Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބްރެޒިލްގެ އިގްތިޞާދުގެ ހާލަތު

ބްރެޒިލްގެ އިގްތިޞާދު ދެވަނަ ކުއާރޓަރ ގައި ރިކޯޑް މިންވަރަކަށް ދަށަށް ގޮސްފި

2 ސެޕްޓެމްބަރު 2020 | ބުދަ 01:53

ކޮވިޑްގެ ސަބަބުން އެގައުމުގެ ޖީޑީޕީ ވަނީ 9.7 އިންސައްތަ ދަށަށްގޮސްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ސެޕްޓެމްބަރު 2020 | ބުދަ 01:53
ބްރެޒިލްގެ މަގުމަތީގައި މީހުން ހަރަކާތްތެރިވަނީ

ބްރެޒިލްގެ މަގުމަތީގައި މީހުން ހަރަކާތްތެރިވަނީ

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބްރެޒިލްގެ އިގްތިޞާދު ދެ ވަނަ ކުއާރޓަރގައި ރިކޯޑް މިންވަރަކަށް ދަށަށް ގޮސްފި އެވެ.

ބްރެޒިލްގެ ހުރިހާ ސެކްޓަރީ ތަކެއް ވަނީ ދަށަށްގޮސްފައެވެ. އަދި މި ލޮޅުމާއެކު ލެޓިން އެމެރިކާގެ އެންމެ ބޮޑު އިގްތިޞާދު އޮތް ބްރެޒިލްގެ އިގްތިޞާދު މިވަނީ 2009 ވަނަ އަހަރު އޮތް ހިސާބަށް ގޮސްފައެވެ.

ކޮވިޑްގެ ސަބަބުން އެގައުމުގެ ޖީޑީޕީ ވަނީ 9.7 އިންސައްތަ އޭގެ ކުރީ ކުއާރޓަރ އާއި އަޅާބަލާއިރު ދަށަށްގޮސްފައެވެ. އެގައުމުގެ ސްޓެޓިސްޓިކް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާރޓަރ އާއި އަޅާބަލާއިރު އެގައުމުގެ އިގްތިޞާދު ދެ ވަނަ ކުއާރޓަރ ގައި ވަނީ 11.4 އިންސައްތަ ދަށަށްގޮސްފައެވެ.

ވަކިވަކި ސެކްޓަރ ތަކަށް ބަލާނަމަ އިންޑަސްޓްރީތައް 12.3 އިންސަތަ ދަށަށްގޮސްފައިވާއިރު ސަރވިސަސް 9.7 އިންސައްތަ ވަނީ ދަށަށްގޮސްފައެވެ. އަދި އިންވެސްޓްމަންޓްތައް 15.4 އިންސައްތަ ދަށަށްގޮސްފައިވާއިރު ގޭބިސީތަކުން ކުރާ ޚަރަދުތަކުގެ 12.5 އިންސައްތަ ވަނީ ދަށަށްގޮސްފައެވެ. އަދި ސަރުކާރުގެ ޚަރަދުތަކުގެ 8.8 އިންސައްތަ ވަނީ ދަށަށްގޮސްފައެވެ.

ގޭބިސީތަކުން ކުރާ ޚަރަދުތަކަކީ އެގައުމުގެ އިގްތިޞާދީ ހަރަކާތްތަކުގެ ތިން ބައިކުޅަ ދެ ބައި ކަމަށްވާއިރު އެހަރަކާތްތައް ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައި ކަމަށް އެޖެންސީން ބުނެއެވެ.

ދެވަނަ ކުއާރޓަރގައި މައްޗަށް ގޮސްފައިވާ ހަމައެކަނި ދާއިރާއަކީ ދަނޑުވެރިކަމެވެ. އެއީ 0.4 އިންސައްތަ އެވެ.

ބްރެޒިލްގެ އިގްތިޞާދު މިވަގުތު ހުރީ 2014 ވަނަ އަހަރު އެގައުމުގެ އިގްތިޞާދުގެ އެންމެ ބާރު ދުވެލީގައި ހުރި މިންވަރާއި އަޅާބަލާއިރު 15 އިންސައްތަ ދަށުގައެވެ.

އޭއެސްއޭ ބޭންކުގެ ޑިރެކްޓަރ އަދި ކުރީގެ ޓެރެޝަރީ ސެކްޓަރީ ކާރލޯސް ކަވާލް ވިދާޅުވާ ގޮތުގައި މިދިޔަ އަހަރު އެގައުމުގެ އިގްތިޞާދު ހުރި ހިސާބަށް އަންނާނީ 2023 ވަނަ އަހަރުއެވެ. އޭނާ ވިދާޅުވީ މިވަގުތު ބްރެޒިލްގެ އިގްތިޞާދު ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އެގޮތުން އިޖުތިމާއީ އެތައް މައްސަލަތަކެއް ދިމާވެފައިވާއިރު ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށް ކާރލޯސް ވިދާޅުވިއެވެ.

ބްރެޒިލްގެ އިކޮނިމިކް މިނިސްޓަރ ޕައުލް ގުއެޑްސް ވިދާޅުވީ ދެ ވަނަ ކުއާރޓަގެ އަދަދުތަކަކީ ކޮވިޑްގެ ޕެންޑަމިކްގެ އެންމެ ކުރީގެ އަސަރުތަކުގެ ސަބަބުން އައިސްފައިވާ އަދަދުތަކެއް ކަމަށެވެ. އަދި އެގައުމުގެ އިގްތިޞާދު ކުރިއަރާނީ ވީ ޝޭޕަށް ކަމަށް ޕައުލް ވިދާޅުވިއެވެ.

އެގައުމުގެ އިގްތިޞާދުގެ ދުވެލި އިގްތިޞާދީ މާހިރުން ލަފާކުރި މިންވަރަށް ވުރެ ވަނީ ދަށަށް ގޮސްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
13 ޖެނުއަރީ 2017

މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި

13 ޖެނުއަރީ 2017
މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
05 ޖެނުއަރީ 2017

ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި

05 ޖެނުއަރީ 2017
 ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް