Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޅުދުއްފުށި އެއަރޕޯޓް

ކުޅުދުއްފުށި ރައްޔިތުންނަށް ނިމުނު ސަރުކާރުން ދެއްކި ހުވަފެނުގައި ކުލަ ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައި!

އެއަރޕޯޓްގެ މަސައްކަތް އޮތީ ހުއްޓިފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2019 | ހުކުރު 14:02
ކުޅުދުއްފުށި އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކުޅުދުއްފުށި އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މަޝްހޫރު ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ މައި ރަށް ކުޅުދުއްފުށި، މިއީކީ އާދައިގެ ބަޔަކު ދިރިއުޅޭ ރަށެއް ނޫނެވެ. ކަންކަމުގައި ކެރުމުގެ އިތުރުން ކޮންމެގޮތެއް ވަރިހަމަ ވުމަކީ އެވެރިންގެ އުސޫލު ކަމަކަށް ޤަބޫލު ކޮށެއް ނޫޅެއެވެ.

ކަންކަމުގައި ގޮތް ނިންމުމުގައި މިވެރިން ކަންކުރާގޮތްވެސް ވަރަށް ތަފާތެވެ. ކޮންމެއަކަސް ދައްކަންމިއުޅޭ ވާހަކައަކީ ކުޅުދުއްފުށީ އެއަރޕޯޓްގެ ވާހަކައެވެ.

ހދ. ކުޅުދުއްފުށީގައި އެއަރޕޯޓެއް އެޅުމުގެ ވާހަކަޔަކީ މީގެކުރިން ކޮންމެވެސް ވަރަކަށް ދައްކައި އުޅުނަސް، ރައީސް ޔާމީންގެ ރިޔާސީ ވައުދަކަށް ވުމުގެ ކުރިން ރާއްޖޭގެ އެންމެން ދައްކައި އުޅުނު ވާހަކައެއް ނޫނެވެ.

އިޤްތިޞާދީ ގޮތުން ބަލާއިރު، ކުޅުދުއްފުށީގައި އެއަރޕޯޓެއް އެޅުމަކީ ފީސިބަލް ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ވާހަކަދައްކައި އުޅުނެވެ. ދުވާލެއްގެ މައްޗަށް ހަނިމާދޫއަށް މިހާރުވެސް އެވްރެޖްކޮށް ފަސް ފްލައިޓް މޯލްޑިވިއަން އިން ދަތުރުކުރެއެވެ. ޑޭޝް 8 މަރުކާގެ މަތިންދާބޯޓުތަކުގައި މޯލްޑިވިއަން އިން ހަނިމާދޫއަށް އުފުލަނީ ހަމައެކަނި ކުޅުދުއްފުއްޓަށް ދާ މީހުންނެއް ނޫނެވެ. ހއ. ހދ އަދި ށ. އަތޮޅުގެ ރަށްތަކަށް ދާ މީހުން ދަތުރުކުރާނީ ހަނިމާދޫ މަގުންނެވެ. އަދި ހއ. ގައި އޮތް 2 ރިޒޯޓާއި ށ. އަތޮޅުގައި އޮތް ހަމައެކަނި ރިޒޯޓަށް ވެސް ކަނޑަށް ޖައްސާ މަތިންދާބޯޓުގައި ނޫން ގޮތަކަށް ފަތުރުވެރިން ދިޔަޔަސް ދާން ޖެހޭނީ ހަނިމާދޫ މަގުންނެވެ.

ކަން މިހެން ހުރި އިރު، ކުޅުދުއްފުށީގައި އެއޮތް ކުޅި ހަލާކުކުރުމަށް ފަހު އެތަނުގައި އެޕޯޓެއް އެޅުމުގެ ބޭނުމަކީ ކޮބައި ކަމަށްބުނެ ގިނަ ބަޔަކު އެކަމާއި ސުވާލުކޮށް އޭރުގެ ސަރުކާރާއި ސުވާލުކޮށް ހެދިއެވެ. ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށްވުރެ، ހަނިމާދޫ އެއާޕޯޓް ތަރައްްޤީކޮށް، ރަނގަޅު ދަތުރުފަތރުގެ ނިޒާމަކުން ގުޅާލުމަކީ މާ ފައިދާ ބޮޑުވާނެ ގޮތެއްކަމަށް ކަމުގެ މާހިރުންވެސް ވިދާޅުވަމުން ގެނެދެވި އެވެ.

ކުޅުދުއްފުށި އެއާޕޯޓް އެޅުމުގެ ކުރެހުމެއް -- ފޮޓޯ: ހައުސިން މިނިސްޓްރީ

ކަމުގެ ތަޖުބިރާކާރުންނާއި، ތިމާވެސި ހިމަޔަތްކުރަ ފަރާތްތަކުގެ ބޮޑު ޝަކުވާއަކަށްވީ 900 އަހަރަށްވުރެ ގިނަ ދުވަސްވީ ކުޅުދުއްފުށީގެ ކުޅީގެ ވާހަކަޔަށް ނިމުމެއް ގެންނަން އޭރުގެ ސަރުކާރުން މަސައްކަތް ފެށީތީއެވެ. އެތަކެއް ޖީލުތަކެއްގެ ހަނދާންތަކާއި ގުޅިފައިވާ ކުޅިއާއި ކަނޑޫފާތައް ނެތިގެންދާނެތީއެވެ. މިކުޅިއަކީ ކުޅުދުއްފުށީގެ ތާރީޚާއި، އެރަށުގެ ޤުދުރަތީ ރައްކާތެރިކަމާއި އެކަނި ގުޅިފައިވާ ކުޅިއެއް ނޫނެވެ. މިއީ ރާއްޖެއަށް ހިޖުރަކުރާ އެތަކެއް ދޫންޏަކާއި، ހިމާޔަތްކޮށްފައިވާ ބައެއް ބާވަތްތަކުގެ ދޫނިތައް ދިރިއުޅޭ މާހައުލެވެ. އެސޮރުމެންގެ ޤުދުރަތީ މާހައުލު ހަލާކުކޮށް އެއާޕޯޓެއް އެޅުމުގެ ތަސައްވަރަކީ ތަޖުރިބާކާރުންގެ ނުރުހުން ސަރުކާރަށް އަމާޒުވެގެންދިޔަ ކަމަށެވެ. ނަމަވެސް ކަމުގެ ތަޖުރިބާކާރުންގެ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު އޭރުގެ ސަރުކާރުން އެއާޕޯޓް އެޅުމުގެ މަސައްކަތް ފެށީ ވޯޓުކޮޅެއް ހޯދުމުގެ ބޭނުމުގަ އެވެ. ރަށުގެ ރައްޔިތުންވެސް އެއިރުގައި ބެނުންވީ ކުޅި ނެތިކޮށްލުމަށްފަހުގައިނަމަވެސް، އެއާޕޯޓެއް އެޅުމަކަށްކަމަށްވާތީ އެވެ.

ކުޅުދުއްފުށި އެއާޕޯޓްގެ މަސައްކަތް ފެށުމަށް ބިން ހިއްކަނީ -- ފޮޓޯ: ރައްޖެ.އެމްވީ

ރައީސް ޔާމިންގެ ސަރުކާރުން ކުޅުދުއްފުށި އެއާރޕޯޓް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 1 ނޮވެމްބަރ 2017 ގައެވެ. އެއާރޕޯޓް މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ކުޅި ހިއްކުމުގެ މައްސައްކަތް ވެސް ހިމެނޭތީ ބައެއް ރައްޔިތުންނާއި ތިމާވެށި ހިމާޔަތް ކުރާ ބައެއް ޖަމްއިއްޔާތަކުން ދިޔައީ ކުޅުދުއްފުށި ކުޅި ހިމާޔަތް ކުރުމަށް ގޮވާލަމުންނެވެ. އެގޮތުން އުސޫލުތަކާ ހިލާފަށް ކުޅުދުއްފުށި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ 13 ނޮވެމްބަރ 2017 ގައެވެ.

އެންވަޔަރަމެންޓަލް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ) އާއި އެންވަޔަރަމެންޓް މިނިސްޓްރީއާ ދެކޮޅަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރާ ޖަމިއްއްޔާއެއް ކަމަށްވާ އިކޯކެއާއިންނެވެ. އެހެންނަމަވެސް ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް ހަދާ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި، މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ 13 ޑިސެމްބަރ 2017 ގައެވެ.

މިމައްސަލާގައި އެކި ފަރާތްތަކުން އަޑު އުފުލަމުންދަނިކޮށް ކުޅުދުއްފުށި އެއާރޕޯޓް އެޅުމަށްޓަކައި އެމްޓީސީސީން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުގެ ނިންމާލާފައިވަނީ ޑިސެމްބަރު މަހުގެ 25، 2017 ގައެވެ. ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވެފައިވަނީ މިހާރު 1200 މީޓަރު ރަންވޭ އަޅާފައިވާ ކަމަށާއި ޓާރމިނަލްއާއި ފަޔަރ ސްޓޭޝަންގެ މަސައްކަތް ފެށި ވަކި ހިސާބަކުން މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށެވެ.

ކުޅުދުއްފުށި އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އިންތިހާބަށްފަހު މިއަދާއި ހަމައަށްވެސް ފެންސް ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު އިތުރު ކަމެއްގެ އަމަލީ މަސައްކަތް އަދި ފަށާފައި ނުވާ ކަމަށް އަބްދުއްލަތީފް ހަސަން ވިދާޅުވިއެވެ. އެހެންނަމަވެސް ކައުންސިލްއާއި ކުޅުދުއްފުށީ ރައްޔިތުންގެ އެދުމަކީ ވީހާވެސް އަވަހަކަށް އެއަރޕޯޓު މަސައްކަތް ފަށާއި ނިންމުމަށް ކަމަށް ކައުންސިލުން ބުންޏެވެ.

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓްލުމަށް ދެ ދުވަހަށް ވެފައިވަނިކޮށް ކުޅުދުއްފުށީގެ އެއާޕޯޓް ނުނިމެނީސް ހުޅުވައި ދެއްވުމުން ވެސް އެރަށުގެ ރައްޔިތުން ވަނީ ރައީސް ޔާމީނަށް ނޫނެކޭ ބުނެފައެވެ. އެއއީ އެއާޕޯޓެއް އަޅިކަމަށް ބުނެ ރައްޔިތުންނަށް ބޮޑު ހަވަފެނެއް ދެއްކުމުންނެވެ. ރައްޔިތުންްގެ ލޮލުގައި އަނދުނން އަޅުވައި، ރައްޔިތުންނަށް ހަޤީޤަތް އޮޅުވާލަން މަސައްކަތްކުރުމުންނެވެ.

އިންތިޚާބާއި ދިމާކޮށް ނިންމާފައި ވާކަމަށް އިޢުލާންކޮށްފައިވާ ކުޅުދުއްފުށީ އެއާޕޯޓު ނިންމާފައި ވަނީ ހަމައެކަނި ރަންވޭ އެވެ. އެއާޕޯޓް އަޅާ ބިމުގައި އެއްވެސް އިމާރާތެއް ނެތެވެ. އަދި އަލިފާނުގެ ޙާދިސާ އެއް ކުރިމަތިވުމުން ނިންވައިލެވޭނޭ ނިޒާމެއް ވެސް ނެތެވެ. އިއިކާއޯގެ މިންގަނޑަށް ނުފެތެއެވެ.

ކޮންމެއަކަސް ކުޅުދުއްފުށީގައި އެއަރޕޯޓްގެ ރަންވޭއެއް އަޅައިފިއެވެ. ޓެސްޓް ފްލައިޓް ޖެއްސިތާ ދެވަނައަށްވީ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ވަޑައިގެން ރަސްމީކޮށް އެއަރޕޯޓް ހުޅުވަންވެސް ހުޅުވީއެވެ. ރައީސް ޔާމީން ކަންކުރައްވަންވީމާ ކޮންމެ ކަމެއްވެސް ކުރައްވަން ވީއެވެ. ސިވިލް އޭވިއޭޝަންގެ ހަމަތަކަކާއި ހުންނަންވީ ވަކި ފެންވަރުތަކެއް އަދި ކޮންމެހެންވެސް ފުރިހަމަވާންޖެހޭ ވަކި ކަންތައްތަކެއް ހުރެއެވެ. ކުޅުދުއްފުށީގައި ހުޅުވި އެއަރޕޯޓުގައި އެއިން އެއްވެސް ކަމެއް ނެތެވެ. ހަމައެކަނި ތާރު އެޅި ރަންވޭ ގަނޑެކެވެ. އެފަދަ ތަނަކަށް ބޯޓު ޖައްސައި އަދި އެއީ އެއަރޕޯޓެކޭ ބުނެ ހުޅުވި ގޮތަކާމެދުވެސް ސުވާލު އުފެދެއެވެ.

އެއާޕޯޓް ހުޅުވިތާ 6 މަސް ދުވަސްވީއިރު، އެ އެއާޕޯޓްގެ ސަބަބުން ރައްޔިތުންނަށް ލިބުނު ފައިދާއަކަށްވުރެ ބޮޑީ ގެއްލުމެވެ. އެއާޕޯޓްގެ ފައިދާއެއް ރައްޔިތުންނަށް ނުލިބުނުތާ، ކުޅިވެސް ގެއްލިގެންދިޔައީ އެވެ. އެ ކުޅިިއަކީ އެ ރަށުގެ އެތަށް ރައްޔިތުންތަކެއްގެ އިޤްތިސާދީ މަސައްކަތާއި ގުޅިފައިވާ ކުޅިއެކެވެ.

ހަނިމާދޫގައި އެއަރޕޯޓެއް އޮއްވައި ކުޅުދުއްފުށީގައި އެއަޅާ އެއަރޕޯޓުގެ ބޭނުން ހިފޭނީ ތިލަދުންމަތީގައި ފަތުރުވެރިކަން ފުޅާކުރެވިގެންނެވެ. ޓޫރިޒަމް ނެތް ހދ އަށް ޓޫރިޒަމް ގެންގޮސްގެންނެވެ. އަސްލު މައްސަލައަކީ އެއީއެވެ. ހަނިމާދޫ އެއާޕޯޓުގެ ބޭނުން ވެސް އަދި ދަތުރުފަތުރުގެ ނިޒާމެއް ވެސް ނެތުމުގެ މައިގަނޑު ސަބަބަކީ އެ އަތޮޅުގައި ޓުއަރިޒަމް ނެތުމެވެ. އެހެންކަމުން ޓޫރިސްޓުން އުފުލާނެ ދަތުރުތަކެއް ނެތެވެ. ދަތުރުތައް ބާއްވަންޖެހޭ މާ ބޮޑު ސަބަބެއް ވެސް ނެތެވެ. އެކަން ހައްލުކުރެވޭނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހަބަކަށް ބޮޑު ތިލަދުންމަތި ހަދައިގެންނެވެ. ހަފްތާ ބަންދަށް ރަށަށް ޖައްސާލަން ބޭނުންވާ އާއިލާތަކަށް އެކަން ކޮށްލެވޭނެ ވަރުގެ މުސާރައެއް ލިބިގެންނެވެ.

ކުޅުދުއްފުށި ރައްޔިތުންގެ މިއަދުގެ އުއްމީދަކީ، އެއާޕޯޓަކަށް އެ ރަ/ށުގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެން މި ސަރުކާރުން ހަޤީޤަތަކަށް ހަދައިދިނުމެވެ. ރައްޔިތުންނަށް ލުއި ފަސޭހަ ދަތުރު ފަތުރުގެ ނިޒާމެއް ކަށަވަރުކޮށްދީ، އިޤްތިސާދު ދިރޭނެ ފޯމިއުލާއެއް ނެރެދިނުމެވެ. އަދުގެ ސަރުކާރާއެކު ކުޅުދުއްފުށި ރައްޔިތުން ކުރާ އުއްމީދުވެސް ވަރަށް ފޮނިވެފައި، އެހާމެ ބޮޑު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު

މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު

24 އޮކްޓޯބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

01 އޯގަސްޓު 2017
"މުޒާހަރާ" އަކަށް ނުވެ ނިމުނު މުޒާހަރާ

"މުޒާހަރާ" އަކަށް ނުވެ ނިމުނު މުޒާހަރާ

19 ޖޫން 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު