Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް މުނައްވަރު، މީރާގެ ބޯޑަށް 4 މެމްބަރެއް

މީރާ ބޯޑުގައި ހަތް މެމްބަރުން ތިއްބަވާ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 25 އޯގަސްޓު 2020 | އަންގާރަ 08:32
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނުގެ 56 ވަނަ މާއްދާގެ ދަށުން ޓެކްސް އެޕީލް ޓްރައިބިޔުނަލްގެ ހުސްވެފައިވާ މަގާމަށާއި މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުގެ ހަތަރު މެމްބަރުން އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ޓެކްސް އެޕީލް ޓްރައިބިޔުނަލްގެ ޤާނޫނީ ދާއިރާއިން ހުސްވެފައިވާ މަގާމަށް ދެ ބޭފުޅެއް ކުރިމަތިލެއްވިއިރު، މި މަގާމަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ 65 މެމްބަރުންގެ ވޯޓާއި އެކު އަލްއުސްތާޛު މުހައްމަދު މުނައްވަރު އަލީ އަށެވެ.

Advertisement - newsAdvertisement

ދެން މި މަގާމަށް ކުރިމަތިލެއްވީ އަލްއުސްތާޛާ ޝީރީން ނާހިދާ އަލީ އެވެ. އެހެންނަމަވެސް، މުނައްވަރަށް ޖަލްސާއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތު ލިބުމުން ޝީރީންގެ ނަމަކަށް ވޯޓަށް އަހާފައެއް ނުވެއެވެ.

ޓެކްސް އެޕީލް ޓްރައިބިޔުނަލް އަކީ ޓެކްސްއާ ބެހޭ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅޭ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޓްރައިބިޔުނަލް އެކެވެ. ޓްރައިބިޔުނަލްގައި 5 މެމްބަރުން ތިއްބަވަން ޖެހެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ވަނީ މީރާގެ ބޯޑަށް ހަތަރު މެމްބަރެއް އައްޔަނުކުރުމަށް ވެސް ރުހުންދީފައެވެ. އެއީ މުމްތާޒް އަބްދުއްރަޝީދު (65 ވޯޓު) އާއި ލީނާ މުހައްމަދު ޒާހިރު ހުސައިން (65 ވޯޓު) އާއި ހުޝާމް ވަހީދު (66 ވޯޓު)ގެ އިތުރުން އާއިޝަތު އަޝާ އަލީ (66 ވޯޓު)ވެ.

މި މަގާމަށް ކުރިމަތިލެއްވި އަލީ އިރުފާނުގެ ނަމަށް ވޯޓަށް އެހިނަމަވެސް، މަޖިލީހުން ނިންމީ އޭނާ އެ މަގާމަށް އައްޔަނު ކުރަން ނުފެންނަ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މީރާގެ މެންބަރަކު އިސްތިއުފާ ދެއްވުމުގެ އިތުރުން، އެ ބޯޑުގެ ތިން މެންބަރެއްގެ ދައުރު ހަމަވާތީ އެވެ. އެގޮތުން، މިމަގާމުތަކަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން 8 ބޭފުޅެއްގެ ނަން ރައީސުލްޖުމްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވިއިރު ނަންތައް ދިރާސާކުރި އިގްތިސާދީ ކޮމިޓީން ތަޅުމަށް ފޮނުވާފައިވަނީ ފަސް ފަރާތެއްގެ ނަމެވެ.

މީރާގެ ބޯޑުގައި ހަތް މެމްބަރުން ހިމެނޭ އިރު އޭގެ ތެރޭގައި ހިމެނެނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ފަސް މެމްބަރުންގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނެވެ.

މީރާގެ ބޯޑުގެ ޗެއަރޕާސަން ކަނޑައެޅުމުގެ ބާރު އޮންނަނީ ފިނޭންސް މިނިސްޓްރީއަށެވެ. މީރާގެ ބޯޑުގެ ޗެއާރޕާސަންއަކީ ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންސް ބަޖެޓް އެގްޒެކްޓިވް، އަހުމަދު ސަރުވަޝް އާދަމް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަތޮޅުތަކުން ޓެކްސް ނުދައްކާ 63 ވިޔަފާރިއެއްގެ ނަން ހާމަކޮށްފި

އަތޮޅުތަކުން ޓެކްސް ނުދައްކާ 63 ވިޔަފާރިއެއްގެ ނަން ހާމަކޮށްފި

31 މެއި 2017
ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް މީރާގެ މުވައްޒަފުން 60،000ރ. ހަދިޔާކޮށްފި

ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް މީރާގެ މުވައްޒަފުން 60،000ރ. ހަދިޔާކޮށްފި

28 މެއި 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި

އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި

12 މާރިޗު 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު