Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެރިޓައިމް އިންޑަސްޓްރީ

ސީމަނުންނަށް ބޭނުންވާ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލާ ހުށައެޅި ގަރާރާއި ގުޅޭ ކޮމިޓީ ރިޕޯޓު ފާސްކޮށްފި

މެރިޓައިމް ދާއިރާއަށް މީހުން ތަމްރީނުކުރުމަށް ގޮވާލާފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2020 | ހޯމަ 09:21
ވިޔަފާރި ބަނދަރު، ފާސްކުރުމަށް ވޯޓުދެއްވީ .58 މެމްބަރުން

ވިޔަފާރި ބަނދަރު، ފާސްކުރުމަށް ވޯޓުދެއްވީ .58 މެމްބަރުން

މަކުނުދޫ ދާއިރާގެ މެމްބަރު އަހުމަދު ރާއީ ހުށައަޅުއްވަފައިވާ މެރިޓައިމް އިންޑަސްޓްރީގެ ފަރާތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ހުށައަޅާފައިވާ ގަރާރާއި ގުޅޭ ކޮމިޓީ ރިޕޯޓު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ގަރާރު ދިރާސާކޮށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކުރީ 58 މެމްބަރުންގެ ވޯޓުންނެވެ.

Advertisement - newsAdvertisement

މެރިޓައިމް އިންޑަސްޓްރީގެ ފަރާތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ހުށައަޅާފައިވާ ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަމަކީ މިވަގުތު ރާއްޖޭގައި ހުރި ޝިޕިންގ އޭޖެންޓްސް އަދި ލޮޖިސްޓިކް ކޮމްޕެނީތަކުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރު ކުރުމަށާއި ވަކި މިންގަނޑެއް ނެތި އިމްޕޯޓު ފްރައިޓް ކޮންޓްރޯލު ކުރަމުންދާއިރު، އެކަމުގެ ސަބަބުން ވިޔަފާރިވެރިންނަށާއި ދިވެހި ރައްޔިތުންނަށް ގެއްލުންވާ ކަމަށެވެ. އަދި އަދި އެކަމާގުޅޭ މިންގަނޑުތަކެއް ޓްރާންސްޕޯޓު މިނިސްޓްރީން އެކުލަވާލައިފިނަމަ އެކަން ޙައްލުވެގެންދާނެ ކަމަށް ވެސް ގަރާރުގައި ވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ޝިޕިންގ ލޯ ނުވަތަ މާޗެންޓް ޝިޕިންގެ ޤާނޫނެއް އެކުލަވައިލުމުގެ މުހިންމުކަމަށާއި މީހުން ތަމްރީނުކުރުމަށް ލޯނު ސްކީމެއް ތަޢާރަފު ކުރުމަށާއި ރާއްޖޭގައި ޝިޕިންގ އިންޑަސްޓްރީ ހަރުދަނާވުމާއި، ބޯޓު ދަތުރު ކުރާ މީހުންނަށް އަޅާލުމުގެ މުހިންމުކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މި ގަރާރު ދިރާސާ ކޮށް، ކޮމިޓީން 6 ކަމެއް ހުށައަޅާފައިވެއެވެ. ކޮމިޓީން ހުށައަޅާފައިވަނީ (SEAFARER'S IDENTITY DOCUMENT(SID ތަޢާރަފްކޮށް ސީމަނުންނަށް ލިބޭނެ ގޮތް ހެދުމަށެވެ. އަދި މެރިޓައިމް އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ރީސްޓްރަކްޗަރކުރުމާއެކު، އެ ތަނަކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދެވޭނެ ތަނަކަށް ހެދުމަށެވެ.

މީގެ އިތުރުން ސެންޓަރ ފޯ މެރިޓައިމް ސްޓަޑީސްގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށާއި މެރިޓައިމް ދާއިރާއަށް މީހުން ތަމްރީނު ކުރުމަަށް ކޮމިޓީން ހުށައަޅާފައިވާއިރު ޝިޕިންގ އަދި ލޮޖިސްޓިކް ދާއިރާގައި ދިވެހި ކުންފުނިތައް ހަރަކާތްތެރިވުން އިތުރު ކުރުމަށް މަގުފަހިކޮށްދިނުމާއެކު، އެ ދާއިރާގައި ދިވެހިންގެ ހިއްސާ އިތުރު ކުރުމަށް ލާޒިމް ކަމަށް ވެސް ހުށައަޅާފައިވެއެވެ.

މި ގަރާރު ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

18 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު