Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔާމީން ސަރުކާރުން ހިންގާފައިވާ ޚިޔާނަތްތައް

ޕްރީސުކޫލެއް ފުޅާކުރަން ގްރޭޓަރ މާލޭ ކުންފުނިން އަދުރޭ އަށް ގިނަ ފައިސާތަކެއް!

ގްރޭޓަރ މާލޭ ކުންފުނީގައި އާންމުކޮށް ސްޕޮންސަރޝިޕް ދޭ އުސޫލެއް ނުވެސް އޮވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ސެޕްޓެމްބަރު 2020 | ބުދަ 13:44
ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ)- އަދުރޭއަކީ މިހާރުވެސް އިދިކޮޅު ކޯލިޝަންގައި ޔާމީން ސަރުކާރު ދިފާއު ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ފަރާތް

ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ)- އަދުރޭއަކީ މިހާރުވެސް އިދިކޮޅު ކޯލިޝަންގައި ޔާމީން ސަރުކާރު ދިފާއު ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ފަރާތް

ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) އަށް ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްރޭޓަރ މާލެ އިންޑަސްރްރިއަލް ޒޯން ޕްރައިވެޓް ލިމިޓެޑުން ގިނަ އަދަދެއްގެ ފައިސާ ދީފައިވާކަން ހާމަ ވެއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި ކުރީގެ ރައީސް ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ހުންނަވާކަން ފާހަގަ ކުރެވިފައިވާ އަބްދުއްރަހީމަށް ފައިސާ ދޫކޮށްފައިވަނީ، ނިމި ދިޔަ ރިޔާސީ ކެމްޕޭނުގެ ދުވަސްވަރުއެވެ.

ފައިސާ ދީފައިވަނީ އަބްދުއްރަހީމްގެ ނަމުގައި ހަދާފައިވާ އަބްދުއްރަޙީމް ފައުންޑޭޝަނުން ލ ފޮނަދޫގައި ހިންގާ އަރަފާ ޕްރީ ސްކޫލު އިތުރަށް ފުޅާކުރުމަށް ކަމަށް ބުނެ ޕްރޮޕޯސަލެއް ހުށަހަޅައިގެންނެވެ.

ޖީއެމްއައިޒެޑުން 2018 ވަނަ އަހަރު އެކި އެކި ފަރާތްތަކަށް 6 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ އަބްދުއްރަހީމް ފައުންޑޭޝަނަށް އެހީ ދިން ފަދައިން ޕްރީ ސުކޫލެއް އިމާރަތް ކުރުމަށް، ނުވަތަ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ކޮންމެވެސް ކަމެއް ފުރިހަމަ ކުރުމަށް ކަމަށް ބުނެއެވެ.

އެކި އެކި ޕްރޮޕޯސަލްތައް ހުށަހަޅައިގެން ދޫކޮށްފައިވާ 6 މިލިއަން ރުފިޔާ ދޫކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ރާއްޖެއެމްވީއަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރައީސް ޔާމީންގެ ސަރުކާރުގެ ވެރިންނާއި ނިމިދިޔަ މަޖިލީހުގެ ޕީ.ޕީ.އެމް އަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެފަރާތްތަކާއި ގުޅުންހުރި ފަރާތްތައްކަން ވަނީ ހާމަވެފައެވެ.

އަބްދުއްރަޙީމް ފައުންޑޭޝަން ހިމެނޭގޮތަށް 6 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެގޮތައް އާއްމުކޮށް ފައިސާ ދޫކުރާ "ސްޕޮންސަރޝިޕް އުސޫލެއް" ގްރޭޓަރ މާލެ އިންޑަސްރްރިއަލް ޒޯން ޕްރައިވެޓް ލިމިޓެޑުގައި ނޯވެއެވެ.

ޕްރޮޕޯސަލް ހުށަހަޅައިގެން މިފަދަ ގިނަ އަދަދެއްގެ ފައިސާ ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދިނުމަކީ އާއްމުކޮށް ހަމަޖެހިފައިވާ އޮންނަ އޮންނަ އުސޫލެއް ކަމުގައި ނުވިޔަސް ކުރީ ސަރުކާރުން ވަނީ ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްގެން ނާޖާއިޒް ފައިދާ މީހުންނަށް ހޯދައިދިނުމުގެ ގިނަ ކަންތައްތައް ކޮށްފައިކަން ފެންނަން ހުރި ލިޔުންތަކުން ވަނީ ހާމަވެފައެވެ.

ޕްރީސްކޫލް ތައް އިމާރާތް ކުރުމާއި، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ތަރައްގީ ކުރުމާ ހުރި ގުޅުން އެ ކުންފުނީގެ މަގްސަދަތުތަކަށް ބަލައިގެން، ދެނެގަނެވޭނެ ގޮތެއް ނުވިއެވެ.

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2018

އެޗްޑީސީން ޚަރަދުނުކޮށް އެ ކުންފުނިން ހިންގައިދިން ރިޔާސީ ކެމްޕެއިން

20 އޮކްޓޯބަރު 2018
އެޗްޑީސީން ޚަރަދުނުކޮށް އެ ކުންފުނިން ހިންގައިދިން ރިޔާސީ ކެމްޕެއިން
11 އޮކްޓޯބަރު 2018

މާލޭގެ މަގުތަކުގައި މާރާމާރީ އާންމުވެފައި، ޒިންމާ ނަގާނީ ކޮން ބައެއް؟

11 އޮކްޓޯބަރު 2018
މާލޭގެ މަގުތަކުގައި މާރާމާރީ އާންމުވެފައި، ޒިންމާ ނަގާނީ ކޮން ބައެއް؟
04 ސެޕްޓެމްބަރު 2018

މާލޭގެ މަގުތަކުގައި ބިރުވެރިކަން ބޮޑުވެފައި!

04 ސެޕްޓެމްބަރު 2018
މާލޭގެ މަގުތަކުގައި ބިރުވެރިކަން ބޮޑުވެފައި!
01 އޯގަސްޓު 2018

ފުލުހުންގެ ހަމައެއް އިންސާފެއް ނެތް ވަރު އަނެއްކާ ވެސް މާލޭ މަގުމަތިން

01 އޯގަސްޓު 2018
ފުލުހުންގެ ހަމައެއް އިންސާފެއް ނެތް ވަރު އަނެއްކާ ވެސް މާލޭ މަގުމަތިން
17 މެއި 2018

ރަމަޟާން މަހަށް މާލޭގެ މަގުތައް ކުނިވެއްޖެ

17 މެއި 2018
ރަމަޟާން މަހަށް މާލޭގެ މަގުތައް ކުނިވެއްޖެ
30 އެޕްރީލު 2018

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

30 އެޕްރީލު 2018
މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
02 އެޕްރީލު 2018

ސުވާލާއި ޖަމާބު: ދުވާލު މާލޭގެ މަގުތަކަށް ލުޔެއް، އާންމުންގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ

02 އެޕްރީލު 2018
ސުވާލާއި ޖަމާބު: ދުވާލު މާލޭގެ މަގުތަކަށް ލުޔެއް، އާންމުންގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ
28 ޖޫން 2017

މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

28 ޖޫން 2017
މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!
24 ޖޫން 2017

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު