Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިޖީއެމްއެޗްގެ އާއިމާރާތް

25 ބުރީގެ އިމާރާތް ނިމުމުން ހޮސްޕިޓަލްގެ ހިދުމަތްތައް ތިން ގުނަ އަށް އިތުރުވެގެންދާނެ: އައިޖީއެމްއެޗް

އައިޖީއެމްއެޗް އިން މިހާރު ދެމުން ގެންދާ ހުރިހާ އައުޓް ޕޭޝަންޓް ޚިދުމަތްތައް އާ އިމާރާތަށް ބަދަލު ކުރެވޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 26 ޖޫން 2017 | ހޯމަ 04:00
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ވަރަށް ބާރަށް ކުރިއަށް އެބަދޭ

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ވަރަށް ބާރަށް ކުރިއަށް އެބަދޭ

"ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ" ޤާއިމްކުރުމަށް އައިޖީއެމްއެޗްގެ ހަދާ 25 ބުރީގެ އިމާރާތުގެ މަސައްކަތް ނިމި ހިދުމަތް ދޭން ފެށުމުން ހޮސްޕިޓަލްގެ ހިދުމަތްތައް ތިން ގުނަ އަށް އިތުރުވެގެންދާނެ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

އާ ޢިމާރާތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުންނާއި އަލަށް ތަޢާރަފް ކުރާނެ ހިދުމަތްތަކާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މަޢުލޫމާތު ދެއްވަމުން، އައިޖީއެމްއެޗްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ، އަޙްމަދު މަޢުސޫމް ވިދާޅުވީ، އައިޖީއެމްއެޗްގައި މިހާރު އެންމެ ބޮޑަށް ދިމާވެފައި ދައްޗަކީ ޖާގައިގެ ދަތިކަމާއި އެނދުގެ ދަތިކަން ކަމަށެވެ. ނަމަވެސް އާ އިމާރާތް ނިމި ހިދުމަތް ދޭން ފެށުމުން އެ ދަތިތަކަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން އައިޖީއެމްއެޗްގެ ބެޑް ކެޕޭސިޓީ 500 އަށް އިތުރު ވެގްނދާނެކަން މައުސޫމް ފާހަގަ ކުރެއްވިއެވެ.

މައުސޫމް ވިދާޅުވީ އާ ހިދުމަތްތައް ތަޢާރަފް ކުރެވިގެންދާއިރު އެ ހިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް ވެސް ޖާގަ ބޭނުންވާ ކަމަށެވެ. އެގޮތުން އާ އިމާރާތާއެކު އެކަމަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ އައިޖީއެމްއެޗްގެ އާ އިމާރާތް ފަރުމާ ކޮށްފައި ވަނީ ހޮސްޕިޓަލުން ދެމުން ގެންދާ ހިދުމަތްތައް ވަރަށް ބޮޑަށް އިތުރު ކުރެވޭނެ ގޮތަށް ކަމަށެވެ. އެގޮތުން އާ އިމާރާތުން ހިދުމަތް ދޭން ފެށުމާ އެކު އިތުރު ދެ އެމްއާރުއައި މެޝިނާއި ސީޓީސްކޭންގެ ދެ މެށިން ބެހެއްޓިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ބޭނުން ކުރަމުންދާ އިމާރާތުގައި ޑޮކްޓަރަށް ދެއްކުމަށް އަންނަ މީހުންނަށް ތަފާތު އެކި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ނަމަވެސް އާ އިމާރާ ނިމި ހިދުމަތް ދޭން ފެށުމުން ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލި މީހުންނަށް މިހާރަށް ވުރެ އަވަހަށް ހިދުމަތް ލިބި ފަސޭހަ ކަމާއެކު ގިނަ އަދަދެއްގެ ބަޔަކަށް އެއް ފަހަރާ ހިދުމަތް ދެވޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އެގޮތުން އައިޖީއެމްއެމްޗްގެ އެކި ޑިޕާޓްމެންޓްތަކުން ދެމުން އަންނަ ހުރިހާ ހިދުމަތެއް ވެސް ދެގުނަ އަށް އިތުރުވެގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން މައުސޫމް ވިދާޅުވީ މިހާރު ބޭނުން ކުރަމުންދާ އިމާރާތުގައި ޑޮކްޓަށް ދެއްކުމަށް އަންނަ ބަލި މީހުން ތިބޭނެ އެކަށީގެންވާ ތަންތަން ގާއިމް ކުރެވިފައި ނެތް ކަމަށާއި ސަބަބަކީ އެ ވަރަށް ޖާގަ ނެތުން ކަމަށް މައުސޫމް ވިދާޅުވިއެވެ.

ނަމަވެސް ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލި މީހުން އިށީދެލައިގެން ތިބޭނެ ޖާގަ އާއިމާރާތާ އެކު ގާއިމް ކުރެވިގެންދާނެ ކަމަށާއި އަދި އެންމެ އެއްތަނަކަށް ތޮއްޖެހިގެން ތިބެން ޖެހޭ މައްސަލަ އަށް ވެސް ހައްލު ލިބި، ހިތްހަމަޖެހިގެން ފެސާހަ ކަމާއެކު ޑޮލްޓަރަށް ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓާ" ނިމުމުން އައިޖީއެމްއެޗުން މިހާރު ދެމުން ގެންދާ ހުރިހާ އައުޓް ޕޭޝަންޓް ޚިދުމަތާއި ރާއްޖޭގައި ފަރުވާދިނުމަށް ބޭނުންވާ ބަލިތަކުގެ މުހިންމު ހުރިހާ ތަޙްލީލްތަކެއް ހެދޭނޭ އިންތިޒާމް ޤާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި އިތުރު އާ ހިދުމަތްތައް ވެސް ތަޢާރަފް ކުރެވޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އެގޮތުން ސްޕޯޓްސް މެޑިސިންގެ ޚިދުމަތާއި ފިޒިއޯތެރެޕީ ހައިދްރޯތެރެޕީ އަދި އިތުރު ޚިދުމަތްތަކެއް އައިޖީއެމްއެޗްއަށް ތަޢާރަފުކުރާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ. ހަމައެހެންމެ ރޭޑިއޮލޮޖީގެ ޚިދުމަތް ވެސް އިތުރަށް ފުޅާވެގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މީގެއިތުރުން ނެޝަނަލް ޑައިގްނޯސްޓިކް ޢިމާރާތުގައި ޗައިލްޑް ކެއަރ ސެންޓަރަކާއި، ޖިމާއި، ރިހެބިލިޓޭޝަން ސުއިޓެއް ވެސް ހިމެނެއެވެ. އަދި ހައިޑްރޯ ތެރަޕީ ސުއިޓެއްގެ ގޮތުގައި ބޭނުންކުރާނެ ސްވިމިންގޕޫ ލްވެސް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ 25 ބުރީގެ މި ޢިމާރާތުގެ މަސައްކަތް 2018 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނިންމައި، އެތަނުގެ ޚިދުމަތް ޢާއްމުންނަށް ދެއްވަން ފެއްޓުން ކަމަށް މައުސޫމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ

ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ

19 އެޕްރީލު 2017
އދ އަތޮޅު ހޮސްޕިޓަލަށް އިތުރު ކުރި ތިން ބުރީގެ އިމާރާތް ހުޅުވައިފި

އދ އަތޮޅު ހޮސްޕިޓަލަށް އިތުރު ކުރި ތިން ބުރީގެ އިމާރާތް ހުޅުވައިފި

14 އެޕްރީލު 2017
ހުއްދަ ނުހޯދާ އިމާރާތް ކުރާ ފަރާތްތައް އެއް މިލިޔަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަަދަކުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ

ހުއްދަ ނުހޯދާ އިމާރާތް ކުރާ ފަރާތްތައް އެއް މިލިޔަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަަދަކުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ

12 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު