Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރުގެ މައްސަލަ

ތަކުރާރުކޮށް އަމީން ވިދާޅުވަނީ، ޑަބްލިއުއެޗްއޯއާ އެކު ކުރެވުނީ ރަސްމީ މުއާމަލާތެއްކަމަށް!

25 އޯގަސްޓު 2020 | އަންގާރަ 13:37

މަސައްކަތް ކުރީ އިހްލާސްތެރިކަމާއި އެކު: އަމީން

އަލީ ސަމާޚް
އަލީ ސަމާޚް | 25 އޯގަސްޓު 2020 | އަންގާރަ 13:37
މާލިއްޔަތުގައި ކޮމިޓީގައި މިނިސްޓަރު އަމީން ބައިވެރިވެ ވަޑައިގަންނަވަނީ

މާލިއްޔަތުގައި ކޮމިޓީގައި މިނިސްޓަރު އަމީން ބައިވެރިވެ ވަޑައިގަންނަވަނީ

ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދޭން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާ އެކުގައި ކުރެވިފައިވާ މުއަލާމަތުތަަކަކީ ސައްހަ މައުލޫމާތުކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެ، އޮޑިޓް ރިޕޯޓަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްދު ދެއްވައިފިއެވެ.

އޮޑިޓް ރިޕޯޓާއި ގުޅިގެން އަމީންގެ އިތުރުން އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ އިސްވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކޮށްފައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ކުރިޔަށް ދިޔަ ކޮމިޓީގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، އޭނާއަށް ލިބިފައި ހުރި ލިޔެކިޔުންތަކަށް ބުރަވާނަމަ އޮޑިޓް ރިޕޯޓްގައި ހުރި ބައެއް މައުލޫމާތުތަކަކީ ސައްހަ ނޫން މައުލޫމާތުތަކެއް ކަމަށެވެ.

އަމީން ވިދާޅުވީ، ވެންޓިލޭޓަރުތައް ގެންނަން ޑަބްލިއެޗްއޯގެ އެހީތެރިކަމަށް އެދުމުން ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ވަނީ މެދުއިރުމަތިން ވެންޓިލޭޓަރު ސަޕްލައި ކޮށްދޭ ކުންފުންޏެއްގެ މައުލޫމާތު ހިއްސާކޮށްފައި ކަމަށެވެ. ނަމަވެސް ވެންޓިލޭޓަރު ހޯދަން ޑަބްލިއުއެޗްއޯއާ ރަސްމީ އެއްވެސް ސިފައެއްގައި ލިޔެކިޔުންތަކެއް ބަދަލު ކުރެވިފައި އަދި އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ ރިކޮމަންޑް ކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެެ. އެކަމަކު އަމީން ވިދާޅުވި ގޮތުގައި ރަސްމީގޮތުން މުއާމަލާތެއް ޑަބްލިއުއެޗްއޯއާ ނުކުރެވޭ ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށެވެ.

އޮޑިޓް އޮފީހަށް ރާއްޖޭގައި ހުންނަ ކަންޓްރީ އޮފީހުން މައުލޫމާތުދީފައިވާގޮތުން އެ އޮފީހާ އެއްވެސް ގޮތަކަށް ވެންޓިލޭޓަރު ގެނައުމާއި ގުޅޭގޮތުން މުއާމަލާތެއް ކުރެވިފައެއް ނުވެއެވެ.

އަމީން ވިދާޅުވީ، ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކޮށްފައިވާނީ އިހްލާސްތެރިކަމާއި އެކީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ހަވާލުކުރެވުނު މަސްއޫލިއްޔަތުގެ ތެރެއިން ކަމަށެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ބިޑް ކޮމިޓީގެ ޗެއަރ ނިޝާމާ މުހައްމަދު ވިދާޅުވީ، ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏަށް ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ ފަންނީ އަދި ގާބިލުކަމަށް ބެލުމަށްފަހު ކަމަށެވެ. ވެންޓިލޭޓަރުގެ މައްސަލާގައި އަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށް ނިޝާމާ ވިދާޅުވާ ވިދާޅުވުން އޭނާ ވަނީ ތަކުރާރުކުރައްވާފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، އެގްޒެކިއުޓާރސް ޖެނެރަލް ހެލްތް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ 75 އިންސައްތަ ދައްކާތާ 29 ދުވަސް ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށް ނިންމަން ޖެހޭ ކަމަށެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ދެވަނަ ދުވަހު 75 އިންސައްތަ އަދި 27 އޭޕްރީލް 2020 ގައި އިތުރު 15 އިންސައްތަ ދައްކާފައިވީ ނަމަވެސް، އޮޑިޓް ކުރެވުނު ތާރީޚު ކަމުގައިވާ އޮގަސްޓު މަހުގެ 6 ވަނަ ދުވަހާ ހަމައަށް ވެސް ވެންޓިލޭޓަރުތައް ހަމައަށް ފޯރުކޮށްދީފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް