Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްވިމިންގ

ނިއުލެގޫން ސްވިމިން ކްލަބް ލެވަލް ފެސްޓިވަލެއް ބާއްވައިފި

ކުދިންގެ ހެދިބޮޑުވުން ބަލައި، އުފާވެރި މާހައުލެއް ހޯދައިދިނުމަށް ބޭއްވި ފެސްޓިވަލްއެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 މެއި 2019 | ހޮނިހިރު 06:51
ނިއުލަގޫންސް ސްވިމިން ހެޑް ކޯޗް އިސްމާއިލް ފަރުހާން

ނިއުލަގޫންސް ސްވިމިން ހެޑް ކޯޗް އިސްމާއިލް ފަރުހާން

ނިއުލެގޫން ސްވިމިން ކްލަބް ލެވަލް ފެސްޓިވަލް ބާއްވައިފިއެވެ.

ނިއުލަގޫންސް ސްވިމިން ކްލަބްގެ ހެޑް ކޯޗް އިސްމާއިލް ފަރުހާން ވިދާޅުވީ، މިއީ 2017 ވަނަ އަހަރުން ފެށިގެން ކުދިންގެ ހެދިބޮޑުވުން ބަލައި، އެކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ ފެސްޓިވަލްއެއް ކަމަށެވެ.

ފަރުހާން ވިދާޅުވީ، މިފެސްޓިވަލްގައި ކުޑަކުދިންގެ ދުވަސް ރަމަޟާން މަހާ ދިމާވާތީ ކުޑަ ކުދިންގެ ދުވަސް ފާހަގަކުރުމުގެ އިތުރުން ކޮންމެ އަހަރަކުވެސް ކްލަބުން ބާއްވާ މާހެފުމާއެކު ވަރަށް ފުރިހަމައަށް ފެސްޓިވަލްގެ ހަރަކާތްތައް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

މިއަހަރު މިއީ ދެވަނަ ފެސްޓިވަލްކަން ފާހަގަކުރައްވައި ފަރުހާން ވިދާޅުވީ، 2018 ވަނަ އަހަރު ފެސްޓަލް ނުބޭއްވުނީ މަގުހެދުމުގެ މަޝްރޫއު ކުރިއަށްދިއުމާއި، ތަފާތު އެކިއެކި ސަބަބުތަކާ ހުރެ ސްވިމިންގ ޓްރެކް ނުލިބިގެން ކަމަށެވެ.

ފަރުހާން ވިދާޅުވީ ކްލަބްގައި ގާތްގަނޑަކަށް 250 އެއްހާ ކުދިން ރަޖިސްޓަރ ވެފައި އެބަތިބި ކަމަށާއި، 10 ލެވަލްއަކަށް ކުދިންތައް ބަހާލައިގެން ކްލާސްތައް ކުރިއަށް ގެންދާ ކަމަށެވެ.

''ނިއު ލެގޫންސް ސްވިމިންގ ކްލަބްގައި އޮންނާނީ ލެވަލްތަކަކަށް ބަހާލާފައި. ކޮންމެ ލެވަލްއެއްގައި ވެސް ކޮންމެސް ސްކިލެއް ކިޔަވައި ދެމުން ސިލަބަސްއެއް އޮންނާނެ. އެސިލަބަސް އަޕްގްރޭޑްވަމުންދާ ވަރަކަށް ލެވަލް އަޕްގްރޭޑްވަމުންދާނެ. ދެން އެލަވަލްއެއްގައި އެކުއްޖަކަށް ދަސްވެފައި ހުރި އެއްޗެއް މިއިވެންޓްގެ ގޮތުގައި ކުރިއަށްދާނީ އަސްލު'' ފަރުހާން ވިދާޅުވިއެވެ.

ފަރުހާން ވިދާޅުވީ، ލެވަލް ފެސްޓިވަލް އިތުރަށް ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަންނަ އަހަރު މިފެސްޓިވަލް މިއަހަރަށްވުރެ ފުރިހަމަވާނެ ކަމަށެވެ. އަދި މިއަހަރު ކުދިންނަށް ބަހަމުންދާ މެޑަލްތަކަކީ ކްލަބުން ފެންވަރު ރަނގަޅުކޮށް ހައްދައިގެން ގެނައި އެއްޗެހި ކަމަށެެވެ.

''އަޅުގަނޑުމެންނަށް މިކަހަލަ އިވެންޓްތައް ފެންވަރު ރަނގަޅުކޮށް ބޭއްވުމުގައި ބައެއް ފަހަރު ދަތިތަކާއި ކުރިމަތިވޭ ކްލަބެއްވީމަ ބައެއް ފަރާތްތަކުން ސްޕަންސަރ ދޭން ތަންކޮޅެއް ޖެހެލުންވާތަން ނޫނީ ބައެއްފަހަރު އުޒުރުވެރިވާތަން އެބައާދޭ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ރިކުއެސްޓް ކުރަން ބޮޑެތި ކޮންޕެނީތަކުން އަޅުގަނޑުމެން އާދައިގެ ކްލަބެއް ކަމަށް ނުބަލުމަށް. މިރާއްޖޭގައި އަޅުގަނޑުމެން ހަމައެކަނި ކުޅިވަރު ކުރިއަރުވަނީއެއްނޫން.'' ފަރުހާން ވިދާޅުވިއެވެ.

ފަރުހާން ވިދާޅުވީ، ކުދިންތަކެއް ފުރާނަ ސަލާމަތް ކޮށްދިނުމަށްޓަކައި ލައިފް ސްކިލް ދަސްކޮށްދެމުން ކުޅިވަރެއްގެ ގޮތުގައި ކުރިއަރުވަމުން އަންނަ ކަމަށެވެ.

2012 ވަނަ އަހަރުން ލެގޫން ސްވިމިން ނަމުގައި އުފެދުނު މިކްލަބް 2015 ވަނަ އަހަރު ރީބްރޭޑްކޮށް ނިއުލެގޫން ސްވިމިންގެ ނަމުގައި ހިންގަމުން އަންނަ ކްލަބެކެވެ. މިއީ ރާއްޖޭގައި ސްވިމިންގައި ގައުމީ ތަށި މިލްކު ކުރެވިފައިވާ ހަމައެކަނި ކްލަބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު