Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ޕާޓީތައް

ރާއްޖެ ސިންގަޕޫރު ގޮތުގައި ފެންނަނީ ރައީސް ޔާމީނަށް އެކަނި:އަމީން

ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތް ކާމިޔާބު ވާނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 15 އެޕްރީލު 2017 | ހޮނިހިރު 23:04
އަބްދުﷲ އަމީން

އަބްދުﷲ އަމީން

ރައީސް އަބްދުﷲ ޔާމީނަށް ރާއްޖެ ފެންނަނީ ސިންގަޕޫރުގެ ގޮތުގައި ނަމަވެސް، ރައްޔިތުންނަށް ރާއްޖެ ފެންނަނީ އެ މަންޒަރެއް ނޫން ކަމަށް، ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި، އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ހިޔަނި ކެބިނެޓް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެ ސިންގަފޫރުގެ ގޮތުގައި އިހްސާސް ކުރެވެނީ ރައީސް ޔާމީނާއި ކެބިނެޓް މެންބަރުންނަށް އެކަނި ކަމަށެވެ. އެހެން ނަމަވެސް ދިވެހި ރައްޔިތުން ދިިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ސިންގަޕޫރުގެ އިހުސާސް ކުރެވުނަސް ރައްޔިތުންނަށް ސިންގަޕޫރުގެ އިހުސާސް އެއް ނުކުރެވޭ. މި މަގުތަކުގަިއ ދުއްވާފައިދާއިރު ރައްޔިތުންނަށް އިހުސާސް ކުރެވެނީ، ޑާކާ" އަމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ވަރަށް ގިނަ ހުވަފެންތައް ދެއްކުމަށް ވައުދުވެވަޑައިގެން ކަމަށާއި އެގޮތުން ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތައް ފުރިހަމައަށް ނެގެހެއްޓުމާއި ތަރައްގީގެ އުސްމިންތަކަށް ވާސިލް ވުމަށާއި ރައްޔިތުން ބޭނުންވާފަދަ ވެރިކަމެއް ގާއިމްކުރުމަށް ހުވަފެން ދެއްކެވި އަމީން ވިދާޅުވި އެވެ. އެހެން ނަމަވެސް މިއަދު ފެނިގެންދަނީ މުޅިން އެހެން މަންޒަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މި ސަރުކާރުން ގައުމަށް ކަންކަން ކުރައްވަމުންގެންދަވާ ގޮތުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނުގެ ނަން އޮންނާނެ ކަމަށްވެސް ގަބޫލު ނުކުރައްވާނެ ކަަަމަށެވެ.

އަމީން ވިދާޅުވީ، މިވީހާ ދުވަހު ދިވެހި ރައްޔިތުން އެކީގައި އެއް ހިތްވަރެއްގައި ފަށައިފި ހުރިހާ ކަމެއް ކާމިޔާބު ކުރައްވާފައިވާކަން ތާރީހު ހެކިދޭކަމަށެވެ. އެގޮތުން ދިވެހިންގެ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތާއި، ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތުގެ އިތުރުން 2013 ވަނަ ވެސް އެގެނެވުނު ބަދަލަކީ ދިވެހި ގިނަ ބަޔަކު ބޭނުންވި ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެެވެ.

މިއަދު އަނެއްކާވެސް ރައްޔިތުންދަނީ ރާއްޖޭގެ ފަނޑުވަމުންދާ މިނިވަންކަމާއި ހައްގުތައް ހޯދުމަށް މަސައްކަތް ފަށާފައި ކަމަށާއި މިކަން ބަދަލު ވެގެން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެެވެ.

"ހައްގުތައް ލިބިފައިވާ، ތަރައްގީގެންނަން އެނގޭ ވެރިއެއް ދިވެހި ރައްޔިތުން ބޭނުންވަނީ، ތަރައްގީއަށް އަބަދުވެސް ރައްޔިތުން ބޭނުންވޭ." އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ދިވެހި ރައްޔިތުން ދުވަހަކުވެސް ތަރައްގީއަށް ސަރުކާރަކުން ގެންގުޅޭ ޕްލޭނަކަށް ޝަކުވާ ނުކުރައްވާކަމަށެވެ. އެެހެން ނަމަވެސް ރައްޔިތުން ޝަކުވާ ކުރަނީ، ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކާއި މިނިވަންކަން ގެއްލިގެންދިއުމުން ކަމަށް ކަމަށް އަމީން ވިދާޅުވި އެވެ.

އަދި ރާއްޖެއަށް މިނިވަންކަމާއި ތަރައްގީ އިޔާދަކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ނުހުއްޓުވޭނެ ކަމަށާއި މި މަސައްކަތް ކާމިޔާބު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު