Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ: ޒިދާން

ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ މި އެވޯޑު ޖުމްލަ ފަސް ފަހަރެއްގެ މަތިން ހޯދާފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 9 ޑިސެމްބަރު 2017 | ހޮނިހިރު 12:59
ރޮނާލްޑޯ އަދި ޒިދާން: ރޮނާލްޑޯ އަދި ޒިދާން ވެސް ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދާފައި

ރޮނާލްޑޯ އަދި ޒިދާން: ރޮނާލްޑޯ އަދި ޒިދާން ވެސް ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދާފައި

ސްޕެއިންގެ ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ފަސްވަނަ ފަހަރަށް ބެލެންޑޯ އެވޯޑު ހޯދި ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ މި އެވޯޑު ޖުމްލަ ފަސް ފަހަރެއްގެ މަތިން ހޯދާފައެވެ. މިފަހަރުގެ އެވޯޑާއެކު އޭނާ ވަނީ މީގެކުރިން މި އެވޯޑު ފަސް ފަހަރު ހޯދި ބާސެލޯނާގެ ފޯވާޑް އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާ އަރާ ހަމަކޮށްފައެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި މި އެވޯޑު 1998 ވަނަ އަހަރު ހޯދި ޒިދާން ބީބީސީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ ރޮނާލްޑޯއަކީ ތާރީހުގައި ވެސް އެފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އެކަމަށް ބާރުދޭނެ ހެކި ފެންނަން އެބަހުރި ކަމަށެވެ. އެގޮތުން އޭނާ ކޮންމެ ސީޒަނެއްގައި ވެސް ޓީމަށް ތަށި ގެނެސްދިނުމަށް އެތަކެއް މަސައްކަތްތަކެއް ކުރާ ކަމަށާއި އޭނާ ޖަހާ ލަނޑުގެ އަދަދަކީ އެކަމަށް ބާރުދޭ އެންމެ އަލިގަދަ ހެކި ކަމަށް ވެސް ޒިދާން ބުނެފައިވެއެވެ.

ރޮނާލްޑޯއަކީ އޭނާއަށް ވުރެ މޮޅު ކުޅުންތެރިޔެއް ކަމަށް ސުވާލު ކުރުމުން ޒިދާން ބުނީ އެކަމުގައި ދެބަސް ވެވެން ނެތް ކަމަށާއި ރޮނާލްޑޯއަކީ ޒިދާންއަށް ވުރެ ހާސް ގުނަ މޮޅު މީހެއް ކަމަށެވެ. އެކަމާއި ގުޅިގެން އެއްވެސް ބުރަ ކަމެއް ހިތުގައި ނެތް ކަމަށާއި އޭނާގެ ފުޓްބޯޅަ ކެރިއަރަކީ ވެސް ކާމިޔާބު ކެރިއަރެއް ކަމަށް ޒިދާން މި އިންޓަވިއުގައި ބުނެފައިވެއެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ރެއާލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ޒިދާން ބުނީ ރޮނާލްޑޯއަށް ނިސްބަތްކޮށް ވަރަށް ގިނަ ބަދު ބަސް ބުނާ ކަމަށާއި އެހެން ނަމަވެސް އޭނާއަކީ ކޮންމެ މެޗެއްގައި ވެސް އާދަޔާ ހިލާފް ކުޅުމެއް ކުޅޭ ކުޅުންތެރިޔެއް ކަމަށެވެ.

ރޮނާލްޑޯއަކީ އެއްވަރެއްގައި އޭނާގެ ކުޅުމުގެ ފެންވަރު ހިފަހައްޓަމުންދާތާ 15 އަހަރު ވެފައިވާ ކުޅުންތެރިޔެއް ކަމަށާއި އެއީ އެހެން ކުޅުންތެރިންނަށް ކުރަން ވަރަށް އުނދަގޫ ވާނެ ކަމެއް ކަމަށްވެސް ޒިދާން ބުނެފައިވެއެވެ. ރޮނާލްޑޯއަކީ ކޮންމެ ދުވަހަކު ވެސް ފުޓްބޯޅައިގެ ތާރީހު ބަދަލުކުރަމުންދާ ކުޅުންތެރިޔެއް ކަމަށް ޒިދާން މި އިންޓަވިއުގައި ބުންޏެވެ.

ޒިދާން މިގޮތަށް ވާހަކަ ދައްކާފައިވާއިރު ރޮނާލްޑޯ އަންނަނީ 2009 ވަނަ އަހަރު ރެއާލްއަށް ބަދަލުވި ފަހުން އާދަޔާ ހިލާފަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.އެގޮތުން އޭނާވަނީ އެ ޓީމާއެކު ތިން ފަހަރެއްގެ މަތިން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ދެ ފަހަރެއްގެ މަތިން ސްޕެނިޝް ލަލީގާވެސް ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ އޭނާވަނީ އެ ޓީމަށް ކުޅުނު 412 މެޗުގައި 418 ލަނޑު ޖަހައިދީފައެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
11 މާރިޗު 2017

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017
ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި
09 މާރިޗު 2017

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް
08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު