Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުން

ދ. ވާނީ ޓްރެއިނިން ސެންޓަރުގެ ސަބަބުން ފުލުހުންގެ ޓްރެއިންނިންތައް އިތުރަށް ފުރިހަމަވެގެންދާނެ

1 ސެޕްޓެމްބަރު 2020 | އަންގާރަ 08:39

ޓްރެއިނިން ސެންޓަރުގެ ސަބަބުން ފުލުހުންގެ ޓްރެއިނިންގ އަށް ބޭނުންވާ މުހިންމު ގިނަ ސާމާނުތަކެއް ލިބިގެންދާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 1 ސެޕްޓެމްބަރު 2020 | އަންގާރަ 08:39
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު

ދ. ވާނީގައި ގާއިމްކުރެވުނު ޕޮލިސް ޓްރެއިނިންގ ސެންޓަރުގެ ސަބަބުން ފުލުހުންގެ ޓްރެއިނިންތައް އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ވާނީގައި ގާއިމްކުރެވުނު ޓްރެއިނިން ސެންޓަރުގެ ސަބަބުން ފުލުހުންގެ ޓްރެއިނިންގ އަށް ބޭނުންވާ މުހިންމު ގިނަ ސާމާނުތަކެއް ލިބިގެންދާނެ ކަމަށާއި މީގެ ސަބަބުން ފީލްޑް އޮފިސަރުންނަށާއި އޮޕަރޭޝަނަލް އޮފިސަރުންނަށް ރަނގަޅު ތަމްރީނު ޕްރޮގްރާމުތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ. އަދި މި ސެންޓަރުގެ ސަބަބުން ޓްރެއިނިންގ ދުވަސްވަރު ފުލުހުންނަށް ސާފު ބޯފެނާއި ޒަރޫރީ އެހެނިހެން ތަކެތި ފަސޭހައިން ލިބިގެންދާނެ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސިޕީ ވިދާޅުވީ، ވާނީ ޓްރެއިނިންގ ސެންޓަރު ބޭނުން ކުރެވިގެން ދާނީ ފުލުހުންގެ އިދާރާއަށް އަލަށް ވަންނަ ފަރާތްތަކާއި ވަކިވަކި ދާއިރާތަކުން ސްޕެޝަލައިޒްވާ ފުލުހުންނަށް ޓްރެއިނިންގ ދިނުމަށް ކަމަށެވެ.

މީގެ އިތުރުން އައްޑޫ ގައި ގާއިމް ކުރަމުންދާ ޕޮލިސް އެކަޑަމީ ތަރައްގީކޮށް ނިމުމުން ރާއްޖޭގައި ފުލުހުންނަށް ތަމްރީނުދޭނެ ރަނގަޅު ދެ ސެންޓަރެއް ހުންނާނެ ކަމަށް ފާހަގަކޮށް ސީޕީ ވަނީ ފުލުހުންގެ އިދާރާއަކީ ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ރަނގަޅަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ އިދާރާއަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ވާނީ ގައި ގާއިމްކުރެވިގެން ދިޔަ ޕޮލިސް ޓްރެއިނިންގ ސެންޓަރަކީ އަށް މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މި ސެންޓަރުގައި ފަތާ ޓްރެކަކާއި، ޖިމެއްގެ އިތުރުން، އުޅަނދުފަހަރާއި ފުލުހުންގެ ޓްރެއިނިންތަކަށް ބޭނުންވާ އެހެނިހެން ސާމާނު ހުންނާނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް