Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހދ. ކުޅުދުއްފުށި

ބްރިޖު ކައިވެންޏާއެކު ކުޅުދުއްފުށިން ނެރުނު މާލިތަކަށް ޝައުގުވެރިކަން ބޮޑުވެއްޖެ!؟

މާލިތަކުން ސިޔާސީ އަދި އިޖުތިމާއީ ގިނަ މެސެޖުތަކެއް ދީފައިވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 22 އޯގަސްޓު 2018 | ބުދަ 14:17
ބްރިޖު ކައިވެނި ރަމްޒުކޮށް ދިނުމަށް ކުޅުފުއްފުށިން ތައްޔާރު ކުރި މާލި

ބްރިޖު ކައިވެނި ރަމްޒުކޮށް ދިނުމަށް ކުޅުފުއްފުށިން ތައްޔާރު ކުރި މާލި

ކުޅުދުއްފުށީ މަށި މާލި ޕްރޭޑުން ގައުމުގެ ހާލަތު ކިޔައިދެއެވެ. ސިޔާސީ މަސްރަހު ބުނެދެއެވެ. ފަތުއަޑު ކިޔާފައި އެންމެ ބާރަށް ދެކެވޭ ވާހަކަތައް ވެސް ކުއްލިއަކަށް މާއްޔަކަށް ހަދާލަނީ ކުޅުފުއްފުށިންނެވެ. މިފަހަރުގެ އަޟްހާ އީދާ ގުޅިގެން ކުޅުފުއްފުށިން ނެރޭ މާލިތަކަށް އެންމެން އިންތިޒާރު ކުރީ އެ ސަބަބާ ހުރެއެވެ.

ކުޅުދުއްފުށްޓަށް ހާއްސަވެފައިވާ މި މަށިމާލި ޕްރޭޑުގައި މިފަހަރު ފެނުނު މާލިތަކުގެ ތެރެއިން ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތީ ބްރިޖުމަތީގައި ކުރާ ކައިވެންޏަށް ތައްޔާރު ކުރި މާލިތަކެވެ. ބްރިޖު ކައިވެނި ރަމްޒުކޮށްދޭ ފަސް ވަރަކަށް މާލި އެ ޕްރޭޑުގައި ދައްކާލާފައިވެއެވެ. އެގޮތުން އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތީ ބްރިޖެއް ސިފަވާ ގޮތަށް ހަދާފައިވާ ތަނެއްގެ މަތީގައި ކައިވެނި ކުރާތަން ދައްކައި ދީފައިވާ މާއްޔެވެ. އެ ބްރިޖުގައި ކައިވެންޏަށް ނިސްބަތްކޮށް "ގޮށްޖެހުން" ނަންބޯޑު ހަރުކޮށްފައިވެއެވެ. އަދި ބްރިޖު މަތީގައި ކައިވެނިކުރާ ޖޯޑުތަކަށް ހާއްސަކޮށްގެން، ބްރިޖު ދަށުގައި ކޮޓަރިއެއް ވެސް ހަދާފައިވާ ތަން އެ ޕްރޭޑުގައި ދައްކައިދީފައިވެއެވެ. އަދި އެ ކޮޓަރީގެ ބޭރުގައި "ޑޫ ނޮޓް ޑިސްޓާރބް" ވެސް ޖަހާފައިވެއެވެ.

ބްރިޖު ކައިވެނި ރަމްޒުކޮށްދޭ މާއްޔެއް، ކައިވެނީގެ ހެދުންލައިގެން-- ފޮޓޯ/ ޓްވިޓާ

ސިޔާސީ ކަންކަމާއި އިޖުތިމާއީ މައްސަލަތައް ރަމްޒުކޮށް ދޭ މާލިތަކުން މިފަހަރު ދެން ފާހަގަ ކުރެވުނު މާއްޔަކީ "ޖެހުނު ހާލު" ނަން ދީފައިވާ މާއްޔެވެ. އެ މާލިން ދައްކައި ދެނީ ބޭބެއަކަށް ޖައްސާފައިވާ ހާލެވެ. އަދި ބޮޑުބޭބެއެއްގެ އަތުގައި އޮތް ފޯނެއް އަތުލުމަށް ކޮއްކޮޔަކު "ތޮޅޭ" މަންޒަރު ވެސް ދައްކުވައިދީފައިވެއެވެ.

މިފަހަރުގެ މާލިތަކުގެ ތެރޭގައި ކުޅުފުއްފުށީގައި ރައީސް ނަޝީދުގެ ސަރުކާރުން އަޅާފައިވާ ފްލެޓުތައް ދޫނުކޮށް ވީރާނާވާން ދޫކޮށްލާފައިވާތީ "ވީރާނާވާ ފްލެޓް"ގެ ނަމުގައި ވެސް މާއްޔެއް ނެރެފައިވެއެވެ. އަލަށް ކައިވެނި ކުރާ ޒުވާނުންނަށް މެސެޖެއް ދިނުމުގެ ގޮތުން ނެރުނު މާއްޔަށް ދީފައިވާ ނަމަކީ "ހިތްރުއްސުން" އެވެ.

ކުޅުފުއްފުށީ ފްލެޓުތައް ދޫނުކޮށް ވީރާނާވާން ދޫކޮށްލާފައިވާތީ އެކަމަށް ޖޯކު ޖެހުމަށް ނެރުނު މާލިތަކެއް

ކުޑަކުދިންނާއި އަންހެނުންނާއި ދޮށީ އުމުރުގެ މީހުން ވެސް ބައިވެރިވިކޮށްގެން، ކުރިއަށް ގެންދިޔަ އެ ޕްރޭޑުގައި ތަފާތު އެކި މެސެޖުތައް ދީފައިވެއެވެ. ސިޔާސީ ކަންކަމަށް ޖޯކު ޖަހާފައިވެއެވެ. އެގޮތުން ސިޓީއުރަ ބަހާ އަންހެނަކާއި އޭނާގެ ފިރިމީހާ ވަށައިގެން، ހަތިޔާރު ހިފައިގެން، އަސްކަރީ ބަޔަކު ސިފަވާ ގޮތަށް ބަޔަކު އެތުރިގެން ތިބޭ ތަން ފެނިގެންދިޔައެވެ. އަދި އެ ދެމަފިރިންގެ ކުރިމަތީގައި ޓިނުން ސިލްޑު ހަދައިގެން، ސްވޮޓު ނަން ދީފައިވާ ބަޔަކު ހަރަކާތްތެރިވާ މަންޒަރު ވެސް ފެނިގެންދިޔައެވެ.

ސިޓީ އުރަ ހިފައިގެން އުޅުނު އަންހެން މީހާގެ ފިރިމީހާ ވަށައިގެން އަސްކަރީ ބަޔަކު ރަމްޒުކޮށްފައި

މަށިމާލި ޕްރޭޑުން 30 ވުރެ ގިނަ މާލި ފެނިގެންދިޔައެވެ. މަށިމާލި ޕްރޭޑު އިންތިޒާމުކޮށްފައި ވަނީ އެ ރަށު ރައްޔިތުންގެ އަމިއްލަ އިސްނެގުމަށެވެ. އުތުރުގެ އެންމެ އާބާދީ ބޮޑު، ކުޅުދުއްފުށީ މަގުތަކަށް ބުދަ ދުވަހުގެ ހަވީރު މަށި މާލިތައް ނުކުތުމާ އެކު، އެ ރަށުގެ ގިނަ ބަޔަކު ވަނީ އެ މަންޒަރު ބަލަން ގޮސްފައެވެ. އަދި ސޯޝަލް މީޑިއާގައި އެ ޕްރޭޑުގެ ފޮޓޯތައް ދަނީ ދައުރުވަމުންނެވެ.

ކުޅުފުއްފުށީ މަށިމާލި ޕްރޭޑަކީ އެ ރަށަށް ހާއްސަ ޕެރޭޑެކެވެ. އެ ޕްރޭޑުގައި ދައްކުވައި ދެނީ އޭރުގެ ހާލަތެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ކުރާ ކަންތައްތަކަށް ވެސް އެ ޕްރޭޑުގައި ޖޯކު ޖަހައެވެ. އެ ޕްރޭޑަށް "މަށި މާލި ޕްރޭޑް" ކިޔަނީ ކުޅުފުއްފުށީ މަށި ކުޅިން މަށި ނަގައިގެން ގައިގައި އުނގުޅައިގެން، މާލި ހަދާތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރިޖު ޓޯލްފީ ނަގާނެކަމަށް ވިދާޅުވެ ރައީސް އުނބަށް ޖައްސަވައިފި

ބްރިޖު ޓޯލްފީ ނަގާނެކަމަށް ވިދާޅުވެ ރައީސް އުނބަށް ޖައްސަވައިފި

25 ޖުލައި 2024
ގަތުލުއާންމު ހުއްޓުވުމަށް ދުނިޔޭގެ ކޯޓުން ނެރުނު އަމުރަށް އިސްރާއީލުން ކުރަނީ ފުރައްސާރަ

ގަތުލުއާންމު ހުއްޓުވުމަށް ދުނިޔޭގެ ކޯޓުން ނެރުނު އަމުރަށް އިސްރާއީލުން ކުރަނީ ފުރައްސާރަ

11 ފެބުރުއަރީ 2024
ޕުޓިން ހައްޔަރުކުރަން ނެރުނު އަމުރަކީ ތާކުންތާކު ޖެހޭ އަމުރެއްތަ؟

ޕުޓިން ހައްޔަރުކުރަން ނެރުނު އަމުރަކީ ތާކުންތާކު ޖެހޭ އަމުރެއްތަ؟

20 މާރިޗު 2023
އުއްތަމަ ފަނޑިޔާރަށް ނާންގާ ސުޕްރީމް ކޯޓުގެ ނަމުގައި ފަނޑިޔާރުންތަކެއް އަމުރެއް ނެރުނު!

އުއްތަމަ ފަނޑިޔާރަށް ނާންގާ ސުޕްރީމް ކޯޓުގެ ނަމުގައި ފަނޑިޔާރުންތަކެއް އަމުރެއް ނެރުނު!

21 ނޮވެމްބަރު 2019
ވިލިނގިލި-ކޫއްޑޫ ބްރިޖު: ހުވަފެން ހަގީގަތަކަށް ވާނެ ކަމުގެ އުންމީދުގައި!

ވިލިނގިލި-ކޫއްޑޫ ބްރިޖު: ހުވަފެން ހަގީގަތަކަށް ވާނެ ކަމުގެ އުންމީދުގައި!

02 މާރިޗު 2019

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު