Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ މެމްބަރު ހުސައިން އަވަހާރަވުން

ހުސައިން އަކީ ތެދުވެރި، މާއްދިއްޔަތަށް ނުހެއްލޭ ލިޔުންތެރިއެއް: ރައީސް ނަޝީދު

ރާއްޖޭގެ ބްރޯޑްކާސްޓިންގ ގެ ހަޔާތުގެ ބޮޑު ޚިދުމަތްތެރިއެއް ކަމަށް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ސެޕްޓެމްބަރު 2020 | ހުކުރު 10:22
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު އަލްމަރްހޫމް ހުސައިން މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު އަލްމަރްހޫމް ހުސައިން މުހައްމަދު

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ގ. ލިއެނާ، ހުސެއިން މުހައްމަދު (ހުސެންބެ) އަކީ ތެދުވެރި، މާއްދިއްޔަތަށް ނުހެއްލޭ ލިޔުންތެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް،ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުސައިން މުހައްމަދު އަވަހާރަވީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ދަނިކޮށް ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރުއެވެ.

Advertisement - newsAdvertisement

ހުސައިން މުހައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސައިން އަކީ 3 ދައުރު އަރި އަތޮޅު ތަމްސީލު ކުރެއްވި ރައްޔިތުންގެ ވަކީލެއްކަ މަށެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓިންގ ގެ ހަޔާތުގެ ބޮޑު ޚިދުމަތްތެރިއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން އެއީ އާއިލީ ރަހުމަތްތެރިއެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހުސެއިން މުޙައްމަދު އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސާއި މެންބަރުންގެ ފަރާތުން ވަނީ ތަޢުޒިޔާ ދަންނަވާފަ އެވެ.

ހުސައިން މުހައްމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރަގެ މެންބަރުކަން ފާއިތުވި ދެ މަޖިލީހުގައި ކުރައްވާފައެވެ. ހުސައިން މުހައްމަދު އެންމެ ފުރަތަމަ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރެއްގެ ގޮތުގައެވެ. އެއީ 2005ން 2009 ވަނަ އަހަރާ ހަމައަށެވެ. އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރުކަން 2009 ވަނަ އަހަރުން 2019 ވަނަ އަހަރަށް ހުސެއިން ވަނީ ކުރައްވާފައެވެ.

ހުސައިން މުހައްމަދު އަކީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި ހިންގި އިސްލާހީ ހަރަކާތުގައި ވެސް މުހިއްމު ބައިވެރިއެކެވެ. ހާއްސަކޮށް، ނިމިދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ހިނގަމުންދިޔަ 18 ވަނަ މަޖިލީހުގައި ތަޅުއަޅުވައި، ދިވެހި ސިފައިން ބޭނުންކޮށް، މަޖިލިސް ހިސޯރުކޮށް، ރާއްޖޭގެ ބަރުލަނީ ހަޔާތުގައި ދުވަހަކު ވެސް ދެކެފައިނުވާ އެ އަނދިރި ދުވަސްތަކުގައި އޭރުގެ ސަރުކާރުން ހިންގި ލާއިންސާނީ އަދި އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ތެދުވެވަޑައިގެން ބަސްފުޅު ވިދާޅުވި ބޭފުޅެކެވެ.

މީގެއިތުރުން ވެސް ހުސައިން މުހައްމަދު އަކީ ނޫސްވެރިކަމުގެ ދާއިރާ އާއި ތައުލީމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި، ހިދުމަތް ތެރި ބޭފުޅެކެވެ.

މީޑިއާގެ ދާއިރާ އާއި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އިރު، ހުސެން މުހައްމަދު ވަނީ ޓީވީ މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ، ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އަދި ޑިރެކްޓަރ ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަން ވެސް އަދާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
11 މާރިޗު 2017

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

11 މާރިޗު 2017
ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ
03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު