތައް ނޫސްތަކުގައި ވަނީ ލިޔެވިފައެވެ. މި ރިޕޯޓުގައި މި ފާހަގަ ކޮށްލަނީ މިގޮތުން ރިޕޯޓު ކުރެވިފައިވާ ވާހަކަތަކެވެ. ކަމުގެ ހަގީގަތް ސާފުކޮށް ދިނުމުގެ މަގްސަދުގައެވެ.

ސުވާލު އުފައްދައިގެން އުޅޭ މަތިންދާބޯޓު ގެނައުމުގެ މަސައްކަތް ފުރަތަމަ ފެށުނީ 2014 ވަނަ އަހަރު ޔާމީން ސަރުކާރުގައެވެ. އޭރުގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު "ފިކްސް ވިންގްޑް" ބޯޓެއް ހޯދުމަށް މަޝްވަރާތައް ކުރެވުނެވެ. އެގޮތުން ރާއްޖޭގައި އިތުރު އެއަރޕޯޓުތައް އެޅުމާއި ގުޅިގެން ޑޯނިއާ ފަދަ އެއަރ ކްރާފްޓެއްގެ ބޭނުންތެރިކަން އޭރު ސަރުކާރުން ވަނީ އިންޑިއާ ސަރުކާރާ ހިއްސާކޮށްފައެވެ. ނުވިތާކަށް ބަޖެޓުގެ ދަތިކަމާއެކު، އިންޑިއާ ސަރުކާރުން އެއަރކްރާފްޓް ބޭއްވުމަށް ހިނގާނެ ޚަރަދުވެސް ހަމަޖެއްސައި ދިނުމަށް ވެސް ދިވެހި ސަރުކާރުން އޭރު އެދިފައިވެއެވެ. އަދި ޑޯނިއާ ލިބެންދެން ދެވަނަ ހެލިކޮޕްޓަރެއް ރާއްޖޭގައި ބާއްވައިދިނުމަށް ހުށައެޅުއްވީވެސް ހަމަ ޔާމީން ސަރުކާރުންނެވެ.

އޭގެ އިތުރުންވެސް އެތައް ފަހަރެއްގެ މަތިން ޔާމީން ސަރުކާރުން މި މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. އެގޮތުން 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 11ން 13ށް ރާއްޖޭގައި ކުރިއަށް ގެންދިޔަ "އިންޑިއާ-މޯލްޑިވްސް ޑިފެންސް ވާރކިންގ ގްރޫޕް" ބައްދަލުވުމުގައިވެސް އީ.އީ.ޒެޑް ބެލެހެއްޓުމުގައި ދަތިތައް ހުރި ކަމަށާއި، ޑޯނިއާ އެއަރކްރާފްޓެއް ނުހަނު ބޭނުންކަން ފާހަގަ ކޮށްފައިވެއެވެ. މި މަޝްވަރާ ތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ. މި ބައްދަލުވުމުގައި ދިވެހި އަސްކަރިއްޔާގައި އެއަރ ވިންގެއް ގާއިމް ކުރުމަށް އިންޑިއާގެ އެހީ ބޭނުންވާކަން ރާއްޖެއިން ބުނެފައިވެއެވެ. މިކަން ހިނގީވެސް ހަމަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

ހަމަ އެ އަހަރުގެ ޖުލައި މަހުގެ 17ން 18ށް ރާއްޖޭގައި ބޭއްވުނު ފުރަތަމަ "އިންޑިއާ މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން ޑައިލޮގް" ގައިވެސް ދިވެހި ސަރުކާރުން ވަނީ އެމްއެންޑީއެފްގެ އެއަރ ވިންގއެއް ޤާއިމުކޮށް، އެކަމުގެ ތަމްރީނުތައް ހިންގުމަށް އިންޑިއާގެ އެހީތެރިކަމަށް ޔާމީން ސަރުކާރުން އެދިފައެވެ. ރާއްޖޭން މި މަޝްވަރާތަކުގައި ބައިވެރިވި ވަފުދުގައި އިސްކޮށް ހުންނެވީ ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޒުހޭރެވެ. ދިވެހި އަސްކަރިއްޔާގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދު އާއި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބައިވެރިވެ ވަޑައިގަތެވެ. ރެކޯޑްތަކަށް ބަލާއިރު މި ބައްދަލުވުމުގައި ކައްދޫ އެއަރ ބޭސް އެއްގެ ގޮތުގައި ހަދާފައިވާތީ، ހުރިހާ އެސެޓްސް ކައްދޫ އަށް ބަދަލު ކުރުމާއި، ސާވޭލަންސަށް އެއަރކްރާފްޓެއްގެ މުހިންމު ކަން ބައްދަލުވުމަށް ހުށަހަޅާފައިވެއެވެ. އަދި ކުރިންވެސް އެދިފައިވާ ގޮތައް ޑޯނިއާ އެއަރކްރާފްޓެއް ފޮނުވަން ތައްޔާރަށް އޮތް ކަމަށް އިންޑިއާއިން ބުނެފައިވެއެވެ. އަދި ޑޯނިއާ ކައްދޫގައި ބޭއްވުމަށާއި އަދި ބޯޓު ބާއްވާނެ ތަނެއް ހަދާ ނިމުމުން ބޯޓު ގެނައުމަށްވެސް މި ބައްދަލުވުމުގައި އެއްބަސްވެވުނެވެ.

އޭގެ ފަހުން ޖެހިގެން އައި 2017 ވަނަ އަހަރާއި، 2018 ވަނަ އަހަރުވެސް މި މަޝްވަރާތައް އިންޑިއާއާއެކު ކުރިއަށް ގެންދިޔައީ ޚުދު ޔާމީން ސަރުކާރުންނެވެ. މަޝްވަރާތަކުގައި އެންމެ ގިނައިން އިސްބޭފުޅެއްގެ ގޮތުން ރާއްޖޭން ބައިވެރިވެ ވަޑައިގެންފައިވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދުކަން ފާހަގަ ކުރެވެއެވެ.

ޔާމީންގެ ވެރިކަން ނިިމި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުމާއެކު އަނެއްކާވެސް ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ޑޯނިއާ ބޯޓެއް ހޯދުމަށް ކުރެވިފައިވާ މަޝްވަރާތައް ގޮސް އޮތް ހިސާބުން ކުރިއަށް ގެންދަން ފެށުނެވެ. މި ގޮތުން 2019 ވަނަ އަހަރުގެ ޖޫން މަހުގެ 26ން 27ށް އިންޑިއާގެ މަޝްވަރާތައް ކުރެވުނެވެ. މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގްއެވެ.

2014 ވަނަ އަހަރުން ފެށިގެން ކުރެވުނު މަޝްވަރާތައް ނިމުމަކަށް އައިސް އެންމެ ފަހުން ޑޯނިއާ ގެނައުމުގެ މަސައްކަތްތައް އަވަސް ކުރެވި، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށާއި، ނުރައްކަލެއްގެ ހާލަތުގައި މީހުން ސަލާމަތް ކުރުމުގެ ޚިދުމަތް ދިނުމުގެ ބޭނުމަށް ޑޯނިއާ ގެނެވޭނެ މަގު 2020 ވަނަ އަހަރު ތަނަވަސްވިއެވެ. ޑޯނިއާ ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭ ހިސާބަށް ދިޔައީ 2020ގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. މިއީ 2 އަހަރު ދުވަހުގެ މުއްދަތައް ހެދުނު އެއްބަސްވުމެކެވެ.

އެންމެ ފަހުން މި ހުރިހާ މަޝްވަރާތަކަށްފަހު، އައު ސަރުކާރު އައިސް، އިންޑިއާގެ ޑޯނިއާ މެރިޓައިމް ސަވަޔަލެންސް މަތިންދާބޯޓު އެއްބަސްވުމުގައި ސޮއިކުރި ހިސާބުން އިދިކޮޅުން މަސައްކަތް ކޮށްފައިވަނީ މިއީ އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ގެންދިއުމަށް ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުގައި ދެއްކުމަށެވެ. އަދި އެކަން އެގޮތައް ސިފަ ކުރެވޭތޯ އިދިކޮޅުން ނުފޮރުޅާ ގަލެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެހެން ނަމަވެސް، ޙަޤީޤަތަކީ ސަރުކާރާއި ރައްޔިތުންނާމެދު ފިތުނަ އުފެއްދުމަށް އިދިކޮޅުން ކުޅެމުންދާ "ސިޔާސީ ގޭމް" ރައްޔިތުންނަށް ސާފު ކަމެވެ. އިންޑިއާއިން ރާއްޖޭގެ އަސްކަރިއްޔާއަށް ދީފައިވާ ބޯޓުގެ އެހީތެރިކަމުން ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަންތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާކަން މިއީ މިއަދު ފެންނަން އޮތް ޙަޤީޤަތެކެވެ. ބަލި ޙާލަތު ގޯސްވެ ޙާލުބޮޑުވާ މީހުން ކުއްލި ގޮތަކަށް އިތުރު ފަރުވާއަށް ގެންނަން ޖެހޭ ދަނޑިވަޅުތައް މިއީ އޭގެ ކުޑަ މިސާލެކެވެ.

މީގެ ކުރިންވެސް އިންޑިއާގެ ސިފައިން ރާއްޖެ އައިސް، ދިވެހި ސިފައިން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، ދިވެހި ސިފައިން އިންޑިއާއަށް ގޮސްވެެސް ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވެއެވެ. ޔާމީން ސަރުކާރުންވެސް އޭރު މި މަސައްކަތް ފެށީ ރާއްޖޭގެ ކަނޑުގެ ޞަރަޙައްދު މޮނިޓަރ ކުރުމާއި، އަސްކަރިއްޔާގެ މަސައްކަތްތަކަށް ލުއިފަސޭހަވާކަމަށް ބުނެއެވެ. މިހާރުވެސް އެކަން ކުރަނީ ހަމަ އެ މަގްސަދުގައެވެ. އެއްވެސް ތަފާތެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ވޯޓު ލިބޭނެ، ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރާނަން: ޝައިނީ

އިންޑިއާގެ ވޯޓު ލިބޭނެ، ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރާނަން: ޝައިނީ

06 ޖޫން 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
ޕީޕީއެމް ރެލީއަށް ހަތިޔާރުގެ ހިމާޔަތް، އިދިކޮޅަށް ބެރިކޭޑުން ހުރަސް!

ޕީޕީއެމް ރެލީއަށް ހަތިޔާރުގެ ހިމާޔަތް، އިދިކޮޅަށް ބެރިކޭޑުން ހުރަސް!

06 ފެބުރުއަރީ 2018
 ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

14 އޮކްޓޯބަރު 2017
ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން

ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލުން

18 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު