Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝިޕިންގ އޭޖެންޓް

ޝިޕިންގެ އެޖޭންޓްގެ ގޮތުގައި 112 ކުންފުންޏެއް ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވޭ: ޓްރާންސްޕޯޓް އޮތޯރިޓީ

23 އޯގަސްޓު 2020 | އާދީއްތަ 07:14

ޝިޕިންގ އެޖެންޓް، ފްރައިޓް ފޯވަޑް ކުންފުނިތަކުން ބޮޑެތި ފީތައް ނަގާ، 500 ޑޮލަރުގެ މުދަލުން 1000 ޑޮލަރު ވެސް ނަގަމުންދޭ، އެކިފަހަރު އެކި އަދަދުތަކުން ނަގަމުންދޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 އޯގަސްޓު 2020 | އާދީއްތަ 07:14
ޓްރާންސްޕޯޓް އޮތޯރިޓީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް: ޝިޕިންގ އެޖެންޓް، ފްރައިޓް ފޯވަޑް ކުންފުނިތަކުން ބޮޑެތި ފީތައް ނަގަމުންދާ މައްސަލައަކީ ބޮޑު މައްސަލައެއް

ޓްރާންސްޕޯޓް އޮތޯރިޓީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް: ޝިޕިންގ އެޖެންޓް، ފްރައިޓް ފޯވަޑް ކުންފުނިތަކުން ބޮޑެތި ފީތައް ނަގަމުންދާ މައްސަލައަކީ ބޮޑު މައްސަލައެއް

ޝިޕިންގ އެޖޭންޓްގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް 112 ކުންފުންޏެއް މިހާތަނަށް ރެޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މައުލޫމާތު ދެއްވަމުން، ޓްރާންސްޕޯޓް އޮތޯރިޓީ ހިނގެވުމާ ހަވާލުވެ ހުންނެވި، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވިދާޅުވީ، ޝިޕިންގ އެޖޭންޓުންގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ 112 ކުންފުނީގެ ތެރެއިން މިހާތަނަށް 21 ކުންފުނި ރެޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ، މިދިއަ ޖުލައި މަހު 16 ވަނަ ދުވަހު އެ އޮތޯރިޓީން ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައެވެ. އަދި އެ ދުވަހުން ފެށިގެން ޝިޕިންގ އެޖެންސީގެ ހިދްމަތް ދިނުމާ ބެހޭ ގަވާއިދާ އަމަލު ކުރަން ފަށާފައެވެ. އެ ގަވާއިދުގެ ދަށުން، އޮގަސްޓް 16 ވަނަ ދުވަހުގެ ކުރިން ޝިޕިންގ އެޖޭންސީ ރަޖިސްޓްރީ ކުރަން ޖެހެއެވެ. ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފީސް ބަދަލުވުމާއި ހިދުމަތް ދިނުމުގައި ދަތިތަކެއް ދިމާވުމުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ޝިޕިންގ އެޖޭންސީ ރަޖިސްޓްރީ ވުމަށް ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

އެ ގަވާއިދު ބުނާ ގޮތުން، ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވަޑަރެއް ޑެލިވަރީ އޯޑަރ ދޫކުރުމަށް ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ކޮންސައިނީގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ނެގޭނީ ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން -/500 (ފަސްސަތޭކަ) ރުފިޔާއެވެ.

ނަމަވެސް މިފަދަ ބައެއް އެޖެންޓުން ދިވެހި ވިޔަފާރިވެރިން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދާ ކަމަށްދާތީ، ވަރަށް ގިނަ ޝަކުވާތައް ދިވެހި ވިޔަފާރިވެރިންގެ ފަރާތުން ލިބެމުންދާ ކަމަށާއި، އެހެންކަމުން، ގާނޫނީ ބާރު ލިބިގެން ގަވާއިދު ހަދައި، މިހާރު އެ ގަވާއިދަށް އަމަލު ކުރަމުންދާ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

މިފަދަ ޝިޕިންގ އެޖޭންޓުންގެ ގޮތުގައި ނުފޫޒު ގަދަ ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން، ހިންގަމުންދަނީ ސްރީލަންކާގެ ބައެއް ކަމަށް ވެއެވެ.

އާދިލް ވިދާޅުވީ ޝިޕިން އެޖެންޓުން ރަޖިސްޓަރކޮށްގެން، ލައިސަންސެއްގެ ދަށުން ނޫނީ ފުރައިޓް ފޯވަޑިން ހިދުމަތް ނުދެވޭނެ ގޮތަށް ޤަވާއިދެއްގެ ދަށުން ހެދީ ގިނަ ބައެއްގެ ޝަކުވާތަކެއް އެކަމާމެދު އޮތުމުން، އެކަންތައް ހައްލުކުރުމަށް ކަމަށެވެ.

މި މައްސަލާގައި މިދިއަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމެޓީއަށް ވަޑައިގެން އާދިލް ވިދާޅުވެފައިވަނީ، ޝިޕިން އެޖެންޓުން ރަޖިސްޓަރކޮށްގެން، ލައިސަންސެއްގެ ދަށުން ނޫނީ ފުރައިޓް ފޯވަޑިން ހިދުމަތް ނުދެވޭނެ ގޮތަށް ޤަވާއިދެއްގެ ދަށުން ހެދީ ގިނަ ބައެއްގެ ޝަކުވާތަކެއް އެކަމާމެދު އޮތުމުން، އެކަންތައް ހައްލުކުރުމަށް ކަމަށެވެ.

އާދިލް ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ ޝިޕިން އެޖެންޓް، ފުރައިޓް ފޯވަޑް ކުންފުނިތަކުގެ 90 އިންސައްތަ ފަރާތްތަކަކީ ދިވެއްސެއްގެ ނަމުގައި ބޭރު މީހުން ހިންގާ ކުންފުނިތައް ކަމަށެވެ. އަދި ޤަވާއިދު އެކުލަވާލުމުގެ ކުރިން އެފަރާތްތަކުން ދިޔައީ ފުރައިޓް ފޯވަޑިންގެ ހިދުމަތް ދިނުމުގައި ގިނަ ފީތަކާއި، ބޮޑެތި އަގުތަކެއް ނަގަމުންކަމަށް އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ އައު ޤަވާއިދުގެ ދަށުން މިމައްސަލަތައް ހައްލުވާނެ ކަމަށެވެ. އަދި އެ ގަވާއިދާ ހިލާފަށް ޝިޕިންގެ އެޖޭންޓްކަން ކުރާ ފަރާތްތަކާއި ގަވާއިދުގައި ބުނާ ފީ އަށް ވުރެ އިތުރު ފީއެއް ނަގާނަމަ، އެފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް އާދިލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް