Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމާލޭ ފަތާ ޓްރެކް

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

މިތަން ހިކެމުންދާ ސީދާ ސަބަބު އަދި ދެނެގަނެވިފައެއް ނުވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 30 އެޕްރީލު 2018 | ހޯމަ 14:26
ބޮޑު ދިޔައިގައި ވެސް ގާތްގަނޑަކަށް 15 ފޫޓް ހިކިފައި

ބޮޑު ދިޔައިގައި ވެސް ގާތްގަނޑަކަށް 15 ފޫޓް ހިކިފައި

މާލޭ ދެކުނު ފަރާތުން އޮންނަ ފަތާ ޓްރެކް ސަރަހައްދުން ބޮޑު ބައެއް ވަނީ ހިކެން ފަށާފައެވެ. މާލޭގައި ފަތަން ދަސްކުރާ ސްކޫލް ކުދިންނާއި އަދި ކަސްރަތު ކުރާ މީހުންނާއި އެނޫން ވެސް މީހުން މޫދަށް އެރި ފަތަން ޚާއްސަކުރެވިފައިވާ ހަމަ އެކަނި ސަރަހައްދަކީ އެއީކަމަށް ވާއިރު، އެތަން ހިކެމުންދާއިއުމުން އެތަން ބޭނުން ކުރާ މީހުންނަށް ގައިމު ވެސް ދަތިތަކަކާއި ކުރިމަތިވާނެއެވެ. އަދި މީގެ އިތުރުން އެކަން އެ ގޮތަށް ވާން ދިމާވި ސަބަބެއްވެސް އެނގެންޖެހެއެވެ.

ކަމާބެހޭ އެއްވެސް ފަރާތަކުން މިހާތަނަށް އެތަން ހިކެނީ ކީއްވެކަން އަދި އެތަން ހިކެމުންދާތީ އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެއެވެ.

ދިޔަވަރު އެންމެ ބޮޑު ގަޑިތަކުގައި ވެސް އެ ސަރަހައްދުގެ އެއްގަމު ތޮށިން ފެށިގެން ގާތްގަނޑަކަށް 15 ވަރަކަށް ފޫޓް އޮންނަނީ ހިކިފައެވެ. އަދި އެެންމެ އާދަޔާ ޚިލާފު އެއްކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ އެތަން ހިކިފައިވަނީ ހުސްގަލުންކަމެވެ. ކުދި ގާތަކުން ފެށިގެން ބޮޑެތި ގާތަކެވެ.

ފަތާ ޓްރެކް ސަރަހައްދު

އެތައް ޒަމާނެއް ވަންދެން މާލޭގެ ރައްޔިތުން ފަތާ ފެންގަޑެއްގެ ގޮތުގައި ބޭނުން ކުރަމުން އައި މި ސަރަހައްދަށް މިފަދަ ބޮޑު ބަދަލެއް އަންނަން ފަށާފައި މިވަނީ ދާދި ފަހަކުންނެވެ. އެތަނަށް އާއްމުކޮށް ފަތަން ގޮސްއުޅޭ އަދި ސްކޫލް ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރަކު ބުނިގޮތުގައި، މި ބަދަލު ފާހަގަކުރެވުނުތާ އަދި ވާނީ އަށެއްކަ މަސް ކަމަށެވެ. އެކަމަކު އޭގެ ކުރިން ވެސް ގާތްގަނޑަކަށް ދެ ފޫޓެއްހާ ތަން ހިކިފައި އޮންނަތާ ދޮޅު އަހަރެއް ވަރު ވެދާނޭ ކަމަށް އޭނާ ބުންޏެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވިގޮތުގައި ޓްރެކް ސަރަހައްދު ހިކިދާނެ ކަމަށް ލަފާކުރެވޭ ބައިވަރު ސަބަބުތައް ފާހަގަ ކުރެވެއެވެ. އެގޮތުން މާލެ ހުޅުމާލެ ބްރިޖް ހެދުމަށް އެ ސަރަހައްދުން ބޯ ހޯލް ތޮރުފުމާއި، ދެކުނު ފަރާތުން ނެރެއް ކެނޑުމާއި، އެކި އެކި މަސައްކަތްތައް ކުރުމަށް މާލޭގެ ވަށައިގެން ބައެއް ހިސާބުތައް ހިއްކުމަކީ އެކަން އެގޮތަށް ވެދާނެ ސަބަބެއް ކަމަށް ނައީމް ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަން ހިންގަން ދިމާވާ ސީދާ ސަބަބު ދެނެގަތުމަށް ޖެހޭނީ ދިރާސާއެއް ކުރަން ކަމަށް ވިދާޅުވިއެވެ.

ކޮންމެ އަކަސް މިކަން ހިނގަން މެދުވެރިވި ސީދާ ސަބަބު އަވަހަށް ދެނެ ނުގަނެވިއްޖެނަމަ ނުވަތަ އެކަމަށް އަވަސް ހައްލެއް ނުގެނެވިއްޖެނަމަ، މިހާރު އެދާ ސްޕީޑްގައި ހިކެމުންދާނަމަ، ފަތާ ޓްރެކް އަޅުގަނޑުމެންނަށް ގެއްލިގެން ދިއުމަކީ ވެދާނެ ގޮތެކެވެ. އެހެންކަމުން އެކަން ދެނެގަނެ އަވަސް ހައްލެއް ހޯދަން ވަނީ ޖެހިފައެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2018

'ގޮވުމުގެ ކުރިން ސަރަހައްދުގައި ގޭސް ވަސް، ދެން އެރީ ގުޑުމެއް'

09 ޖޫން 2018
'ގޮވުމުގެ ކުރިން ސަރަހައްދުގައި ގޭސް ވަސް، ދެން އެރީ ގުޑުމެއް'
17 މެއި 2018

ރަމަޟާން މަހަށް މާލޭގެ މަގުތައް ކުނިވެއްޖެ

17 މެއި 2018
ރަމަޟާން މަހަށް މާލޭގެ މަގުތައް ކުނިވެއްޖެ
29 އެޕްރީލު 2018

މުޅި ޓްރެކް ސަރަހައްދު ކުނިން ފުރިފަ، ޒިންމާ ނަގާނެ ފަރާތެއް ނެތް!

29 އެޕްރީލު 2018
މުޅި ޓްރެކް ސަރަހައްދު ކުނިން ފުރިފަ، ޒިންމާ ނަގާނެ ފަރާތެއް ނެތް!
02 އެޕްރީލު 2018

ސުވާލާއި ޖަމާބު: ދުވާލު މާލޭގެ މަގުތަކަށް ލުޔެއް، އާންމުންގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ

02 އެޕްރީލު 2018
ސުވާލާއި ޖަމާބު: ދުވާލު މާލޭގެ މަގުތަކަށް ލުޔެއް، އާންމުންގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ
09 ޑިސެމްބަރު 2017

ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް

09 ޑިސެމްބަރު 2017
ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު