Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކައުންސިލް އިންތިހާބު/ މާލެ ސިޓީ

އަދުރޭ އެވެ. މާލެ ސިޓީ "މުއިއްޒުވާން" ދޫކޮށްލަން ހެޔޮވާނެތޯ!

މުއިއްޒަކީ ވެރިކަމަށް އަރާވަޑައިގެންނެވި ވަހީދުގެ ސަރުކާރުން ފެށިގެން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ހައުންސިންގ މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2020 | ބުރާސްފަތި 12:13
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ހިންގެވުމުގައި އިސްކޮށްއުޅުއްވާ އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ހިންގެވުމުގައި އިސްކޮށްއުޅުއްވާ އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ލާކަރުކަޒީ ގާނޫނުގެ ދަށުން ބޭއްވި ކައުންސިލްތަކުގެ އިންތިހާބުގެ ހަތަރުވަނަ އިންތިހާބު ބޭއްވުމުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުންދާއިރު، ސިޔާސީ ޕާޓީތަކުންވެސް އެޕާޓީތަކުން ނެރެނެ ކެނޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅާއި، ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ "އެޖެންޑާ 19"ގެ ވައުދާއެއްގޮތަށް ވަރަށް ފުރިހަމަކޮށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުުން ހިންގުމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށްފަހު، އެވަނީ އެގާނޫނަށް އަމަލު ކުރަންފަށާފަ އެެވެ. ސަރުކާރާއި އެމްޑީޕީން ވައުދުވި ގޮތަށް، ރައްޔިތުން ބާރުވެރިކުރުމަށާއި އަންހެނުން ބާރު ވެރިކުރުމަށް ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކަކީ އޭގެ ކްރިޑިޓް އިތުރު އެއްވެސް ބަޔަކަށް ނެނގޭނެ ކަމެއް ނޫނެވެ. އެއީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނިންމުމެކެވެ.

އެ ނިންމުމާއެކު އެގާނޫނުގެ ދަށުން، ރަށު ތަރައްގީއަށް ރައްޔިތުންގެ ބާރުވެރިކަމާއި އަންހެނުންގެ ބައިވެރިވުން އިންތިހާއަށް ލިބިގެންދާއިރު، މަލީ ބާރުވެރިކަންވެސް މިވަނީ ލިބިފަ އެވެ. ރަށުގެ އިހުތިޞާޞްގެ ތެރޭގައި ހިމެނޭ ބިންބިމާ ގުޅޭ ކަންކަންމާއި އިގްތިޞާދީ އަދި އިޖުތިމާއީ ހަރަކާތް ހިންގުމަށް ކައުންސިލްތަކަށް ވަނީ ފުޅާދާއިރާއެއްގައި ހުޅުވާލެވިފަ އެވެ. ބޭނުންވަނީ އިހުލާސްތެރިކަމާއެކު ރަށުގެ ތަރައްގީއަށް މަސައްކަތް ކޮށްދޭނެ ހީވާގި ކައުންސިލުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާނެ، ހީވާގި ކަނބަލުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ވާދަވެރި އެއްދާއިރާއަކީ މާލެ ސިޓީ އެވެ. އަދި ހާއްސަކޮށް މާލެ ސިޓީގެ މޭޔަރުގެ މަގާމަކީ އާދައިގެން މަގާމެއް ނޫނެވެ. މުޅި ދުނިޔޭގައި ވެސް އެންމެ ދުވަސްވީ ވެރިކަން ކުރާ ރަށް، މާލެ އަކީ މިހާރު ރާއްޖޭގެ އެންމެ މުހިއްމު ސިޓީ އެވެ. އިންތިހާބުތަކުގައި ވާދަވެރިކަން ވެސް އެންމެ ބޮޑީ މާލެ ސިޓީގަ އެވެ.

މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރަން ސަރުކާރުން ހިންގާ މައިޕާޓީ އެމްޑީޕީގެ ޓިކެޓް ލިބިލައްވާފައި ވަނީ އެމްޑީޕީގެ ޖެނަރަލް ސެކެޓަރީ އަނަސް އަބްދުއްސައްތާރު އަށެވެ. އަނަސް އަކީ އަޅުގަނޑުވެސް ދަންނަ، ކުޅަދާނަ ގާނޫނީ ވަކީލެކެވެ. އަނަސްގެ ހުރި ލީޑަރޝިޕްގެ ކުޅަދާނަކަން އަޅުގަނޑު މި ރިޕޯޓްގައި ނުހިމަނާ ދޫކޮށް މިލަނީ، މިރިޕޯޓްގެ އަސްލު މައުޟޫއަށް އަލިއަޅުވާލުމުގެ ގޮތުންނެވެ.

އެމްޑީޕީން އެޕާޓީގެ ޕްރައިމަރީ ބާއްވައި، ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައާފައިވާއިރު، އިދިކޮޅު ޕީޕީއެމް-ޕީއެންސީއަށް ޕްރައިމަރީ ބޭއްވީ މިދިޔަ ހަފްތާ ބަންދުގަ އެވެ. އިދިކޮޅު ޕްރައިމަރީ ބޭއްވިއިރު ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ 42 ރަށެއްގައި ކަމަށް ވެއެވެ.

187 ރަށް ރާއްޖޭގައި އޮންނައިރު 42 ރަށެއްގައި ވޯޓުލުން ކުރިއަށް ގެންދެވުމުންވެސް އިދިކޮޅު ކޯލިޝަނުން ބުނަނީ، ސަރުކާރު ސިއްސައިގެންދާވަރުގެ ނަތީޖާއެއް ނެރޭނެ ކަމަށެވެ. އެއީ ތެދަކަށްވެސް ވެދާނެ އެވެ. މިހާރުވެސް އެވަނީ ސަރުކާރު ސިއްސުވާލާފަތާއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން ޕްރައިމަރީއެއް ބާއްވާލެވުނީ އެންމެ 42 ރަށުގަތާ އެވެ.

ގިނަ ރަށްރަށުގައި ޕްރައިމަރީ ބާއްވާފައި ނުވާއިރު، ރަށްރަށުގެ ރަށު ކައުންސިލްތަކަށް ނެރޭނެ ކެންޑިޑޭޓުން ނޭނގިގެން އުޅޭ ރަށްރަށްވެސް ގިނަ އެވެ. ލީޑަރޝިޕްގެ ބޭފުޅުންނާއި ރަށްރަށުގައި ތިއްބެވި ޕާޓީގެ މެމްބަރުންނާ "ޗެނަލް" ދިމަލެއް ނުވެއެވެ. އެހެންވީމާ އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް އަންނަ ސިހުން ބޮޑުވާނެތާ އެވެ.

ދެން އޮތީ އިދިކޮޅު ކޯލިޝަން މިހާރު ހިންގަވަމުން ގެންދަވާ، އަދުރޭ ވާހަކަ އެވެ. އަދުރޭއަކީ ހަގީގަތުގައި ވަރަށް ގޮތުގައި ހުންނަވާ ބޭފުޅެކެވެ. އަދުރޭ ވިދާޅުވަނީ، ރައީސް ޔާމީން ވެރިކަމުގައި ނެތް ކަމުގެ ހިތް ދަތިކަން ޤައުމަށް އިހުސާސްވާ ކަމަށާއި، ކޮންމެ ގޮތެއް ހަދައިންގެންވެސް ވެރިކަމަށް ޔާމީން ގެންނަން ޤައުމު މިއަދު ގޮވަމުންދާ ކަމަށެވެ. އަދުރޭ ވިދާޅުވަނީ ދިވެހި ރައްޔިތުންނަކީ އެހާ ހިތްބަލި ބައެއް ނޫން ކަމަށާއި ބަނޑަށް ޖެހޭއިރު ދިވެހި ރައްޔިތުން ބަލަހައްޓައިގެން ނުތިބޭނެ ކަމަށެވެ. އަދުރޭ އެ ވިދާޅުވާގޮތަށް ދިވެހި ރައްޔިތުންނަކީ ބަޔަކު މީހުން އައިސް ދައުލަތް ލޫޓުވާލާތަން ބަލަންވެސް ތިބޭނެ ބައެއް ނޫންކަން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން އޮންނާނީ ފެނިފައެވެ.

އަދުރޭ ވިދާޅުވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ނުރައްކާތެރި ބިރުވެރި އިންތިޚާބެއް ކަމަށެވެ. އަދި މި އިންތިޚާބަކީ ރާއްޖެ މިނިވަން ކަންމަތީ އޮންނާނީތޯ ނުވަތަ އަޅުވެތި ކަމަށްދާނީތޯ ބަލަން ބޭއްވޭ އިންތިޚާބެއް ކަމަށެވެ.

އަދުރޭ އެވެ. ދިވެހިރާއްޖޭގައި ނުރައްކާތެރި އެތައްކަމެއް ހިންގައިފި އެވެ. އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލި ވެރިއެއްވެސް ދިވެހިރައްޔިތުން ދެކެފި އެވެ. ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިންމާލީ ދެފަހަރެއްގައި މަތިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގައުމު ނުރައްކަލުގައި ބާއްވައިގެން ނެވެ.

ދައުލަތުގެ އަނެއް ދެ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓަށް ހަދާލިގޮތް ފޮތް ލިޔުންތެރިން ފޮތެއްގައި ގޮތުގައި އެވާހަކަތައް ލިޔަންވެސް ރަނގަޅެވެ. ދިވެހި ތާރީހަށްޓަކަ އެވެ. ނުލަފާ ވެރިއެއްގެ ނުލަފާކަން ދިވެހިރައްޔިތުންނަށް ދައްކާލި ގޮތުގެ ވާހަކަތަކަކީ ލިޔެވުފައި ހުންނަންޖެހޭ ވާހަކަތަކެކެވެ.

މިފަހުން އަދުރޭ ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރުގެ އިންތިހާބު ކާމިޔާބި ކުރައްވާނީ އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ކަމަށެވެ. އަދި ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓަލުމަށްފަހު، ވެރިކަމަށް އަރާވަޑައިގެންނެވި، ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުން ފެށިގެން، ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމެންދެން ހައުސިންގ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

މާލޭގެ މޭޔަރުކަން ރަސްމީކޮށް، މުއިއްޒު އިއުލާން ނުކުރެއްވިޔަސް، އަދުރޭ ވަނީ މާލޭގެ މޭޔަރު ކަމަށް މުއިއްޒު ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަގާމަށް މުއިއްޒު ނިކުންނަވާނީ "މާލެ މުއިއްޒު" ކުރުމުގެ ޝިއާރުގެ ދަށުން ކަމަށެވެ. މުއިއްޒު އެ މަގާމަށް ކުރިމަތި ލައްވާކަން އިއުލާނު ކުރައްވަމުން އަދުރޭ ވިދާޅުވެފައިވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންމެހެން ވެސް މާލެ "މުއިއްޒު" ކުރަން ޖެހޭ ކަމަށެވެ.

އަދުރޭ އެގޮތަށް ވިދާޅުވިއެއްކަމަކު، މާލޭގެ ދިރިއުޅޭ ރައްޔިތުން "މާލެ މުއިއްޒުކުރަން" ބޭނުންވާނެ ހެނެއް ހިޔެއް ނުވެއެވެ. އެއީ ދިވެހި ރައްޔިތުން މިހާރު "މުއިއްޒުވުން" މާނަ ކުރަމުންދަނީ، އެއްކަމެއް ދެވަނަ ފަހަރަށް ކުރަންޖޭހޭ ގޮތަށް ކަންކަން ކުރާ ކުރުމަށެވެ. އޭގެ އެންމެބޮޑު އެއްމިސާލަކީ، މާލޭގެ މަގުތައް ހެދުމަށް މުއިއްޒު ހިންގެވި މަޝްރޫއު އެވެ. މާ ފެންވަރުރަނގަޅުކޮށް، މާލޭގެ މަގުތަށް ހަދަނީއޭ ވިދާޅުވެ، މަގުތަކުގައި ހުރި ގައުތަކުގެ ހިރަފުސް ފޮޅާލުމަށްފަހު، އަނެއްކާވެސް އެތުރީ ހަމަ އެ ގައުތަކެވެ. އަދި މާލޭގެ މަގުތުގައި ފެންބޮޑުވުން މިހާރު ދިވެހިން ހަނދާންނެތިއްޖެ ކަމަށް މުއިއްޒު ވިދާޅުވިއިރު، މިހާރުވެސް މާލެއަށް ވާރޭ ވެހިލާއިރަށް، މީހުން ބުނެއުޅެނީ މަގުތައް "މުއިއްޒުވެއްޖެ" ކަމަށެވެ.

އެހެންކަމުން މާލެ ސިޓީ "މުއިއްޒުކުރަން" ނުކުންނަ ވާހަކަ އަދުރޭ ވިދާޅުވި ނިޔަތާމެދު ސުވާލު އުފެދޭ ނޫންތޯ އެވެ. މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން، ވޭތުވެދިޔަ 7 އަހަރު ހަވާލުވެ ހުންނެވި ކުރީ ސަރުކާރުތަކުގެ ވަޒީރެއްގެ ހައިސިއްޔަތުން މުއިއްޒުއަށް ނުކުރެވުނު ކަމެއް މާލެ ސިޓީގެ މޭޔަރުގެ ފަސް އަހަރުގެ ދައުރުގައި ކުރެވޭނެތޯ އެވެ. އޭރު ނުކުރެވުނުކަމެއް މިހާރު އަމުދުން ކުރެއްވޭނެ ކަމަށް ގަބޫލުކުރާނީ ފަހެ ކާކުތޯ އެވެ. އެހެންވީމާ، މާލެ ސިޓީ "މުއިއްޒުކުރަން" ދޫކޮށްލަން ހެޔޮވާނެތޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް

ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް

25 ނޮވެމްބަރު 2017
ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
 ފާރިސް ދޫކޮށްލަންވީ ވަގުތު ނާދޭތަ؟ ސާފު ނުވަނީ ކޮންއެއްޗެއް؟

ފާރިސް ދޫކޮށްލަންވީ ވަގުތު ނާދޭތަ؟ ސާފު ނުވަނީ ކޮންއެއްޗެއް؟

31 އޯގަސްޓު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު