Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މާލޭގެ މަގުތައް

ރަމަޟާން މަހަށް މާލޭގެ މަގުތައް ކުނިވެއްޖެ

ރަމަޟާން މަހު އެހެން މަސްތަކާއި ހިލާފަށް ގޭތަކުން ކުނިނެރޭ މިންވަރު އިތުރު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 މެއި 2018 | ބުރާސްފަތި 15:04
ހެލްތް މިނިސްޓްރީ ވަށައިގެންކުނި.. ފޮޓޯ ރާއްޖެއެމްވީ

ހެލްތް މިނިސްޓްރީ ވަށައިގެންކުނި.. ފޮޓޯ ރާއްޖެއެމްވީ

ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ އެވެ. މާލޭގެ އެކި ތަންތަނަށް ޚާއްސަކޮށް ކަންކަން މައްޗަށް ކުނި ޖަމާކޮށްފައި ހުރުމަކީ އާއްމުކޮށް ފެންނަ މަންޒަރުތަކެކެވެ. މިސަރުކާރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށްފައިވެއެވެ.

އެއާއިއެކު ކުރިން މާލޭގެ ގޭގެއިން އަގުނަގައިގެން ކުނިއުކަމުން އައި ބިދޭސީންވެސް ހުއްޓުވައި، އަދި އަމިއްލައަށް ކުނި އުކުން ވެސް މަނާކުރިއެވެ. މިއުސޫލާއެކު ވެމްކޯއިން ދަނީ ވަކި ވަގުތުތަކެއްގައި ގޭބިސީތަކަށް ގޮސް ކުނި އެއްކުރަމުންނެވެ. ނަމަވެސް މިއުސޫލާއެކު މާލޭގެ މަގުތަކުގެ ކަންކަން މައްޗާއި، ގޭތަކުގެ ގޯޅިތަކުގެ ކުނިތަކުން ފުރިގެން ދިޔައެވެ.

މިމައްސަލައަށް ދާއިމީ ހައްލެއް ހޯދިފައި ނުވާއިރު މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ގޭބިސީތަކުން ކުނި ނެގުމަށްދާ ވަގުތުތައް ވަނީ ކުޑަކޮށްފައެވެ. އެގޮތުން ގޭބިސީތަކުން ކުނި ނެގުމަށް ދާނެ ވަގުތަކީ ރޭގަނޑު 8 އަކުން 12 އަށް ވަނީ ހަމަޖައްސާފައެވެ. އެހެން މަސްތަކާއި ހިލާފަށް ރަމަޟާން މަހު ގޭބިސީތަކުން ކުނިނެރޭ މިންވަރު އިތުރުވާއިރު ކުނި ނެރުމަށްދާ ވަގުތުތައް ކުޑަކުރުމުން މިމައްސަލަތައް ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައިވެއެވެ.

އެގޮތުން ރާއްޖެޓީވީގެ ޓީމުން މިއަދު މާލޭގެ ހެންވޭރު އަވަށަށް ދިއުމުން ފެނުނީ މުޅި އަވަށުގައި ކުނިވެފައިވާ ތަކެތި ހުއްޓައެވެ. ހެލްތް މިނިސްޓްރީ ވަށައިގެން ކުނި ހުރިއިރު ވިއްސާރަވުމުގެ ސަބަބުން ކުނިތައް ވަނީ މުޅި މަގު މައްޗައް ފެތުރިފައެވެ.

މަގެއްގެ ކަންމަތީގައި ކުނި ޖަމާކޮށްފައި..

މިއަދު ރާއްޖެ ޓީވީއާ ވާހަކަދެއްކި ބައެއް މީހުން ބުނީ މަގުމަތިން ކުނި ނެގުމަށް މަސައްކަތް ކުރާ ވެމްކޯ މުވައްޒަފުން ގާތު ބުނި ނަމަވެސް ކުނިނެގުމަށް ނާންނަ ކަމަށެވެ. ވެމްކޯގެ ނަންބަރަށް އެތައް ފަހަރަކު ގުޅި ނަމަވެސް ޖަވާބު ނުދޭ ކަމަށް އެމީހާ ބުންޏެވެ.

މިކުނި ތަކުގެ ސަބަބުން ގެއަށް ވަދެ ނުކުމެ ހެދުމަށް ވަނީ ދަތިތަކާއި ކުރިމަލި ލާން ޖެހިފައި..

" މިހާރު މިއޮތީ ބަންޑާރަ ހަސަނަށް މޫދު ހިތެކޭ ބުނާ ގޮތަށް ވެފަ. ޒިންމާ ނަގާނެ ފަރާތެއް ނެތް. ޒިންމާ ނުނެގެންޏާ ކީއްކުރަން ހަވާލުވަނީ. އެބަ ހުންނަން ނުނިދާ މިކަންމައްޗައް ކުނި އަޅާ މީހުން ބަލަން. މިގެ ވަށާގެން މިއޮތީ ކުނި. ގޭތެރެއިން ވެސް ދުވަނީ ކުނި ވަސް. ގެއަށް ވަންނަން ވެސް އެހާ ދަތި." ދުވަސްވީ އަންހެނަކު ބުންޏެވެ.

ކުނީގެ ސަބަބުން އެތަކެއް ސިއްހީ މައްސަލަތައް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާ ރާއްޖެޓީވީއާ ވާހަކަދެއްކި މީހަކު ބުނީ މާލޭގައި ލޮލުރޯގާއާއި، ޑެންގޫ ހުން ފަދަ ތަފާތު ރޯގާތައް ވަރަށް ގިނަ ކަމަށެވެ.

ކުނި ގިނަ ވުމުގެ ސަބަބުން ގިނަ ބައެއްގެ އާންމުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން..

"މިއީ ވަރަށް ސީރިއަސް މައްސަލައެއް. އިޖްތިމާއީ ގޮތުންނާއި ސިއްހީ ގޮތުން އަދި ގާނޫނީ ގޮތުން ބަޔަކާ ހަވާލު ކޮށްފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެއް. ހެންވޭރު އަވަށު އޮފީހުން މިކުނިތައް އުކާލި ދުވަސްވަރު މާލޭގެ މަގުތައް މިގޮތަށް އޮތްތަނެއް އަޅުގަނޑަކަށް ނުފެނޭ. އަނެއްކާ ހައުސިން މިނިސްޓްރީން މިމަސައްކަތް ކުރެއްވިއިރު ވެސް އެކަށީގެންވާ ރަނގަޅު ގޮތެއްގައި މިމަސައްކަތް ކުރެވިގެން ދިޔަ . އެހެން ނަމަވެސް މިހާރު ޒިންމާދާރު ކަމެއް ނެތް ގޮތެއްގައި މާލޭގެ މަގުތަކަށް ކުނި އަޅަމުންދާތީ ވަރަށް ކަންބޮޑުވޭ. ވެރިން ފިނި ކޮޓަރީގައި ތިއްބަވައިގެން މިކަމެއް ހައްލެއް ނުވާނެ. އެބޭފުޅުން ވަޑައިގެން މާލޭގެ މަގުތަކުގެ ހާލަތު ބައްލަވަން ޖެހޭނެ" އެމީހާ ބުންޏެވެ.

ރައީސް އޮފީސް ކައިރީގައި ބަހައްޓާފައި ހުރި ކުނި ކޮތަޅުތަކެއް..

މާލެ ސިޓީއަކީ ސާފުތާހިރު ތަނަކަށް ހެދުމަށް "މާ ސާފު މާލެ"ގެ ނަމުގައި އެކިއެކި ޕްރޮގްރާމްތައް މިނިސްޓްރީތަކާއި މުއައްސަސާތަކުން އަންނަނީ ހިންގަމުންނެވެ. މިގޮތަށް މާލެތެރެ ސާފު ނުވާނެ ކަމަށާއި، ކުނި ނެގުމުގެ ގަވާއިދާ އުސޫލުތައް ދެމެހެއްޓުމަށް ހަރުދަނާ ނިޒާމެއް ގާއިމް ނުކުރެވެނީސް ކުނީގެ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގެ މަގުތަކުގައި މާރާމާރީ އާންމުވެފައި، ޒިންމާ ނަގާނީ ކޮން ބައެއް؟

މާލޭގެ މަގުތަކުގައި މާރާމާރީ އާންމުވެފައި، ޒިންމާ ނަގާނީ ކޮން ބައެއް؟

11 އޮކްޓޯބަރު 2018
މާލޭގެ މަގުތަކުގައި ބިރުވެރިކަން ބޮޑުވެފައި!

މާލޭގެ މަގުތަކުގައި ބިރުވެރިކަން ބޮޑުވެފައި!

04 ސެޕްޓެމްބަރު 2018
ފުވައްމުލަކުގެ އަޑިގުޑަން މަގުތައް، ކަންބޮޑުވުން އިންތިހާއަށް

ފުވައްމުލަކުގެ އަޑިގުޑަން މަގުތައް، ކަންބޮޑުވުން އިންތިހާއަށް

22 އޯގަސްޓު 2018
ރަމަޟާން މަހަށް ހާއްސަ، އެންމެ ފާހަގަކޮށްލެވޭ ހަތަރު އިޝްތިހާރު

ރަމަޟާން މަހަށް ހާއްސަ، އެންމެ ފާހަގަކޮށްލެވޭ ހަތަރު އިޝްތިހާރު

04 ޖޫން 2018
ސުވާލާއި ޖަމާބު: ދުވާލު މާލޭގެ މަގުތަކަށް ލުޔެއް، އާންމުންގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ

ސުވާލާއި ޖަމާބު: ދުވާލު މާލޭގެ މަގުތަކަށް ލުޔެއް، އާންމުންގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ

02 އެޕްރީލު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު