Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބިރުވެރިކަން ބޮޑުވުން

މާލޭގެ މަގުތަކުގައި ބިރުވެރިކަން ބޮޑުވެފައި!

އިންތިޚާބާއި ދިމާކޮށް 300 އެއްހާ ކުށްވެރިން ދޫކޮށްލާފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2018 | އަންގާރަ 11:37
އަންހެނެއްގެ އަތް ދަބަސް ފޭރޭ ވީޑިއޯގެ ސްކްރީން ޝޮޓެއް

އަންހެނެއްގެ އަތް ދަބަސް ފޭރޭ ވީޑިއޯގެ ސްކްރީން ޝޮޓެއް

މިމަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބާއި ދިމާކޮށް މިދިޔަ މަހުން ފެށިގެން ބައެއް ކުށްވެރިންނަށް ލުއި ދެއްވައި ދޫކުރަމުންނެވެ. ނުރައްކާތެރި ކުށްވެރިން ދޫކޮށްލަމުންދާއިރު މަގުމަތީގައި ފޭރި ފާޅުގައި ހަތިޔާރު ހިފައިގެން ކަތިލާ މަރަމުންދަނީ މީހުންގެ ލޯމަތީގައެވެ.

ނިމިގެން ދިޔަ ދެހަފްތާތެރޭގައި އެކަނިވެސް އެފަދަ އެތަކެއް ކުށްތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

މިމަހުގެ 1 ވަނަ ދުވަހު އަންހެންކުއްޖަކު ސައިކަލުގައި ދުއްވާފައިދަނިކޮށް ދެމީހަކު ފަހަތުން ސައިކަލުގައި އައިސް އަންހެންކުއްޖާ ދުއްވަމުންދިޔަ ސައިކަލު ކުރިމައްޗަށް ހުރަސްކޮށްލާ ސައިކަލުގެ ފަހަތުގައި އިން މޫނު ނިވާކޮށްގެން އިން މީހާއެ އަންހެންކުއްޖާގެ ދަބަސް ވަނީ ފޭރިގެންފައެވެ. އެ ވީޑިއޯ ސޯޝަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ.

އޮގަސްޓް 31 ވަނަ ދުވަހުގެރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ 18 އަހަރުގެ ކުއްޖަކު ވަނީ މަރާލާފައެވެ.

އޮގަސްޓް 28 ގައި މާފަންނު ސަރަހާ ކައިރީގައި މާރާމާރީއެއް ހިންގައި ތިން މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ.

26 އޮގަސްޓް ގައި ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އިސްކަންދަރު ސްކޫލް ފުރަގަހުން އޮންނަ ސީރާޒީ ގޯޅި ތެރޭގައި މާރާމާރީއެއް ވަނީ ހިންގާފައެވެ. އެ ވީޑިއޯގައި ބޮޑެތި ވަޅިއާއި ކޯރާޑި ފަދަ ހަތިޔާރު ގެންގުޅޭތަން ފެނެއެވެ.

މިހަފްތާތެރޭގައި ކަނޑު ދަތުރުކުރާ ބޯޓެއްގައި މަންމައަކު ދެ އަންހެން ދަރިން ގޮވައިގެން މާލެ ދަތުރުކުރަނިކޮށް އެ ބޯޓުގެ ބިދޭސީ ފަޅުވެރިއަކު އެމައިމީހާގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި ވާހަކައެއީ ސޯޝަލްމީޑިއާގައި ދެކެވެމުންދާ ވާހަކައެކެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެހެން ވީޑިއޯއެއްގައި ވަނީ ގެއެއްގެ ދޮރާށި ކައިރީގައި މަޑުކޮށްލައިގެން ތިބި ދެ ފިރިހެނުންގެ ތެރެއިން"ބެކްޕެކެއް" އަޅުވައިގެން ހުރި ފިރިހެންމީހާގެ ދަބަހުން ވޮލެޓެއް ވަގަށް ނަގާ ތަނެވެ. ވޮލެޓް ނަގައިގެން ވައްކަން ކުރިމީހާ އެތާ ހުރިއިރު އަނެއްމީހާއަށް އެކަމެއް ރޭކާވެސް ނުލައެވެ.

ފާޅުކަން ބޮޑު ގޮތެއްގައި ނުރައްކާތެރި ކުށްތައް ކުރަމުން ދާއިރު މިކަންތައްތަކުގައި ޒިންމާވާން ޖެހެނީ ކޮންބައެއް ހެއްޔެވެ؟

ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ ތެރެއިން އޮގަސްޓް 28 ވަނަ ދުވަހު ރ. އިންނަމާދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުލުމާ ދިމާކޮށް، "ވިޔާނުދާ ނުރައްކާތެރި" ކަންކަން ހިންގަން ފަށާފައިވާ ކަމަށެވެ. ސީރާޒީ ގޯޅިތެރޭގައި ހިންގި މާރާމާރީއާއި ގުޅިގެން ވިދާޅުވީ މާރާމާރީގައި ޒަހަމްވި މީހާގެ ހާލު ސީރިއަސް ކަމަށާއި ނަމަވެސް އެ އަމަލަކީ ވަކި ބަޔަކު ކުރުވާ ކަމެއް ކަމަށް ނުބުނާނެ ކަމަށެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު އިންތިޚާބާއި ދިމާކޮށް 300 އެއްހާ ކުށްވެރިން ދޫކޮށްލާފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. ވައްކަމާއި ފޭރުން އާންމުވެ އާންމުންގެ ކަންބޮޑުވުން އިތުރު ވެފައިވާއިރު އެންމެ ފަހުން މަރާލި ކުއްޖާ މަރާލާފައިވަނީ ގްރީން ޒޯންގައި އެމްއެމްއޭ ކައިރިންނެވެ. ސިޔާސީ ފަރާތްތައް އެހިސާބާއި ކައިރިއަށްވެސް ނުދެވޭވަރަށް ފުލުހުން އެސަރަހައްދު ބަލަމުންދާއިރު އެކުއްޖާ މަރުވިރޭ ފުލުހުން ކޮބާތޯބުނެ ސޯޝަލްމީޑިއާގައި ފުލުހުންނަށް ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އަދި ރައްޔިތުންނަށް ރައްކާތެރިމާއި އަމާންކަން ކަށަވަރުކުރަން ތިބި ބަޔަކީ ފުލުހުންކަމަށްވާއިރު އެ ރައްކާތެރިކަން ކޮބާތޯ ވަނީ ސުވާލުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫގެ މަގުތަކުގައި ރައްޔިތުންނަށް ހިނގާބިނގާވެ އުޅެން ދަތިވެއްޖެ!

އައްޑޫގެ މަގުތަކުގައި ރައްޔިތުންނަށް ހިނގާބިނގާވެ އުޅެން ދަތިވެއްޖެ!

01 ފެބުރުއަރީ 2019
ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!

ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!

15 ޖެނުއަރީ 2019
މާލޭގެ މަގުތަކުގައި މާރާމާރީ އާންމުވެފައި، ޒިންމާ ނަގާނީ ކޮން ބައެއް؟

މާލޭގެ މަގުތަކުގައި މާރާމާރީ އާންމުވެފައި، ޒިންމާ ނަގާނީ ކޮން ބައެއް؟

11 އޮކްޓޯބަރު 2018
ފައިސަލްއާއެކު ފުވައްމުލަކަށް އީދުގެ އުފާވެރިކަން ބޮޑުވެފައި

ފައިސަލްއާއެކު ފުވައްމުލަކަށް އީދުގެ އުފާވެރިކަން ބޮޑުވެފައި

21 އޯގަސްޓު 2018
ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ބިރުވެރިކަން މާބޮޑު!

ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ބިރުވެރިކަން މާބޮޑު!

04 ޖޫން 2018

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު