Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް

އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ރައީސް މައުމޫނަށް ތާއިދެއް ނެތްކަން: ޑރ. ޝައިނީ

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ނެރޭނެ ކެންޑިޑޭޓެއް ނެތްކަން ހާމަވެއްޖެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 11 މެއި 2017 | ބުރާސްފަތި 15:23
ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ

ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އެއްވެސް ތާއިދެއް ނެތްކަން ކަމަށް ފިޝްރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އެމްޑީއޭ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރުގެ ޖަލްސާތަކުގެ ތެރެއިން ބުދަ ދުވަހުގެ ރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ފުރަތަމަ ބުރުގައި 25 ޕަސެންޓް ވެސް ލިބުނީ ރައީސް މައުމޫންގެ ތާއިދާ އެކު ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނޫންކަން ކައުންސިލް އިންތިހާބުގެ ނަތީޖާއިން ސާބިތުބެގެން ހިގައްޖެ ކަމަށެވެ.

Advertisement - newsAdvertisement

""މީގެ ކުރިން ވަރަށް ގިނައިން އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ލިބުނީ 25 ޕަސެންޓް ކަމަށް، އެވެސް ރައީސް މައުމޫން ފަހަތުގައި ހުންނަވައިގެނޭ، މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ރައީސް މައުމޫންގެ އެއްވެސް ތާއީދެއް ނެތްކަން، އެއީ ރައީސް ޔާމީން އެކަނި ނިކުމެވަޑައިގެން ކުރިއާ އަޅާބަލާއިރު އިންޑިވިޖުއަލް މީހަކު ނެގި ވޯޓާ އަޅާބަލާއިރު ގިނަ ވޯޓު ނަންގަވާފަ ހުންނެވީ،" މިނިސްޓަރު ޝައިނީ ވޮދާޅުވިއެވެ.

ޑރ. ޝައިނީ ވިދާޅުވީ ކައުންސިލް އިންތިހާބުގައި ރައީސް ޔާމީން ގިނިކަންޏާ ނިކުމެވަޑައިގެން ވެސް 30 ޕަސެންޓް ހޯއްދަވާފައިވާ ކަމަށާއި އެހެން ކަމުން މިފަހުން ބޭއްވި ކައުންސިލް އިންތިހާބަކީ ޕީޕީއެމަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔަ އިންތިހާބެއް ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހިސާބު ޖަހައިފި ނަމަ ގާސިމަށް 25 ޕަސެންޓް، ރައީސް މައުމޫނަށް 25 ޕަސެންޓް، ނަޝީދަށް 25 ޕަސެންޓް، ދެން ތިބި މީހުންނަށް އެއް ޕަސެންޓް ނަމަވެސް އެ ހުރިހާ ބޭފުޅުންނަށް ލިބުނު ވޯޓު މާ ދަށް، ރައީސް ޔާމީން ގިނިކަންޏާ ނިކުމެވަޑައިގެން މިހާރު ވެސް ޕީޕީއެމްއަށް ލިބިފައިވާ ވޯޓަށް ބަލާއިރު 30 ޕަސެންޓަށް ވުރެ ގިނަ ވޯޓު ނަގައިފި،" ޝައިނީ ވިދާޅުވި އެވެ

މީގެ އިތުރުން މިނިސްޓަރު ޝައިނީ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ނެރޭނެ ކެންޑިޑޭޓެއް ނެތްކަން ކައުންސިލް އިންތިހާބުގެ ނަތީޖާއިން ސާބިތުވެގެން ހިނގައްޖެ ކަމަށެވެ. އެގޮތުން އިދިކޮޅުން ނެރެން ހުރީ ކޮން ކެނޑިޑޭޓެއްތޯ ބަލާއިރު ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދަށް ވެރިކަމަށް ކުރިމަތިލެއްވެން ނެތް ކަމަށާއި ހަމައެހެންމެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށެވެ.

ޝައިނީ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ނެރެން ހުރި ފަރާތަކީ ވެސް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިޙް ކަމަށާއި ނަމަވެސް އިބޫ ވެސް މިހާރު ބަލިވެފައިވާ ކަމަށެވެ.

"ދެން އެ ބޭފުޅުންގެ ތެރޭގައި ސިޔާސީ ގޮތުން އެންމެ ފުންނާބު އުސްކޮށް އުޅުއްވަނީ އިބޫ، އިބޫގެ ދާއިރާއިން އިބޫ ބަލިވެއްޖެ، ދެން އެ ނިކުންނަން ހުރި މީހާއަށް ވެސް އެ ނުނިކުމެވުނީ، ދެން ކާކުތޯ ނިކުންނަނީ؟،" ޝައިނީ ސުވާލު ކުރެއްވި އެވެ. ޝައިނީ އެހެން ވިދާޅުވީ، އެމްޑީޕީގެ ބޮޑު ސަޕޯޓެއް އޮންނަ އިބޫގެ ދާއިރާ ކަމަށްވާ ޅ. ހިންވަރުގެ ކައުންސިލްގެ ގޮނޑިތައް ޕީޕީއެމްއިން ނަގާފައިވާތީ އެވެ. މިއީ އެ ކައުންސިލްގެ ގޮނޑިތައް އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު