Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރުގެ

އަމީންްްގެ ކުށެއް ނެތްކަން ސާބިތުކޮށް ނުދެވޭންޏާ އެންމެ ރަނގަޅީ އިސްތިއުފާ ދިނުން: ގާސިމް

18 އޯގަސްޓު 2020 | އަންގާރަ 14:08

މައްސަލަ ބަލަން ފުލުހުންގެ އިތުރުން އޭސީސީ އަށް ވަނީ ހުށައަޅާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 18 އޯގަސްޓު 2020 | އަންގާރަ 14:08
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފެންމަތިވި ކަންތައްތަކުގައި މިނިސްޓަރު އަބްދުﷲ އަމީންގެ ކުށެއް ނެތްކަން އޭނާ އަށް ސާބިތުކޮށް ނުދެވޭނަމަ، އެންމެ ރަނގަޅީ އަމީން މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ސަރުކާރު ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޮޑިޓް ރިޕޯޓުގައި ހުރި ކަންތައްތައް ތަހުގީގުކޮށް ނިމެންދެން ޖުމްހޫރީ ޕާޓިގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންވި އަމީން ވަނީ އެކަހެރިވެ ވަޑައިގަންނަވާފައެވެ.

Advertisement - newsAdvertisement

ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދޭން ބޭނުންވާ ވެންޓިލޭޓަރު ގެނައުމުގައި އުސުލޫތަކުގެ ބޭރުން ހެލްތް މިނިސްޓްރީން އަމަލުކޮށްފައިވާ ގުޅޭ ގޮތުން އޮޑިޓް ރިޕޯޓުން ފެންމަތިވި މައުލޫމާތުތަކާއެކު ގާސިމް އަށް ލިބިވަޑައިގެންނެވީ ސިހުމެކެވެ.

ފޯނު މެދުވެރި ކުރައްވާ ރާއްޖެ.އެމްވީއާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މިނިސްޓްރީ ތެރޭގައި ގިނަ ކަންތައްތަކެއް އުސޫލުން ބޭރުން ކޮށްފައިވަނީ މިނިސްޓަރަށް އެކަށީގެންވާ ވަރަށް ޒިންމާ އަދާ ނުކުރެވެމުގެ ސަބަބުން ކަަމަށެވެ. ނަމަވެސް މައްސަލަ ނިމެންދެން، އަމީން އެކެހެރިވެ ވަޑައިގެންނެވުން ގާސިމް ސިފަކުރެއްވީ ރަނގަޅު އަދި ކެރޭ މީހުން ކުރާ ކަމެއްގެ ގޮތުގައެވެ.

މައްސަލައާއި ގުޅިގެން މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުން ވެސް ގޭގައި މަޑުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގާފައެވެ. ކޯފާ އިސްކުރައްވައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، މިނިސްޓްރީގެ ބޯޑުން ނިންމާ ނިންމުން ގަބޫލުނުކުރެވެނަމަ އެކަން ރިވައިޒް ކުރަން ހުށައެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ހުރި ކަންތައްތައް ތަހުގީގު ކުރަން ފުލުހުންނަށާއި، އޭސީސީ އަށް ރައީސް އޮފީހުން ވަނީ ހުށައަޅާފައެވެ. އެކަމަކު ގާސިމްގެ ހިޔާލު އެކަމުގައި ތަފާތެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ، އޮޑިޓާ ޖެނެރަލް އަކީ ގާނޫނީ ގޮތުން ބާރު ލިބިފައިވާ ފަރާތަކުން ގާނޫނީ މަސްއޫލިއްޔަތުތަކަކާއި ޒިންމާތަކެއް އަދާކުރަން ހަވާލުކޮށްފައިވާ ފަރާތަކަށްވާއިރު އޮޑިޓް އޮފީހުން ރިޕޯޓުގެ ހަގީގަށް ހާމަކޮށްދޭން ޖެހޭނީ އެކަންކަން ތުހުމަތު ކުރެވުނު ފަރާތުން ނުވަތަ ޒިންމާ އަދާކުރަން ހަވާލުކޮށްފައިވާ ފަރާތްތަކުންނެވެ.

ވެންޓިލޭޓަރުތަކެއް ހޯދަން ކުރި މަސައްކަތުގެ ތެރެއިން ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީން ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައި ކަމަށް އަންގާރަ ދުވަހު ކުރިޔަށް ދިޔަ މާލިއްޔަތު ކޮމެޓީން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 ޖުލައި 2017

"އަޅުގަނޑުމެންގެ މޫނުމަތިންވެސް ފެންނާނެ ޕްރެޝަރެއް ނެތްކަން": ޝައިނީ

05 ޖުލައި 2017
"އަޅުގަނޑުމެންގެ މޫނުމަތިންވެސް ފެންނާނެ ޕްރެޝަރެއް ނެތްކަން": ޝައިނީ
30 ޖޫން 2017

ޝެއިޚް އިމްރާންގެ އިލްތިމާސް: ސާބިތުކޮށް ތިއްބަވާ، ފިނޑިނުވޭ، ފަހަތަށް ނުޖެހޭ، ނަސްރު ލިބޭނެ

30 ޖޫން 2017
ޝެއިޚް އިމްރާންގެ އިލްތިމާސް: ސާބިތުކޮށް ތިއްބަވާ، ފިނޑިނުވޭ، ފަހަތަށް ނުޖެހޭ، ނަސްރު ލިބޭނެ
30 ޖޫން 2017

ކުށެއް ކުރެވިދާނެ، މަޢާފް ކުރުމަކީ ރީތި އާދައެއް: އާޒިމް

30 ޖޫން 2017
ކުށެއް ކުރެވިދާނެ، މަޢާފް ކުރުމަކީ ރީތި އާދައެއް: އާޒިމް
29 ޖޫން 2017

ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭ: އެމްއެފްޑީއޭ

29 ޖޫން 2017
ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭ: އެމްއެފްޑީއޭ
22 ޖޫން 2017

މީހުން މަރަން އުޅުމަކީ ބޮޑު ކުށެއް، އެފަދަ ކުށްވެރިންނާއިމެދު ސަމާލުވާންޖެހޭ: ޑރ. ޖަމީލް

22 ޖޫން 2017
މީހުން މަރަން އުޅުމަކީ ބޮޑު ކުށެއް، އެފަދަ ކުށްވެރިންނާއިމެދު ސަމާލުވާންޖެހޭ: ޑރ. ޖަމީލް
11 މެއި 2017

އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ރައީސް މައުމޫނަށް ތާއިދެއް ނެތްކަން: ޑރ. ޝައިނީ

11 މެއި 2017
އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ރައީސް މައުމޫނަށް ތާއިދެއް ނެތްކަން: ޑރ. ޝައިނީ
05 މެއި 2017

ކެމްޕެއިން ހަރަކާތްތަކުން ރައީސް ޔާމީނަށް ތާއީދުނެތްކަން ޔަގީންވެއްޖެ: ޝިފާ

05 މެއި 2017
ކެމްޕެއިން ހަރަކާތްތަކުން ރައީސް ޔާމީނަށް ތާއީދުނެތްކަން ޔަގީންވެއްޖެ: ޝިފާ
21 އެޕްރީލު 2017

ގާނޫނުއަސާސީ ހުއްދަކުރާ ކަމެއް ކުރުމަކީ ކުށެއް ނޫން: ރައީސް މައުމޫން

21 އެޕްރީލު 2017
ގާނޫނުއަސާސީ ހުއްދަކުރާ ކަމެއް ކުރުމަކީ ކުށެއް ނޫން: ރައީސް މައުމޫން
03 އެޕްރީލު 2017

ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން

03 އެޕްރީލު 2017
ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން
29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް