Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލާޒިއޯގެ އެއްބަސްވުން އިމޮބިލޭ އާކުރުން

ލާޒިއޯގެ އެއްބަސްވުން އިމޮބިލޭ އިތުރު ފަސް އަހަރަށް އާކޮށްފި

އިމޮބިލޭޜ ހޯދަން ލިވަޕޫލާއި، ބާސެލޯނާ އަދި ނިއުކާސަލުން ވަނީ މަސައްކަތް ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 31 އޯގަސްޓު 2020 | ހޯމަ 09:32
ލާޒިއޯއަށް ކުޅެމުން އަންނަ އިޓަލީގެ ފޯވާޑް ޗީރޯ އިމޮބިލޭ

ލާޒިއޯއަށް ކުޅެމުން އަންނަ އިޓަލީގެ ފޯވާޑް ޗީރޯ އިމޮބިލޭ

ލާޒިއޯއާއެކު ހަދާފައިވާ އެއްބަސްވުން އިޓަލީގެ ފޯވާޑް ޗީރޯ އިމޮބިލޭ އިތުރު ފަސް އަހަރަށް އާކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ފޯވާޑް ލާޒިއޯގެ އެއްބަސްވުން ދިގު މުއްދަތަކަށް އާކުރިއިރު، މި ނިމުނު ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކު އޭނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ލިވަޕޫލާއި، ބާސެލޯނާ އަދި ނިއުކާސަލް ޔުނައިޓެޑުންވެސް އިމޮބިލޭއަށް ޝައުގުވެރިކަން ފާޅުކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނުގައި އިމޮބިލޭ ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގައި ޔޫރަޕްގެ ބޮޑު ފަސް ލީގުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ހޯދާފައެވެ.

މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގައި އިމޮބިލޭ 36 ލަނޑު ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ރަން ބޫޓު ހޯދިއިރު، ލިސްޓުގެ ދެވަނައިގައި އޮތް ބަޔާން މިޔުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޮސްކީއަށް ކާމިޔާބުކުރެވިފައިވަނީ 34 ލަނޑެވެ. އަދި ތިންވަނައިގައި އޮތް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކާމިޔާބުކުރެވިފައިވަނީ 31 ލަނޑެވެ.

މީގެ އިތުރުން މިދިޔަ ސީޒަނުގައި އިމޮބިލޭ ވަނީ އެއް ސީޒަނެއްގައި އިޓާލިއަން ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑާ އެއްވަރުކޮށްފައެވެ. މީގެ ކުރިން އެއް ސީޒަނެއްގައި ލީގުގައި 36 ލަނޑު ހަމަކޮށްފައިވަނީ 1928-1929 ވަނަ އަހަރުގެ ސީޒަނުގައި ޓޮރީނޯގެ ފޯވާޑް ޖީނޯ ރޮސެއްޓީ އާއި 2015-2016 ވަނަ އަހަރުގެ ސީޒަނުގައި އޭރު ނާޕޮލީއަށް ކުޅުނު ގޮންޒާލޯ ހިގުއައިންއެވެ.

މީގެ ކުރިން ޔުވެންޓަސްއަށްވެސް ކުޅުނު އިމޮބިލޭ ލާޒިއޯއަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. މިހާތަނަށް ލާޒިއޯއަށް 178 މެޗު ކުޅެދީ 125 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އިމޮބިލޭ ވަނީ ލާޒިއޯއާއެކު އިޓާލިއަން ކަޕްގެ އިތުރުން އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު