Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޕީއޭގެ އެންގުންތަކާއި ޚިލާފުވުން

މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު އެޗްޕީއޭގެ އެންގުމާއި ޚިލާފަށް ތަންތަނަށް އެއްނުވާނެ: ރައީސް

މިފަދަ ދަނޑިވަޅެއްގައި އެފަދަ އަމަލެއް ޒިންމާދާރުކަމެއް ނެތި ކުރީތީ އެކަމާ ހިތާމަކުރައްވާ ކަމަށް ރައީސް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 އޯގަސްޓު 2020 | ހުކުރު 19:46
ރައީސުލްޖުމްހޫރިއްޔާ އަލިފާންރޯވި ސަރަހައްދުގެ ހާލަތު ބައްލަވާލައްވަނީ

ރައީސުލްޖުމްހޫރިއްޔާ އަލިފާންރޯވި ސަރަހައްދުގެ ހާލަތު ބައްލަވާލައްވަނީ

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގައި ހުކުރު ދުވަހު ބޭއްވި މުޒާހަރާ އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހޫނު ރައްދެއް ދެއްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާ ބައްލަވާލައްވާލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެން ރައީސް ޞާލިހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަލިފާނުގެ ހާދިސާގެ އިތުރަށް ކުރިމަތީގައި އޮތީ ވަރަށް ބޮޑު ޕެންޑަމިކެއް ކަމަށެވެ. އެގޮތުން މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އަލިފާން ރޯވި ސަރަހައްދުގައި ކޮންމެހެން ތިބެންޖެހޭ މީހުން ނޫން އެހެން މީހުން އެ ސަރަހައްދު ދޫކޮށް ދިޔުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މި ހާދިސާ ނޫނަސް އެޗްޕީއޭ އިން އަންގާ އެންގުންތަކާއި ޚިލާފަށް އަމަލު ކުރަމުންދާ ބަޔަކު އުޅޭކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން އިދިކޮޅުގެ ހަރަކާތަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި އެކަމަށް ސަރުކާރުން ހުރަސްނާޅާ ކަމަށެވެ. ނަމަވެސް މިފަދަ ދަނޑިވަޅެއްގައި އެފަދަ އަމަލެއް ޒިންމާދާރުކަމެއް ނެތި ކުރީތީ އެކަމާއި ހިތާމަ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި މިއީ ރައްޔިތުން ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

އަދި ފުލުހުންގެ ފަރާތުން އަބަދުވެސް އިލްތިމާސް ކުރަމުން އަންނަނީ ފަސް މީހުންނަށް ވުރެ ގިނައިން އެއްތާކަށް އެއްވެ ނޫޅުމަށް ކަމަށާއި އެގޮތާއި ޚިލާފަށް އަމަލު ކުރަމުންދާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ ހަރަކާތް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ފުލުހުން ދިނުމާއި ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެޗްޕީއޭގެ ގަވާއިދުތާކައި ޚިލާފަށް އަމަލު ކުރުމުގެ ފުރުސަތު ފުލުހުން ނުދޭނެ ކަމަށެވެ.

ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުންދާއިރު އެޗްޕީއޭއިން އަންނަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މާސްކު ނާޅާ ބޭރުތެރޭގައި އުޅުން މަނާކޮށްފައިވާއިރު ފަސް މީހުންނަށްވުރެ ގިނައިން އެއްތާކަށް އެއްވެ ނޫޅުމަށް ވަނީ އަންގާފައެވެ.

އެހެންނަމަވެސް އިދިކޮޅު ޒުވާނުންތަކެއް އިސްނަގައިގެން ''ރާއްޖެ ވިއްކާލުމާއި ދެކޮޅު'' މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ އަޑު އުފުލާފައެވެ. މާލޭގައި ބޭއްވި ސައިކަލް ބުރުގައި ގައި އިދިކޮޅުން ކޯލިޝަންގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އެމީހުންގެ ތެރެއިން ގިނަ މީހުން ތިބި މާސްކު ވެސް ނާޅައެވެ. އަދި ގައިދުރުކަމެއް ވެސް ނެތެވެ.

މި އަޑުއުފުލުމުގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާއިރު ސިއްހީ މާހިރުންގެ އިރުޝާދުތަަކަށް ގޮން ޖައްސަވާ ކުރީގެ ރައީސް ޑރ. ވަހީދު މުޒާހަރާގައި ބައިވެރިވެވަޑައިގެން، މާސްކު އެޅުއްވުމެއް ނެތި އުޅުއްވާފައިވާ މަންޒަރު ވަނީ ފެނިފައެވެ. އެގޮތުން މާސްކު އެޅުއްވުމެއްނެތި މި ހަރަކާތުގައި ބައިވެރިވި މީހުންނާ ޑރ ވަހީދު ވަނީ މުޚާތަބު ކުރައްވާފައެވެ. ޑރ ވަހީދަކީ ޕީޕީއެމްގެ އެޑްވައިޒަރުކަން ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު