Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަޔަރ އެޑިއުކޭ

މަތީ ތައުލީމް ބިލްގެ ސަބަބުން ނިޒާމަށް އިތުބާރު ބޮޑުވެގެން ދާނެ: މިނިސްޓަރު

24 އޯގަސްޓު 2020 | ހޯމަ 18:40

ހުނަރުވެރި ފަންނުވެރި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަށް އިތުރު ބާރެއް ލިބިގެން ދާނެ: މިނިސްޓަރު

އަލީ ސަމާޚް
އަލީ ސަމާޚް | 24 އޯގަސްޓު 2020 | ހޯމަ 18:40
ހަޔަރ އެޑިއެކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދީ ރައީސް ސޯލިހުއާކު

ހަޔަރ އެޑިއެކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދީ ރައީސް ސޯލިހުއާކު

މަތީ ތައުލީމް ބިލުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނިޒާމަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެކަމަށް ހަޔަރ އެޑިއެކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ) ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް، މަތީ ތައުލީމުގެ ބިލާ ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ހިމެނޭ ގޮތަށް އެ މިނިސްޓްރީގެ އިސްވެރިން ވަނީ ހާޒިރުކޮށްފައެވެ.

Advertisement - newsAdvertisement

ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އެ ބިލުގެ ސަބަބުން ހުނަރުވެރި ފަންނުވެރި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަށް އިތުރު ބާރެއް ލިބިގެން ދާނެ ކަމަށެވެ. ޕްރައިވެޓް ސެކްޓަރުން ހަޔަރ އެޑިޔުކޭޝަނަށް ކުރާ އިންވެސްޓްމަންޓްތަކަށް ގާނޫނީ ރައްކާތެރިކަން ލިބެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ބިލުގެ ސަބަބުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ޕްރައިވެޓް ޔުނިވަރސިޓީތައް އުފެއްދުމުގެ މަގު ފަހިވެގެން ދާނެ ކަމަށެވެ.

އެއަށްފަހު މިނިސްޓަރު ވިދާޅުވީ، މި ބިލަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީން ދިނުމުގެ އަސާސްތަކާއި އުސޫލުތައް ކަނޑައަޅައި ތަންފީޒްކުރުމުގެ މުހިއްމު މަގްސަދުގައި ފަރުމާކުރެވިފައިވާ ބިލެއް ކަމަށެވެ.

މި ބިލުގެ ސަބަބުން ދައުލަތުގެ ހިންގުން ހަރުދަނާވެ ހަރަދު ކުޑަވެގެންދާނެތޯ ކުރެއްވުނު ސުވާލުތަކާއި ގުޅިގެން ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ތައުލީމީ ކަންކަމުގައި ލިބޭނެ މަންފާއާއި ފައިދާ ކުރު މުއްދަތެއްގެ ތެރޭގައި ފެންނަން ނުހުންނާނެ ކަމަށާއި ގިނަފަރަށް ކަމެއް ވަކި ގޮތަކަށް އޮތުމުގެ މުހިއްމުކަން ފާހަގަވެގެން ދާނީ ކޮންމެވެސް ބޮޑު މައްސަލައެއް ސިސްޓަމްގެ ތެރެއިން ދިމާވުމުން ކަމަށެވެ. އަދި ތައުލީމީ ކަންކަން ފައިސާއިން އަގުމަގު ކުރަން ދަތިވާނެ ކަންވެސް ފާހަގަކުރެއްވިއެވެ.

އެމްކިޔުއޭ އާއި ޓިވެޓް އޮތޯރިޓީއާއި އަދި އަލަށް ގާއިމް ކުރަން ހުށަހަޅާފައިވާ ރިސާޗް ކައުންސިލް ފަދަ ތަންތަނުގެ ސަބަބުން ދައުލަތުގެ ހަރަދު ބޮޑުވެގެން ނުދާނެތޯ މެންބަރުން ސުވާލު އުފެއްދެވިއެވެ.

މިނިސްޓްރީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން އެ ސުވާލަށް ޖަވާބުދެއްވަމުން ފާހަގަކުރެއްވީ އެފަދަ އިދާރާތައް ވަކިވަކި އިދާރާތަކުގެ ގޮތުގައި ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ މިއިން ކޮންމެ އިދާރާއަކަށްވެސް އެ އިދާރާއެއްގެ މެންޑޭޓްގައިވާ ކަންކަން ވީހާވެސް މިނިވަން ވިސްނުމެއްގައި، ގައުމަށް ފައިދާކުރަނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭނެ މަގުފަހިކުރުން ކަމަށެވެ.

ހަމައެހެންމެ ވަކިން ހާއްސަކޮށް އެމްކިޔުއޭ ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި، އެމްކިޔުއޭ ކަހަލަ އިދާރާތައް ވަކި އިދާރާއެއްގެ ގޮތުގައި ހިންގުމަކީ ދުނިޔޭގެ ގައުމުތަކުގައި އަމަލުކުރަމުން އަންނަ ބެސްޓްޕްރެކްޓިސް އެކެވެ.

ދައުލަތުގެ އެކިއެކި މުއައްސަސާތަކުގައި ތަފާތު އެކި ނަންނަމުގައި ޓްރަސްޓްފަންޑް ހަދާފައި ހުންނަކަމަށާއި ގާނޫނުގައި އެކަން ހިމަނަން ބޭނުންވާ ސަބަބާ ބެހޭ ގޮތުން މެމްބަރުން ސުވާލު ކުރުމުން މިނިސްޓްރީން ޖަވާބުދެއްވި ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި މިފަދަ ފަންޑަކަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ސްޓޫޑަންޓް ލޯން ރިވޯލްވިންގ ފަންޑެއް ގާއިމްކުރުމެވެ.

އަދި ގާނޫނީ ބާރުވެރިކަން ލިބިއްޖެ ނަމަ ތައުލީމީ ދާއިރާއަށް ޑޮނޭޓް ކުރަން ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ ފަރާތުން ޑޮނޭޝަންގެ ގޮތުގައި ފައިސާ ފަންޑަށް ލިބުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށާއި ރައްޔިތުންގެ މަޖިލީހުން މިނިސްޓަރ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އިތުރަށް ފުރިހަމަވެގެން ދާނެއެވެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި

01 މާރިޗު 2017
މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް