Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހދ. ކުޅުދުއްފުށީ

ޖުލައި 10 ވަނަ ދުވަހުން ފެށިގެން ހިންގާ ގޮތަށް ކުޅުދުއްފުށި ހޮސްޕިޓަލް 50 އަހަރަށް އިންޑިއާގެ ނިމްސްއާ ހަވާލުކޮށްފި

ސޯޅަ މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 19 ޖޫން 2017 | ހޯމަ 09:39
ކުޅުދުއްފުށީ ހޮސްޕިޓަލް އިންޑިއާގެ ނިމްސް ހޮސްޕިޓަލާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުުރމުގެ ރަސްމީއްޔާތުގެ ތެރެއިން

ކުޅުދުއްފުށީ ހޮސްޕިޓަލް އިންޑިއާގެ ނިމްސް ހޮސްޕިޓަލާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުުރމުގެ ރަސްމީއްޔާތުގެ ތެރެއިން

ޖުލައި 10 ވަނަ ދުވަހުން ފެށިގެން ހިންގާ ގޮތަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް 50 އަހަރަށް އިންޑިއާގެ ނިމްސް ހޮސްޕިޓަލާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒީމް އިބްރާހީމެވެ. އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ ނިމްސް ހޮސްޕިޓަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ އެމްޑީ ފައިޒަލް ހާން އެވެ.

Advertisement - newsAdvertisement

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ހެލްތު މިނިސްޓަރު ނާޒިމް ވުދާޅުވީ ނިމްސް ހޮސްޕިޓަލްގެ ފަރާތުން ރަސްމީ ކޮށް ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމާ ހަވާލު ވާނީ އަންނަ މަހުގެ 10 ވަނަ ދުވަހުންފެށިގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ކުރިއަށްދާނެ މަސައްކަތަކީ ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްގެ މެނޭޖްމެންޓާ ހަވާލު ކުރުމަށްޓަކައި ނިންމަން ޖެހޭ ލިޔެކިޔުންތައް ނިންމައި ޑޮކްޓަރުން ގެނައުމުގެ މަސައްކަތްތައް ކަމަށެވެ.

އޭގެއިތުރުން ކުޅުދުއްފުށީ ހޮސްޕިޓަލަކީ އާސަންދައިގެ ހިދުމަތް ލިބޭ، ޖެނެޓިކް ޑިސްއޯޑާސްގެ ދާއިރާއިން ސެންޓާ އޮފް އެކްސެލެންސްއަކަށް ވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ތެލެސީމިއާ މައްސަލަތަކާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހިމެނެ އެވެ.

އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލުން އެކި ދާއިރާތަކުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސުޕަސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ލިބިގެންދާނެ އެވެ. ޑައިގްނޯސްޓިކް ހިދުމަތްކުގެ ތެރޭގައި ލެބޯޓަރީގެ ހިދުމަތާއި ސީޓީ ސްކޭން އައި އެމްއާރްއައި ސްކޭނިންގެ ހިދުމަތް ލިބޭނެ އެވެ.

މިނިސްޓަރު ނާޒިމްމް ވިދާޅުވި ގޮތުގައި އެއްބަސްވުމުގައި ސޮއިކުރާތާ 16 މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ އެވެ. މިހާރު އެއީ 50 އެނދުގެ ހޮސްޕިޓަލަކެވެ. މި ހުރިހާ ހަރަދެއް ކުރުމަށް ވެސް ހަމަޖެހިފައިވަނީ ނިމްސް ހޮސްޕިޓަލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނިމްސް އެމްޑީ ފައިޒަލް ހާން ވިދާޅުވީ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެ ނޫން ވެސް މަސައްކަތްތައް އެ ކުންފުނިން ކުރާނެ ކަމަށެވެ. އެ ގޮތުން އެންމެ ޒަމާނީ އައިސީޔޫ އާއި އެ ނޫން ވެސް ތަންތަން ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުން 50 އަހަރަށް ނިމްސްއާ ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިކަމާ ބެހޭ ތަފްސީލްތައް ދިނުމާއި ހަވާލުކުރުމުގެ ބޮޑު ރަސްމިއްޔާތު ކުޅުދުއްފުށީގައި ބާއްވާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު