Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސީހުގެ އިތުބާރު މައްސަލަ

"އަޅުގަނޑުމެންގެ މޫނުމަތިންވެސް ފެންނާނެ ޕްރެޝަރެއް ނެތްކަން": ޝައިނީ

5 ޖުލައި 2017 | ބުދަ 14:38

ސަރުކާރު ބަދަލެއް ނުކުރެވޭނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 5 ޖުލައި 2017 | ބުދަ 14:38
ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ، ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ، ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

ސަރުކާރުގެ އިސްބޭބޭފުޅުންގެ " މޫނުމަތިން ޕްރެޝަރެއް ނެތްކަން" ފެންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންތަކެއް އިސްނަގައިގެން ކާނިވާ ސަރަހައްދުގައި ބުދަ ދުވަހު ބޭއްވި އެއްވުމެއް ގައި ބައިވެރިވެވަޑައިގެން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝައިނީ ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ސަރުކާރު އެއްގޮތަކަށްވެސް ޕްރެޝަރަށް ނުވެއްޓޭ ކަމަށެވެ.

Advertisement - newsAdvertisement

ވަޒީރުންތަކެއް އިސްތިއުފާ ދޭން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާތީ އެކަމާއި ގުޅިގެން ސުވާލުކުރުމުން ޝައިނީ ވިދާޅުވީ، އިތުބާރުގެ މައްސަލަ ކާމިޔާބު ވިޔަސް އެއްވެސް ވަޒީރަކު ރައީސް ޔާމީންގެ އަރިހުން ދުރަށް ވަޑައިނުގަންނަވާނެ ކަމަށާއި ސަރުކާރު އޮތީ ވަރަށް ސާބިތުކަމާއި އެކީ ވަރަށް ބަދަހިކޮށްކަމަށެެވެ.

"އެއްގޮތަކަށްވެސް އަންޑަސްޓޭންޑެއް ނުވޭ މަޖިލީހުގައި ތި ނަގާ ނޯ ކޮންފިޑެންސް ވޯޓަކާއި ސަރުކާރާއި އޮތް ގުޅުމެއް" ޝައިނީ ވިދާޅވިއެވެ.

ޝައިނީ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުވެސް އޭރު އޮތީ މަޖިލީހުގެ މައިނޯރިޓީއަކާއި އެއްކޮށްކަމުން، ރައީސް ޔާމީންގެ މި ސަރުކާރު ވަކި ވެއްޓެންވީ އެއްވެސް ސަބަބެއް ނުވިސްްނޭ ކަމަށެވެ.

މަޖިލީހަށް މިހާރު ވައްދާފައިވާ މަސީހުގެ ނޯ ކޮންފިޑެންސް ވޯޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ، އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މެންބަރުންނަށް ފައިސާ ދީގެން ކަމަށްވާތީ، އެކަމަށް ހަގީގީ ސަޕޯޓެއް ނުލިބޭނޭ ކަމަށެވެ.

"އިރާދު ކުރެއްވިއްޔާ ކުރިންވެސް ފެއިލްކޮށްލިގޮތަށް މިފަހަރުވެސް ފެއިލްކޮށްލާނަން" ޝައިނީ ވިދާޅުވިއެވެ.

ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސިނާން މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ސޮއިކުރެއްވުމުން، އެބޭފުޅުން އޮޅުވާލެއްވީކަމަށް ވިދާޅުވެ ޝައިނީ ކުރެއްވި ޓްވީޓާއި ގުޅޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ، އިލްހާމާއި ސިނާންއާ އޭރުވެސް ދިޔައީ ވާހަކަ ދައްކަމުން ކަމަށާއި، އެބޭފުޅުން ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އަދި އެބޭފުޅުން އޭރު ދެއްކެވި ވާހަކަ އާއި އަމަލުފުޅާއި ދިމާނުވިކަމަށެވެ. އެހެންވެެ އެއީ އެކަމާ ހިތްހަމަ ނުޖެހޭކަން ހާމަކުރުމުގެ ގޮތުން ކުރި ޓްވީޓެއްކަމަށް ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ މަސައްކަތުން ރައީސް ޔާމީންގެ ސަރުކާރުން ވައްޓާނުލެވޭނޭ ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

ސަރުކާރަށް މިހާރު ހުވަދޫ އޮތްގޮތް އެނގޭނެ، ދާދި އަވަހަށް އެއްތާކުން ރައްޔިތުން ފެންނާނެ:ނާޒިމް

05 އޯގަސްޓު 2017
ސަރުކާރަށް މިހާރު ހުވަދޫ އޮތްގޮތް އެނގޭނެ، ދާދި އަވަހަށް އެއްތާކުން ރައްޔިތުން ފެންނާނެ:ނާޒިމް
27 ޖުލައި 2017

މި އަނިޔާވެރިކަން ނިންމުން ނޫން ގޮތެއް ނެތް، ވަރަށް އަވަހަށް ކުރީ ސަފުން ފެންނާނެ: އަލީ ވަހީދު

27 ޖުލައި 2017
މި އަނިޔާވެރިކަން ނިންމުން ނޫން ގޮތެއް ނެތް، ވަރަށް އަވަހަށް ކުރީ ސަފުން ފެންނާނެ: އަލީ ވަހީދު
18 ޖުލައި 2017

އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު

18 ޖުލައި 2017
އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު
11 ޖުލައި 2017

އަޅުގަނޑުމެންގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނަސް މައްސަލައެއް ނެތް: އަބްދުއްރަހީމް

11 ޖުލައި 2017
އަޅުގަނޑުމެންގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނަސް މައްސަލައެއް ނެތް: އަބްދުއްރަހީމް
02 ޖުލައި 2017

ރައްޔިތުންނަށް ކާމިޔާބު ވެއްޖެ، މަޖިލިސް ފެއްޓުމުން އެކަން ފެންނާނެ: ރޮޒައިނާ

02 ޖުލައި 2017
ރައްޔިތުންނަށް ކާމިޔާބު ވެއްޖެ، މަޖިލިސް ފެއްޓުމުން އެކަން ފެންނާނެ: ރޮޒައިނާ
29 ޖޫން 2017

ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭ: އެމްއެފްޑީއޭ

29 ޖޫން 2017
ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭ: އެމްއެފްޑީއޭ
23 ޖޫން 2017

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އުފާވެރި މަންޒަރު ފެންނާނެ: މަޙްލޫފު

23 ޖޫން 2017
 ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އުފާވެރި މަންޒަރު ފެންނާނެ: މަޙްލޫފު
11 މެއި 2017

އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ރައީސް މައުމޫނަށް ތާއިދެއް ނެތްކަން: ޑރ. ޝައިނީ

11 މެއި 2017
އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ރައީސް މައުމޫނަށް ތާއިދެއް ނެތްކަން: ޑރ. ޝައިނީ
10 މެއި 2017

ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ހިންގޭނެ މަންޒަރު ފެންނާނެ: އަމީން

10 މެއި 2017
ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ހިންގޭނެ މަންޒަރު ފެންނާނެ: އަމީން
05 މެއި 2017

ކެމްޕެއިން ހަރަކާތްތަކުން ރައީސް ޔާމީނަށް ތާއީދުނެތްކަން ޔަގީންވެއްޖެ: ޝިފާ

05 މެއި 2017
ކެމްޕެއިން ހަރަކާތްތަކުން ރައީސް ޔާމީނަށް ތާއީދުނެތްކަން ޔަގީންވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް