Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޅުދުއްފުށި އެއަރޕޯޓް

އަދުރޭ އެވެ. ކުޅުދުއްފުށި އެއާޕޯޓް ހުޅުވީ ތާރުފަށަލައެއް ދަމާލައިގެން ނޫންތޯ އެވެ!

ކުޅުދުއްފުށި އެއަރޕޯޓް ވައުދަކީ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެއަރޕޯޓް ހުޅުވުން، އެކަމެއް ނުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 12:56
ކުޅުދުއްފުށި އެއާޕޯޓަށް ފުރަތަމަ ފްލައިޓް ޖެއްސިއިރު ހުރި ޓަރމިނަލް، ރައްވޭއަށް ބޯޓު ޖެއްސޭވަރު ކޮށްލުން ފިޔަވާ އިތުރުކަމެއް ކޮށްފައެއް ނެތް

ކުޅުދުއްފުށި އެއާޕޯޓަށް ފުރަތަމަ ފްލައިޓް ޖެއްސިއިރު ހުރި ޓަރމިނަލް، ރައްވޭއަށް ބޯޓު ޖެއްސޭވަރު ކޮށްލުން ފިޔަވާ އިތުރުކަމެއް ކޮށްފައެއް ނެތް

ސަރުކާރަކުން ގޯސްކޮށް ކަމެއް ކޮށްފިނަމަ، އެ ސަރުކާރަށް ނިސްބަތްވާ މީހުން އެވާހަކަ ދައްކާތަން ވަރަށް ނުފެންނާނެ އެވެ. ނަމަވެސް ގޯސްކޮށް ކުރެވިފައިވާ ކަމެއް، އެކަން ކުރެވިފައިވަނީ ގޯސްކޮށްކަން ނުދެކޭ މީހުން އެ ވާހަކައެއް ދެއްކުމަކީ ވެދާނެ ކަމެކެވެ.

މިއަދު މިގައުމުގައި މި މައްސަލަ ވެސް ފެންމަތި ވެއްޖެއެވެ. ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ދަމާލި ތާރު ފަށަލައަކީ އެއަރޕޯޓެއްގެ ސިފާގައި ބައެއް މީހުންނަށް އަދި ހާއްސަކޮށް ރައީސް ޔާމީނަށް ތާއީދު ކުރާ މީހުންނަށް ފެނުނު ކަމަށްވިޔަސް، އެއީ ހަގީގަތެއް ނޫނެވެ.

ރަނގަޅެވެ، ތާރުފަށަލައެއް އަޅާލުމަށްފަހުު، ރާއްޖޭގައި މިދުއްވާ ކުދި، މަތިންދާ ބޯޓަކަށް ދުއްވޭވަރުގެ މަގެއް ނަމަ އެއީ ރަންވޭކަމަށް ބަލާފައި އެބޯޓަށް ޖެއްސިދާނެ އެވެ. އެއަރޕޯޓެއްގައި ދެން ހުންނަންޖެހޭ އެއްވެސް ކަމެއް ނެތަސް ބޯޓެއް ޖެއްސިއްޖެތާ އެވެ. އެހެންވީމާ އެވީ އެއަރޕޯޓަކަށްތާއެވެ. ހަމަ މިފަދަ އެހެންކަމެއް ވެސް މިދިއަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނާ ދިމާކޮށް، ކޮށްފައިވެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ރަނގަޅަށް ނުނިމޭނީސް، ވާންޖެހޭ ތައްޔާރީތައް ވެސް ރަނގަޅަށް ނުވެ، ދުނިޔޭގައި ދުއްވާ އެންމެ ބޮޑެތި މަތިންދާ ބޯޓުތަކުގެ ތެރެއިން ބޯޓެއް ޖެއްސުވުމެވެ. އެވެސް ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ނިމިފައިވާކަން ރައްޔިތުންނަށް ދެއްކުމަށެވެ.

ކޮންމެއަކަސް، ކުޅުދުއްފުށި އެއަރޕޯޓަށް ފުރަތަމަ ފްލައިޓް ޖައްސައި ހުޅުވައިދިންއިރު، އެތަނުގެ ހާލަތު އެނގޭނީ އެންމެ ރަނގަޅަށް ކުޅުދުއްފުށި ރައްޔިތުންނަށެވެ. ދައުރު ނިމެންދަނިކޮށް ހުޅުވި އެއަރޕޯޓަކީ ވެރިކަމަށް ވަޑައިގެން، ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް ޔާމީން ވައުދުވެވަޑަގަންނަވާފައިވާ ރިޔާސީ ވައުދުފުޅެއް ކަމަށް ކުޅުދުއްފުށި ރައްޔިތުން ބުނެއެވެ. އެހެންނަމަވެސް، ވެރިކަން ނިމެންދަނިކޮށް ތާރުފަށަލައަކުން ދަމާލި ރަންވޭއޭ އެކިޔާ މަގު ފިޔަވާ އެއަރޕޯޓެއްގައި ހުންނަން ޖެހޭ އެއްވެސް ސިފައެއް އެބުނާ އެއަރޕޯޓަކު ނެތެވެ.

ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވޭނެ ކަމަށް ހީކުރި ހީކުރުން ބިލާހަލަށްވެ، އަވާމެންދުރު ފެނިވަޑައިގަތީ ހަމަ ރައީސް ޔާމީނަށެވެ. ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިކުމެ ބޮޑުތަނުން ނޫނެކޭ ބުނުމުން، އެއްކަލަ ރައީސް ޔާމީން ދެއްކެވި އަވާމެންދުރު ހިފައިގެން އެމަނިކުފާނުގެ ބައިވެރިޔާ، އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ތާރީހު ހަނދާން ކޮށްދޭން މަސައްކަތް ފެއްޓެވުމަކީ ދިވެހި އަޖައިބުވާނެ ކަމެއް ނޫނެވެ.

"ހަނދާނާ ތާރީހަށްޓަކާއި ރައީސް ޔާމީންގެ ސަރުކާރުން ކުޅުދުއްފުށީގައި ހެދި ވައިގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން." ކަމަށް ވިދާޅުވެ، އަދުރޭ ކުރެއްވި ޓްވީޓާއެކު އަދުރޭއާ ރައީސް ޔާމީނަށް މަލާމަތް ރައްދުވުން ނޫން ކަމެއް ނުވި އެވެ. ހަނދާނާއި ތާރީހަށްޓަކައޭ ވިދާޅުވެ، ކުޅުދުއްފުށި ވައިގެ ބަނދަރޭ ވިދާޅުވެ، އަދުރޭ އަދިވެސް ކުޅުދުއްފުށި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރައްވަނީތޯ އެވެ.

އަދުރޭ އެވެ. ކުޅުދުއްފުށީގައި ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓެއް ތަރައްގީކުރައްވަން ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދުފުޅު ދަށުން ހަދަން ފެށި އެއާރޕޯޓް ނުނިމެނީސް ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި އެ އެއާރޕޯޓް ހުޅުވިއިރު، ފުރަތަމަ ޖެއްސި ފްލައިޓުން ތިބޭފުޅުން ފައިބައި ވަޑައިގެން ގޮސް ވަންނަން ޖެހުނީ ޓަރމިނަލަކަށްތޯ ނުވަތަ ކުޑަ ޖިފުޓި ގަނޑަކަށްތޯ އެވެ. އޭރު އެތަނުގައި އޮތީ ހަމައެކަނި ތާރު ފަށަލައަކުން ދަމާލި ރަންވޭ އެކަނި ނޫންތޯ އެވެ. ކުޅުދުއްފުށި ވައިގެ ބަނދަރޭ، ވިދާޅުވެ އަދުރޭމެން ތާރީހު ބަލަން ލަދެއް ނުގަނޭތޯ އެވެ.

އަދުރޭ އެވެ. އަދުރޭމެން ދަމާލި ތާރުފަށަލައިން ކުޅުއްފުށީގައި އެއަރޕޯޓެއްގެ ސިފަ ގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުންނެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް ތަރައްގީ ކުރަން ކުޅުދުއްފުށި ރައްޔިތުން ބޭނުންވީ ރަށުގެ އިރުމަތި ފަރާތުގައި ކަމަށް ވެއެވެ. ނަމަވެސް އެ ސަރަހައްދުގައި އެއާޕޯޓް ތަރައްގީ ނުކުރީ މަޝްރޫއުއަށް ހިނގާނެ ހަރަދު ބޮޑުވާނެ ކަމަށްލަފާ ކުރެވޭތީ ކަމަށް ވެއެވެ. އެހެެންކަމުން، ކުޅުދުއްފުށީގެ އެންމެ ބޮޑު އެސެޓް ކަމަށްވާ ކުޅި ހަލާކުކޮށްލީ ހަމައެކަނި ތާރު ފަށަލައެއް ދަމާލައިގެންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަނީ، ކުޅުދުއްފުށީގެ އެތަކެއް ޖީލުތަކެއްގެ ހަނދާންތަކާއި ގުޅިފައިވާ ކުޅިއާއި ކަނޑޫފާތައް ނެތިކޮށްލާފައެވެ. މި ކުޅިއަކީ ކުޅުދުއްފުށީގެ ތާރީޚާއި، އެރަށުގެ ޤުދުރަތީ ރައްކާތެރިކަމާއި އެކަނި ގުޅިފައިވާ ކުޅިއެއް ނޫނެވެ. މިއީ ރާއްޖެއަށް ހިޖުރަކުރާ އެތަކެއް ދޫންޏަކާއި، ހިމާޔަތްކޮށްފައިވާ ބައެއް ބާވަތްތަކުގެ ދޫނިތައް ދިރިއުޅޭ މާހައުލެވެ. އެސޮރުމެންގެ ޤުދުރަތީ މާހައުލު ހަލާކުކޮށްލާފައި މިވަނީ ވިސްނުމެއް ނެތި ރިޔާސީ އިންތިހާބުގައި މީހަކަށް ވޯޓުކޮޅެއްގެ ހޯދުމުގެ ބޭނުމުގައެވެ. އަދުރޭ އެެވެ. ތާރީހު ބަލާނަމަ، 07 ފެބްރުއަރީ 2012 އިންފެށިގެން 17 ނޮވެމްބަރު 2018 އަށް ދިވެހި ތާރީހުން ފެންނަން ހުންނަނީ، ރައީސް ޔާމީނާއި ބަޣާވާތުގެ ސަރުކާރުން ހޭވި ހަޑިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދުރޭ އެވެ. މާލެ ސިޓީ "މުއިއްޒުވާން" ދޫކޮށްލަން ހެޔޮވާނެތޯ!

އަދުރޭ އެވެ. މާލެ ސިޓީ "މުއިއްޒުވާން" ދޫކޮށްލަން ހެޔޮވާނެތޯ!

13 ފެބުރުއަރީ 2020
ކޮމިކަލް އަލީއަށް ވުރެން، ދޮގުހެދުމާއި އޮޅުވާލުމުގައި އަދުރޭ އުޅެނީ މާކުރީގައި!

ކޮމިކަލް އަލީއަށް ވުރެން، ދޮގުހެދުމާއި އޮޅުވާލުމުގައި އަދުރޭ އުޅެނީ މާކުރީގައި!

27 ޖެނުއަރީ 2020
އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

11 މާރިޗު 2019
ކުޅުދުއްފުށި ރައްޔިތުންނަށް ނިމުނު ސަރުކާރުން ދެއްކި ހުވަފެނުގައި ކުލަ ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައި!

ކުޅުދުއްފުށި ރައްޔިތުންނަށް ނިމުނު ސަރުކާރުން ދެއްކި ހުވަފެނުގައި ކުލަ ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައި!

08 ފެބުރުއަރީ 2019
ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުން،، ބޮޑު ބަހުސަކަށްވެފައި

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުން،، ބޮޑު ބަހުސަކަށްވެފައި

02 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު