Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

އޭސީސީ އަދިވެސް "ކަހަނބު ދުވެލީގައި"!

5 ސެޕްޓެމްބަރު 2020 | ހޮނިހިރު 09:04

11 އަހަރު ތެރޭގައި އޭސީސީއަށް ޕީޖީ އޮފީހަށް ދައުވާ ކުރަން ފޮނުވާފައިވަނީ އެންމެ 265 މައްސަލަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ސެޕްޓެމްބަރު 2020 | ހޮނިހިރު 09:04
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)- އޭސީސީން ތަހުޤީޤު ކުރަމުންދާ މައްސަލަތައް ނުނިމި ދިގުލައިގެންދާތީ އާންމުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)- އޭސީސީން ތަހުޤީޤު ކުރަމުންދާ މައްސަލަތައް ނުނިމި ދިގުލައިގެންދާތީ އާންމުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން

ކޮރަޕްޝަންގެ ވަބާ ރާއްޖޭގައި ކުޑަކޮށް، ކޮރަޕްޝަން ފަދަ ކުށްތައް ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް ޤާނޫނުން މަތިކޮށްފައިވާ މުއައްސަސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނަމަވެސް، އޭސީސީގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ނުކުރާ ކަމުގެ ޝަކުވާއަކީ އާންމުން ކުރަމުންދާ ޝަކުވާއެކެވެ.

ރައްޔިތުންގެ ފައިސާ ނުހަމަ ގޮތުގައި ބޭނުން ކޮށްފައިވާ އެތައް ބަޔަކު ހީހީފައި އެ ފައިސާއިން ބޮޑެތި މުއްސަނދިންނަށް ވެގެން އުދުހެނީއެވެ. ރައްޔިތުންގެ ޝަކުވާ އަކީ ވައްކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އޭސީސީ ފެއިލްވެފައިވުމެވެ. ފާއިތުވެ ދިޔަ ފަސް އަހަރު ދުވަހު އޭސީސީ ހިނގަމުން ދިޔައީ ސިޔާސީ ޖަގަހެއްގެ ގޮތުގައި ކަން އެންމެންނަށް ވެސް އެނގެއެވެ. ޔާމީންގެ ސަރުކާރުން ބޭނުން ގޮތަކަށް ތަހުގީގު ރިޕޯޓުތައް އެކުލަވާލަ ދިނުމުން ކޮމިޝަންގެ ވެރިންނަށް ފްލެޓް ފަދަ އަގުބޮޑު އިނާމުތައް އައީ ލިބެމުންނެވެ.

އޭސީސީން ތަހުޤީޤު ކުރިއަށްދާ މައްސަލަތައް ނުނިމި ދިގުދެމިގެންދާ ވާހަކައަކީ އާއްމު ވާހަކައެކެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ ގޮތުގައި މީހުން ސިފަކުރާ އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ މައްސަލައިގެ ތަހުޤީޤުވެސް އަދިވެސް އޭސީސީން ކުރިއަށްދާއިރު، އެ މައްސަލައަށްވެސް އެތައް އަހަރެއް މިދަނީ ވަމުންނެވެ. އޭރު އެ މައްސަލައާ ގުޅޭ ތަހުގީގު ރިޕޯޓު ނެރުން ލަސްވުމުގެ ސަބަބުން ކޮމިޝަނަށް އެތައް ފާޑުކިޔުމެއް އަމާޒުވެފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން އެ މައްސަލައިގެ ތަހުޤީޤު ރިޕޯޓް އާންމު ކުރާނެކަމަށް ތަކުރާރުކޮށް އޭސީސީން ބުނަމުން ދިޔަ ނަމަވެސް، ރިޕޯޓް އާންމު ކުރެވުނީ އޭގެ 4 އަހަރު ފަހުންނެވެ. އެންމެ ފަހުން މިހާރު އެ މައްސަލަ ކުރިއަށްދަނީ ދައުލަތުގެ މުއައްސަސާތައް ގުޅިގެން ޖޮއިންޓް ތަޙުޤީޤެއްގެ ގޮތުގައެވެ.

އޭގެ އިތުރުން، ކުރީ ސަރުކާރުން ގެދޮރުވެރި ކުރުވުމުގެ ނަމުގައި ހިންގި މަޝްރޫއުއާ ގުޅިގެން އޭސީސީއަށް ހުށައެޅުނު މައްސަލަތަކަކީވެސް ރައްޔިތުންގެ ޙައްޤާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ. އެހެން ނަމަވެސް، އެންމެ ފަހުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމުކުރި އިރުވެސް، އޭސީސީއަށް ހުށައެޅިފައިވާ މައްސަލަތަކަށް ވީނުވީއެއް ރައްޔިތުންނަކަށް އޮޅުމެއް ނުފިލައެވެ.

2008 ވަނަ އަހަރު އޭސީސީ ވުޖޫދުވި ފަހުން މިހާނަތަށް އެތައް މައްސަލައެއް އޭސީސީއަށް ހުށައެޅިފައިވާއިރު، އެ މައްސަލަތަކުގެ ތެރެއިން ތަހުޤީޤު ނިންމައި އޭސީސީން ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައިވަނީ އެންމެ 265 މައްސަލަކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. މިއީ 2008 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފާއިތުވެގެން ދިޔަ 11 އަހަރު ތެރޭގައި އޭސީސީއަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން ތަހުޤީޤު ނިންމައި ދައުވާކުރަން ފޮނުވުނު މައްސަލަތަކުގެ އަދަދެވެ. އޭގެ ތެރެއިންވެސް 167 މައްސަލައެއް ޕީޖީ އޮފީހުން ވަނީ އިތުރަށް ތަހުޤީޤު ކުރުމަށް އަނބުރާ ފޮނުވާލާފައެވެ.

ފާއިތުވި 11 އަހަރު ތެރޭގައި އޭސީސީން ތަހުޤީޤު ނިންމައި ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ކުށް ސާބިތުވެފައިވަނީ އެންމެ 21 މީހެއްގެ މައްޗަށެވެ. އަދި 39 މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކަނޑައަޅާފައިވާއިރު، 47 މައްސަލައެއް އަދިވެސް ކޯޓުތަކުގައި ކުރިއަށްދެއެވެ. 11 އަހަރުގެ ދިގު މާޒީގައި އޭސީސީގެ ދުވެލި ލަސްކަން ހަމައެކަނި މި ތަފާސްހިސާބުތަކުންވެސް އެނގިގެންދެއެވެ. ކަހަނބުވެސް މިއަށްވުރެ ދުވެލި ހަލުވިވާނެކަމާމެދު ޝައްކެއް ނެތެވެ.

އޭސީސީން ތަހުޤީޤު ނުނިމި ދިގުލައިގެން ދިޔަ ބޮޑެތި މައްސަލަތަކުގެ ތެރޭގައި 2014 ވަނަ އަހަރުގެ ފެނަކައިގެ އޮޑިޓް ރިޕޯޓްގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައްވެސް ހިމެނެއެވެ. އެ މައްސަލަތައްވެސް އެތައް އަހަރެއްވެގެން ދިޔައިރު، އޭސީސީން ބުނަމުންދިޔައީ އެ މައްސަލަތަކުގެ ތަހުޤީޤުތައް "ނަޒާހަތްތެރިކަމާއެކު" ކުރިއަށްދާ ކަމަށެވެ.

އޭގެ އިތުރުން، ފާއިތުވި އަހަރުތަކުގައި ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން، ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން ހޯދަންޖެހޭ މިންވަރު ރެކޯޑު އަދަދުތަކަށް އަރާފައިވާއިރު، 2017 ވަނަ އަހަރު އެކަނިވެސް އެފަދަ މައްސަލަތަކާއި ގުޅުން ހުރި 1.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭކަމަށް އޭސީސީގެ އޭރުގެ އަހަރީ ރިޕޯޓުން ދައްކައެވެ. އެހެން ނަމަވެސް، ފާއިތުވި 11 އަހަރު ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން އޭސީސީ މެދުވެރިކޮށް ހޯދިފައިވަނީ އެންމެ 237،567 ރުފިޔާއެވެ. އެއާއެކު، މި މުއައްސަސާގެ ބޭނުމެއް އޮތްތޯ ރައްޔިތުންނަށް މިއަދު ވަނީ ސުވާލު އުފެދިފައެވެ.

ބޮޑެތި އެތައް މައްސަލަތަކެއްގެ ތަހުޤީޤު ލަސްވެ އޭސީސީގައި ފުނިޖެހިފައިވާއިރު، އައު ސަރުކާރު އައުމާއެކު، އޭސީސީގެ ހިންގުންވެސް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ރައްޔިތުން ތިބީ އުއްމީދު ކޮށްގެންނެވެ. އެހެން ނަމަވެސް، އަދިވެސް އޭސީސީގެ ދުވެލި ހުރީ އެންމެ އެކަށީގެންވާ މިނެއްގައި ނޫންކަން މިއަދު ދަނީ ފެންނަމުންނެވެ. އޭގެ އެއް ހެއްކަކީ، ދާދި ފަހުން ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ފެންމަތިވި ކަންބޮޑުވުންތަކެވެ. އެގޮތުން މި މައްސަލައިގައި ކަންކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށް އެތައް ބަޔަކު ބުނަމުންދިޔައިރު އޭރު އޭސީސީން މި މައްސަލައިގައި އާންމު ކުރި ރިޕޯޓްގައި ފާހަގަ ކޮށްފައިނުވާ ބޮޑެތި މައްސަލަތަކެއް ފަހުން ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފެންމަތިވެގެން ދިޔައެވެ. އެއާއެކު އޭސީސީން ބުނެފައިވަނީ، އެ މައްސަލައިގެ ތަހުޤީޤުވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އެ މައްސަލައިގައި ކޮރަޕްޝަން ނެތްކަމަށް އޭސީސީން ނިންމާފައި ނުވާނެ ކަމަށެވެ.

ޤައުމުގައި ކޮރަޕްޝަންގެ ވަބާ އިންތިހާއަށް ބޮޑުވަމުންދާއިރު، ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ ނިޒާމު ދޯހަޅިވުމަކީ، އެފަދަ މައްސަލަތައް އިތުރުވާ އެއް ސަަބަބުކަމަށް ބުނެވިދާނެއެވެ. ކަންމިހެން އޮތްއިރު، އޭސީސީގެ ދުވެލި މިހާރަށްވުރެ ބާރު ކުރަން އެބަޖެހެއެވެ. ނިޒާމު ހިނގާކަން ރައްޔިތުންނަށް ކަށަވަރުވާނީވެސް، މިފަދަ މައްސަލަތައް ބަލައި، ލަސްނުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ. ކޮރަޕްޝަން ގޮސް މުޅި ޤައުމުގައި މޫލައި، ރޭސް ނިންމާއިރު، އޭސީސީ ކަހަނބު ދުވެއްޔަށްވުރެވެސް މަޑު ދުވެއްޔެއްގައި އޮވެގެން ނުވާނެއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

14 ޖޫން 2018

ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް

14 ޖޫން 2018
ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް
30 އެޕްރީލު 2018

އަދިވެސް އަޑުގަދަ މީހާ ރުއް ގިނަ!

30 އެޕްރީލު 2018
އަދިވެސް އަޑުގަދަ މީހާ ރުއް ގިނަ!
24 އެޕްރީލު 2018

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

24 އެޕްރީލު 2018
މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން
23 އެޕްރީލު 2018

އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!

23 އެޕްރީލު 2018
އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!
27 މާރިޗު 2018

ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!

27 މާރިޗު 2018
ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!
21 ޑިސެމްބަރު 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

21 ޑިސެމްބަރު 2017
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!
13 ނޮވެމްބަރު 2017

ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ

13 ނޮވެމްބަރު 2017
ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ
05 ސެޕްޓެމްބަރު 2017

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!
24 ޖޫން 2017

ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

24 ޖޫން 2017
ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!
14 ޖެނުއަރީ 2017

އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!

14 ޖެނުއަރީ 2017
އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް