Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށި ޓަރޝަރީ ހޮސްޕިޓަލް

ކުޅުދުއްފުށީގައި ޓަރޝަރީ ހޮސްޕިޓަލް: 130،493 އަކަފޫޓްގެ ބިމެއް ހަމަޖައްސައިދީފި

29 އޯގަސްޓު 2020 | ހޮނިހިރު 09:52

ސަރުކާރުން އެދުނީ 360،000 އަކަފޫޓުގެ ބިމެއް ދޭން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 އޯގަސްޓު 2020 | ހޮނިހިރު 09:52
ކުޅުދުއްފުށި ހިއްކި ބިމުގެ ސަރަހައްދު: ޓަރޝަރީ ހޮސްޕިޓަލު އަޅަން ހަމަޖެހިފައިވަނީ މިސަރަހައްދުގައި

ކުޅުދުއްފުށި ހިއްކި ބިމުގެ ސަރަހައްދު: ޓަރޝަރީ ހޮސްޕިޓަލު އަޅަން ހަމަޖެހިފައިވަނީ މިސަރަހައްދުގައި

ހދ. ކުޅުދުއްފުށީގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ބޭނުންވާ ބިން، ކުޅުދުއްފުށި ކައުންސިލުން ހަމަޖައްސައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އާ ހަވާލާދެއްވައި ކުޅުދުއްފުށި އޮންލައިން އިން ބުނެފައިވަނީ، ޓަރޝަރީ ހޮސްޕިޓަލް ތަރައްގީ ކުރަން ބޭނުން ބިން ހޯދުމުގެ މަސައްކަތުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފަށާފައިވަނީ ޖެނުއަރީ މަހުގައި ކަމަށެވެ. އޭރު ސަރުކާރުން އެދިފައިވަނީ އެ ހޮސްޕިޓަލް އެޅުމަށް 360،000 އަކަފޫޓް ހޯދުމަށެވެ. ނަމަވެސް ކުޅުދުއްފުއްޓަކީ ބިމު ޖާގަ ދަތި ރަށަށް ވާތީ ކައުންސިލުން ސަރުކާރުން އެދުނު އަަދަދަށް ބިން ދިނުމަށް ދެކޮޅު ހެދި އެވެ.

Advertisement - newsAdvertisement

ނަމަވެސް، ފަހުން މަޝްވަރާކުރުމަށްފަހު ކައުންސިލުން ނިންމީ 130،493 އަކަފޫޓްގެ ބިމެއް ހޮސްޕިޓަލް ތަރައްގީކުރުމަށް ދިނުމަށެވެ. އެ ބިން ހަމަޖައްސައިދީފައިވަނީ ހިއްކި ބިމުން ނެވެ. އަދި ބިން ހަމަޖެއްސުމަށްފަހު، އެކަން ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކަށް އަންގާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓަރޝަރީ ފެންވަރުގެ ހިދްމަތް ދެވޭ ފަސް ހޮސްޕިޓަލު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވައުދު ފުޅެކެވެ.

ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ އެއް ހޮސްޕިޓަލެވެ.

ވެންޓިލޭޓަރ ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން، ހެލްތް މިނިސްޓްރީގެ ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާތީ، އެމައްސަލަ ތަހުގީގު ކުރަމުންދާތީ، އަމިއްލަ ފުޅަށް ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެވިވެ ވަޑައިގެން ހުންނެވި، ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ރާއްޖެޓީވީއަށް މީގެކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، މި އަހަރުގެ ތެރޭގައި ރާއްޖޭގެ ފަސް ސަރަހައްދުގައި ގާއިމުކުރެވޭ ފަސް ޓަރޝަރީ ހޮސްޕިޓަލުން ހިދްމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

އަމީން ވިދާޅުވެފައި ވަނީ، މިއަހަރުގެ ތެރޭގައި 5 ޓަޝިއަރީ ހޮސްޕިޓަލުގެ ފުރިހަމަ ހިދްމަތްތައް ލިބެން ފެށުމާއެކު މިއަހަރުގެ ތެރޭގައި ވެސް ސިއްހީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

މިސަރުކާރުން ޓާޝިއަރީ 5 ހޮސްޕިޓަލުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ގދ. ތިނަދޫ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ބ. އޭދަފުށި ރީޖަނަލް ހޮސްޕިޓަލް އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ، މުޅިން އަލަށް ތަރައްގީ ކުރަމުން އަންނަ ހޮސްޕިޓަލެކެވެ. ދެން ހުރި ރީޖަނަލް ހޮސްޕިޓަލްތަކަކީ ކުރިންވެސް ހިދްމަތް ދެމުންދިޔަ ހޮސްޕިޓަލުތައް ކަމަށްވާތީ، އެ ހޮސްޕިޓަލުތަކުން ޓަޝިއަރީ ފެންވަރުގެ ސިއްހީ ހިދްމަތް ދިނުމަށް ބޭނުންވާ ޖާގަ އިތުރުކުރުމާއި، އިމާރާތް އަދި މަރާމާތު ކުރުމުގެ މަައްސަކަތް ދަނީ ކުރިއަށެވެ.

މިހާރު ބެލެވިފައިވާ ގޮތުގައި، ކުޅުދުއްފުށީގައި ހިއްކި ބިމުގައި ގާއިމު ކުރެވޭ، ޓަރޝަރީ ހޮސްޕިޓަލް ގައިމުކޮށް ނިމެންދެން ޓަރޝަރީ ހޮސްޕިޓަލުގެ ހިދްމަތް ދެމުންދާނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ނެވެ.

ރާއްޖޭގެ ފަސް ސަރަހައްދުގައި ގާއިމު ކުރެވޭ ފަސް ޓަރޝަރީ ހޮސްޕިޓަލްތަކުން އެމްއާރުއައި ސްކޭނާއި ސީޓީ ސްކޭންތައް ހެދި ބޮޑެތި އޮޕަރޭޝަންތައް ކުރުމުގެ އިންތިޒާމުތައް ހަމަޖެހޭނެ އެވެ. ހެލްތް މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުގައި، އެ ފަސް ހޮސްޕިޓަލުގެ ތަރައްގީގެ ތެރެއިން ބޭނުންވާ އިންސާނީ ވަސީލަތާއި ބޭނުންވާ އިކުއިޕްމަންޓް، މެޝިނަރީތައް ފަދަ ތަކެތި މިހާރު ވަނީ ހަމަކުރެވިފަ އެވެ. މިހާރު ކުރަން ހުރި މަސައްކަތްތަކަކީ ހޮސްޕިޓަލުތަކުގެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުންފަދަ ޖާގަ އިތުރުކުރުމުގެ މަސައްކަތްތަކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖޫން 2017

ތޫނު އެއްޗަކުން ހަމާލާދީ ޒަހަމްވި ޒުވާނާ އަދިވެސް އޭޑީކޭ ހޮސްޕިޓަލްގައި: ޕޮލިސް

26 ޖޫން 2017
ތޫނު އެއްޗަކުން ހަމާލާދީ ޒަހަމްވި ޒުވާނާ އަދިވެސް އޭޑީކޭ ހޮސްޕިޓަލްގައި: ޕޮލިސް
26 ޖޫން 2017

25 ބުރީގެ އިމާރާތް ނިމުމުން ހޮސްޕިޓަލްގެ ހިދުމަތްތައް ތިން ގުނަ އަށް އިތުރުވެގެންދާނެ: އައިޖީއެމްއެޗް

26 ޖޫން 2017
25 ބުރީގެ އިމާރާތް ނިމުމުން ހޮސްޕިޓަލްގެ ހިދުމަތްތައް ތިން ގުނަ އަށް އިތުރުވެގެންދާނެ: އައިޖީއެމްއެޗް
19 ޖޫން 2017

ޖުލައި 10 ވަނަ ދުވަހުން ފެށިގެން ހިންގާ ގޮތަށް ކުޅުދުއްފުށި ހޮސްޕިޓަލް 50 އަހަރަށް އިންޑިއާގެ ނިމްސްއާ ހަވާލުކޮށްފި

19 ޖޫން 2017
ޖުލައި 10 ވަނަ ދުވަހުން ފެށިގެން ހިންގާ ގޮތަށް ކުޅުދުއްފުށި ހޮސްޕިޓަލް 50 އަހަރަށް އިންޑިއާގެ ނިމްސްއާ ހަވާލުކޮށްފި
13 މެއި 2017

އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި

13 މެއި 2017
އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި
28 އެޕްރީލު 2017

ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ

28 އެޕްރީލު 2017
ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ
16 މާރިޗު 2017

ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ

16 މާރިޗު 2017
ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ
14 މާރިޗު 2017

ލަންކާގައި ދިވެހި ކުއްޖާ ނިޔާވީ ސްވައިން ފްލޫ ޖެހިގެނެއް ނޫން: އާސީރީ ހޮސްޕިޓަލް

14 މާރިޗު 2017
 ލަންކާގައި ދިވެހި ކުއްޖާ ނިޔާވީ ސްވައިން ފްލޫ ޖެހިގެނެއް ނޫން: އާސީރީ ހޮސްޕިޓަލް
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް