Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ\"ނިއު ޑައިމަންޑް\" ޓޭންކަރުގައި އަލިފާން ހިފުން

ތެޔޮ ޓޭންކަރު ލަންކާ ގޮނޑުދޮށާ ދުރަށް ޓޯވ ކުރަނީ

4 ސެޕްޓެމްބަރު 2020 | ހުކުރު 13:46

ތެޔޮ ރައްކާކޮށްފައި ހުރި ކާރގޯ އޭރިއާގައި އަލިފާން ހިފާފައި ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ސެޕްޓެމްބަރު 2020 | ހުކުރު 13:46
ހެލިކޮޕްޓަރާއި، ކެނަން ބޭނުންކޮށްގެން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތްވެސް ކޮށްފައިވޭ

ހެލިކޮޕްޓަރާއި، ކެނަން ބޭނުންކޮށްގެން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތްވެސް ކޮށްފައިވޭ

ކުވެއިތުގެ ބަނދަރުން 2 މިލިއަން ފީފާ ތެޔޮ ބަރުކޮށްގެން ސްރިލަންކާގެ އިރުމަތިން 20 ނޯޓިކަލް މޭލު ދުރުން ދަތުރު ކޮށްފައި އަންނަނިކޮށް ރޯވި "ނިއު ޑައިމަންޑް" ޓޭންކަރު ލަންކާގެ ގޮނޑުދޮށާ ދުރަށް ޓޯވ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ނިއު ޑައިމަންޑަކީ އިންޑިއާގެ އިންޑިއަން އޮއިލް ކޯރޕް (އައިއޯސީން) ޗާޓަރ ކޮށްގެން ގެނަ ތެޔޮ ޓޭންކަރެކެވެ. ތެޔޮ ޓޭންކަރުގައި އަލިފާން ހިފާފައިވަނީ އިންޑިއާ ކަނޑު ތެރެއަށް ޓޭންކަރު ވަދެ، ސްރިލަންކާގެ އިރުމަތިން 20 ނޯޓިކަލް މޭލު ދުރުން ދަތުރު ކޮށްފައި އަންނަނިކޮށް ކަމަށް ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވެއެވެ.

އަލިފާން ހިފިއިރު ޓޭންކަރުން 23 ފަޅުވެރިން ދަތުރު ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިލިޕީންސްގެ 18 މީހަކާއި، ގްރީކަށް ނިސްބަތްވާ 5 މީހެކެވެ. އަދި އޭގެ ތެރެއިން ފިލިޕީންސް މީހަކަށް ބޮޑެތި ޒަޙަމްތަކެއް ލިބިފައިވާއިރު، އޭނާ ލިބުނު ޒަޙަމްތަކުގެ ސަބަބުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން، އަލިފާން ހިފާފައިވަނީ ޓޭންކަރުގެ ފަހަތު ކޮޅުގައެވެ. އަދި ތެޔޮ ރައްކާކޮށްފައި ހުރި ކާރގޯ އޭރިއާގައި އަލިފާން ހިފާފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް، ބޯޓުގެ އެ ސަރަޙައްދުގައި 2 މީޓަރުގެ "ކްރެކް"އެއް ފާހަގަވެފައިވާ ކަމަށް އިންޑިއާގެ އަސްކަރިއްޔާއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ. އެއާއެކު، ޓޭންކަރުން ތެޔޮ ލީކުވެއްޖެނަމަ، މިއީ މުޅި ދުނިޔެއަށް ވެސް މިހާތަނަށް ދިމާވާނެ އެންމެ ބޮޑު ތިމާވެށީގެ އެއް ކާރިސާއަށް ވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް، މިހާތަނަށް އަދި ތެޔޮ ލީކުވާނެ ކަމަށް ބެލެވިފައިނުވާ ކަމަށް ވެސް އަސްކަރިއްޔާއިން ބުނެއެވެ.

އޭގެ އިތުރުން، މިވަގުތުގެ ޙާލަތަށް ބަލައި، ކަންކަން އެހާ ގޯސް ނޫން ކަމަށް ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ވެރިޔާ ސުދަންތާ ރަނަސިންޙާ އާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން، ޓޭންކަރު އޮޔާދާތީ ލަންކާގެ އަސްކަރިއްޔާއާއި، އިންޑިއާގެ ކޯސްޓްގާރޑު ގުޅިގެން ތެޔޮ ޓޭންކަރު ލަންކާގެ ގޮނޑުދޮށާ ވީހާ ވެސް ދުރަށް ޓޯވ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ހެލިކޮޕްޓަރާއި، ކެނަން ބޭނުންކޮށްގެން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެގޮތުން އަލިފާންގަނޑު އެއްކޮށް ނިވާލެވުމުން، ބޯޓު އަދިވެސް ދުރަށް ޓޯވ ކުރުމަށްފަހު، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
30 އެޕްރީލު 2017

މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ

30 އެޕްރީލު 2017
މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
15 މާރިޗު 2017

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި
03 މާރިޗު 2017

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް