Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

24 ޖޫން 2017 | ހޮނިހިރު 06:43

ރައީސް މައުމޫނުގެ ބަޔާން ނަގަނީ ސިޔާސީ މަގުސަދެއްގައި

| 24 ޖޫން 2017 | ހޮނިހިރު 06:43
އޭސީސީގެ މެމްބަރުން

އޭސީސީގެ މެމްބަރުން

ދިވެހިރާއްޖެއިން ކޮރަޕްޝަން ހުއްޓުވުމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ ގާނޫނީ ޒިންމާ އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަނަށެވެ. އާ ގާނޫނު އަސާސީން އެންޓި ކޮރަޕްޝަން ކޮމިޝަން އުފެއްދި ފަހުން، މިއަދާ ހަމައަށް އެ ކޮމިޝަންގެ މަސައްކަތްތަކަށް ފާޑުކިޔުމާއި ގޮންޖެހުން ކުރިމަތިވެފައިވެއެވެ.

ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައިވެސް، އަދި މިހާރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް، އޭސީސީގައި އެއް މޫނުތަކެއް އެބަ ތިއްބެވިއެވެ. އެ ބޭފުޅުންނަށް ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރާއި ކޮރަޕްޝަން ފެތުރިފައިވާ މިންވަރު، އަދި ހުރި ގޮންޖެހުންތަކާއި ގޮންޖެހުން ކުރިމަތިކުރުވާ ފަރާތްތައްވެސް އެނގޭނެއެވެ.

ދިވެހި ތާރީހުގައި ކޮރަޕްޝަންގެ ބޮޑެތި އެކި މައްސަލަތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ތީމުގޭގެ އޮޑިޓް ރިޕޯޓްގެ މައްސަލައެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ހައްދެއް ނެތް މިންވަރަށް ޚަރަދުކުރުމުގެ އިޚްތިޔާރު އެ މަނިކުފާނަށް އޮތެވެ. އޮޑިޓް ރިޕޯޓްގައި އެ މައްސަލަތައް ފާހަގަކޮށްފައި ހުއްޓެވެ. އާއިލީ ބޭފުޅުންނާއި ގާތް ބޭފުޅުންނަށް "އެހީ ދެއްވި" ވާހަކަތަކާއި ލޯނު ދެއްވި ވާހަކައެވެ. ނަމަވެސް ތީމުގޭ އޮޑިޓް ރިޕޯޓް ނެރުނުތާ 10 އަހަރު ވުމަށް ގާތްވެފައިވާއިރު، އޭގައި ފާހަގަކޮށްފައިވާ މައްސަލަތަކެއް ނުނިންމައެވެ. ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޒިންމާދާރެއް ނުކުރެވުނެވެ. ދައުލަތަށް ގެއްލިގެން ގޮސްފައިވާ ފައިސާ ހޯދުމުގެ މަސައްކަތެއް ނުކުރިއެވެ. މިކަމުން ހާމަކޮށްދެނީ އޭސީސީގެ ގާނޫނީ ޒިންމާ އުފުލުމުގައި އެ ކޮމިޝަން ފެއިލްވެފައި އޮތްކަމެވެ. ރައްޔިތުންގެ އަތުން ބޮޑު މުސާރަ ނަންގަވައިގެން އެ ކޮމިޝަންގައި ތިއްބެވި މެމްބަރުންގެ ނާޤާބިލްކަމެކެވެ.

ތީމުގޭ އޮޑިޓް ރިޕޯޓަށް "ހިރަފުސް އަރާފައި" ވަނިކޮށް އެ ރިޕޯޓްގެ މަތިން ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން ރޭކާލީ، ރައީސް މައުމޫނާއި އެ މަނިކުފާނުގެ ބައެއް ބޭފުޅުން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ތެދުވެވަޑައިގަތުމުންނެވެ. ރައީސް ޔާމީނަށް ކުރެއްވި އިތުބާރު ރައީސް މައުމޫން އަނބުރާ ގެންދެވި ފަހުންނެވެ. އިސްލާހީ މަސައްކަތްތަކުގައި ރައީސް މައުމޫނާއި އެ މަނިކުފާނުފާނުގެ ބައެއް ބޭފުޅުން އިދިކޮޅު ޕާޓީތަކާއެކު މަސައްކަތް ފެއްޓެވި ފަހުންނެވެ.

މިއީ ހާދަ ވަރުގަދަ އިއްތިފާޤެއްތޯއެވެ. އޭސީސީން މި އުޅެނީ ހެޔޮ ނިޔަތުގައި ކަމެއް ކުރަން ހެއްޔެވެ؟ ނުވަތަ ބަޔަކަށް ސިޔާސީ މަންފާއެއް ހޯދައިދޭން ހެއްޔެވެ؟ ފެންނަން ހުރި ކަންކަމާއި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި ރައީސް މައުމޫނާ ސުވާލުކުރަނީ ސިޔާސީ މަޤުޞަދެއްގައި ކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ. އެހެންނޫނަމަ، ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލަ ބަލަންޖެހޭނީ މި ވަގުތަކު ނޫނެވެ. މީގެ މާކުރިން އެ މައްސަލަ ބަލައި، އޮންނާނީ އިންސާފު ހޯދައިދީފައެވެ. ދައުލަތަށް ފައިސާއެއް ގެއްލިފައިވާކަމަށް ސާބިތުވެއްޖެކަމަށް ވާނަމަ އެ ފައިސާވެސް އޮންނާނީ ހޯދިފައެވެ.

ނަމަވެސް މިއިން އެއްވެސްކަމެއް މި ވޭތުވެދިޔަ 10 އަހަރު ކޮށްފައެއް ނެތެވެ. އުވިދިޔަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ލީޑަރަކަށް، މިހާރުގެ ރައީސް އަބްދުﷲ ޔާމީން ވެސް ހުންނެވިއެވެ. ނަމަވެސް ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލަ އެ މަޖިލީހަކުންވެސް، މި މަޖިލީހަކުން ވެސް ނުބަލައެވެ. ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލަ ދިގުލައިގެން ދިއުމުން އެކަމުގެ ކަންބޮޑުވުމެއް، އަދި އެ ކޮމިޝަން ޒިންމާދާރުކުރުވަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ. އެހެންވެ، އޭސީސީން މި އުޅެނީ ހެޔޮނިޔަތެއްގައި ކޮރަޕްޝަން ހުއްޓުވުމަށް ވުރެ، ސިޔާސީ މަޤުޞަދެއް ބަޔަކަށް ހާސިލްކޮށްދޭން ކަމަށް ޤަބޫލުކުރުމުގެ ޖާގަ ލިބެއެވެ. އެއީ ޙަޤީޤަތްކަމަށްވާނަމަ، އޭސީސީން އެ ހިންގަނީ ކޮރަޕްޝަނެވެ.

ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި ރައީސް މައުމޫނުގެ ދަރިކަލުން، އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ފާރިސްއަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވިޔަސް، ޕީޖީ އޮފީހުން ނިންމީ މައްސަލަތަކުގައި ދައުވާ ކުރުމަށް ޤާނޫނުލް އުޤޫބާތުގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނަ އަޅައި ގޮސްފައިވާ ކަމަށެވެ. އެހެންވެ، ފާރިސްގެ މައްޗަށް ދައުވާއެއް ނުއުފުލައެވެ.

މިހެން ކަންހިނގާފައިވާއިރު، ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލަ އޭސީސީ އާއި ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުން ނުބަލައި އޮތުމުގެ ޒިންމާ އުފުލާނީ ކާކު ހެއްޔެވެ؟ ތީމުގޭ އޮޑިޓް ރިޕޯޓް ނެރުނުތާ 10 އަހަރު ވުމަށް ގާތްވެފައިވާއިރު، އޭގައި ފާހަގަކޮށްފައިވާ މައްސަލަތަކެއް ނުނިންމައެވެ. ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޒިންމާދާރެއް ނުކުރެވުނެވެ. ދައުލަތަށް ގެއްލިގެން ގޮސްފައިވާ ފައިސާ ހޯދުމުގެ މަސައްކަތެއް ނުކުރިއެވެ. މިކަމުން ލިބުނު ގެއްލުން، އަދި ލިބޭނެ ގެއްލުމުގެ ބަދަލު ދޭނީ ކާކު ހެއްޔެވެ؟

އޭސީސީގެ ޒިންމާ ފުރިހަމައަށް އަދާނުކޮށް، ރައީސް މައުމޫނުގެ ބަޔާން ނެގިޔަސް، އިންސާފެއް ނުލިބޭނެއެވެ. ތިޔަ ކޮމިޝަން ވަނީ ފެއިލްވެފައެވެ. ޤާނޫނީ ޒިންމާއެއް ނުއުފުލުނެވެ. ޙަޤީޤަތުގައިވެސް ނަޒާހަތްތެރިކަމެއް ހަމަ ނެތީއެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!
08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
12 އެޕްރީލު 2017

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
10 ފެބުރުއަރީ 2017

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް