Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑރ. ޖަމީލް

މީހުން މަރަން އުޅުމަކީ ބޮޑު ކުށެއް، އެފަދަ ކުށްވެރިންނާއިމެދު ސަމާލުވާންޖެހޭ: ޑރ. ޖަމީލް

މިލިއަނުން ގެއްލުނު ފައިސާ އާއި، ބެހި ރަށްތައް މަތިން ހަނދާން ނައްތާނުލެއްވޭނެ ކަމަށް ވިދާޅުވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 22 ޖޫން 2017 | ބުރާސްފަތި 00:14
ކުރީގެ ނައިބުރައީސް އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރު، ޑރ. މުޙައްމަދު ޖަމީލް އަޙުމަދު

ކުރީގެ ނައިބުރައީސް އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރު، ޑރ. މުޙައްމަދު ޖަމީލް އަޙުމަދު

މީހުން މަރަން އުޅުމަކީ ބޮޑު ކުށެއް ކަމަށާ، އެފަދަ ކުށެއް ކުރާ މީހުންނާއިމެދު އަމަލުކުރަންވާނީ ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށް ކުރީގެ ނައިބުރައީސް އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރު، ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރެއްވި ޓްވީޓްތަކެއްގައި ޑރ. ޖަމީލް ވިދާޅުވީ، މީހުން މަރަން އުޅުމަކީ ބޮޑު ކުށެއް ކަމަށާ، އެފަދަ ކުށްކޮށްފައިވާ ފަރާތްތައްކަށް ހައްޤު އަދަބު ދިނުމަށް ޤައުމު އެކުގައި ސާބިތުވެ ތިބެން ޖެހޭ ކަމަށެވެ. އަދި މިފަދަ ނުރައްކާތެރި ކުށްވެރިންނާއިމެދު އަމަލުކުރަންޖެހޭނީ ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބުރައީސް އަޙުމަދު އަދީބަށް އަމާޒުކޮށްކަމަށް ދޭހަވާ ފަދައިން ކުރައްވާފައިވާ މި ޓްވީޓްތަކުގައި ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރްސީން ޚިޔާނަތުގެ ތެރެއިން ގެއްލިފައިވާ ފައިސާ އަދިވެސް ދައުލަތަށް ހޯދިފައިނުވާ ކަމަށާ، މިލިއަނުން ގެއްލުނު ފައިސާ އާއި ކޮރަޕްޓް ފަރާތްތަކަށް ބެހި ރަށްތަކުގެ މައްސަލަ ހަނދާންނައްތައި ނުލެވޭނެ ކަމަށެވެ.

ފުރާނައަށް ނުރައްކާވާފަދަ ބަލިތަކަކާއި ހަނގުރާމަ ކުރައްވަމުން ގެންދެވި ނަމަވެސް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުޞަތު އަދީބަށް ދިނުމަށް ސަރުކާރުން ދެކޮޅުހަދާފައިވާތީ ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުންދާއިރު، ޑރ. ޖަމީލްގެ އިތުރު ޓްވީޓެއްގައި ވިދާޅުވީ ހައްގުތަކުން މަހުރޫމްކުރެވިފައި އެތައް ބަޔަކު ރާއްޖޭގެ ޖަލުތަކުގައި އެބަ ތިބި ކަމަށެވެ. އަދި އޭގެ ތެރެއިން ބަޔަކު ތިބީ ބޭއިންސާފު ޝަރީއަތުން ޖަލަށް ލާފައި ކަމަށް ވިދާޅުވެ، ހަމަހިމޭނުންތިބެ، އެކަންކަން ތަހައްމަލް ކުރަމުން ގެންދާ ފަރާތްތަކުގެ ހައްގު ހޯދައިދިނުމަށް އަޑު ނުއުފުލަނީ ކީއްވެތޯ ޑރ. ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.

މި ކަންކަން މިފަދައިން ފާހަގަކުރެއްވުމަށްފަހު، ޑރ. ޖަމީލް ވިދާޅުވީ، ކޮންމެ ޤައިދީއަކާއިމެދުވެސް ސަރުކާރުން އަމަލުކުރަން ޖެހޭނީ އިންސާނިއްޔަތުކަމުގެ ހަމަތަކުގެ މަތިން ކަރާމާތްތެރިކަމާއިއެކު ކަމަށެވެ. އަދި އެގޮތަށް އަމަލުކުރި ނަމަވެސް ސިޔާސީ ކުށްވެރިންނާއި، ޖިނާއީ ބޮޑެތި ކުށްތައް ކޮށްފައިތިބޭ ފަރަތްތަކާއި މެދު އޮންނަ ފަރަޤު ހިފަހައްޓަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދީބަށް ރައްދުވާކަމަށް ދޭހަވާގޮތަށް މިފަދަ ޓްވީޓްތަކެއް ޑރ. ޖަމީލް ކުރައްވާފައިވާއިރު، މި ވެރިކަމުގެ ފުރަތަމަ ނައިބުރައީސްކަމުގައި ޑރ. ޖަމީލް ހުންނަވަނިކޮށް، އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށް، ނައިބު ރައީސްކަން ވަނީ އަދީބާއި ހަވާލުކޮށްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު