Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝެއިޚް އިމްރާން

ޝެއިޚް އިމްރާންގެ އިލްތިމާސް: ސާބިތުކޮށް ތިއްބަވާ، ފިނޑިނުވޭ، ފަހަތަށް ނުޖެހޭ، ނަސްރު ލިބޭނެ

ކާމިޔާބު ލިބެނީ ރައްޔިތުންގެ ހިތްވަރުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 30 ޖޫން 2017 | ހުކުރު 12:26
ޝެއިހް އިމްރާން ރާއްޖެޓީވީއަށް އިންޓަރވިއު ދެނީ

ޝެއިހް އިމްރާން ރާއްޖެޓީވީއަށް އިންޓަރވިއު ދެނީ

ރައީސް އަބްދުﷲ ޔާމީން ހިންގަވާފައިވާ ޖަރީމާތަކާއި ބޮޑެތި ކުށްތައް މިދަނީ ރައްޔިތުންނަށް ހާމަވެ، ސާފުވަމުން ކަމަށާއި ރައްޔިތުން އިތުރަށް ސާބިތުވެ، ފިނޑިނުވެ، ތިއްބެވުމަށް ޖަލަށް ހުކުމް ކުރައްވާފައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އިލްތިމާސް ކުރައްވައިފި އެވެ.

މެއި 1، 2015 ގައި ޝެއިޚް އިމްރާން ޖަލަށް ލެއްވި ފަހުން، މީޑިއާ ދެއްވި ފުރަތަމަ އިންޓަވިއުގައި އޭނާ ވިދާޅުވީ މިހާތަނަށް ކާމިޔާބު ލިބުނީ ރައްޔިތުންގެ ކެތްތެރިކަމުގެ ސަބަބުން ކަމަށެވެ.

Advertisement - newsAdvertisement

"ރައްޔިތުންގެ ކެތްތެރިކަމާއި ސާބިތުކަމުން އަޅުގަނޑުމެންނަށް ކާމިޔާބު ވަނީ. އެހެންވީމާ އަދިވެސް ދަންނަވަން އޮތީ ލީޑަރުންނާއި އެންމެހާ ރައްޔިތުންނަށް، ސާބިތުކޮށް ތިއްބަވާށޭ، ފިނޑި ނުވާށޭ، ފަހަތަށް ނުޖެހޭށޭ،" ހުކުރު ދުވަހު އިމްރާން އަނބުރާ ޖަލަށް ގެންދެވުމުގެ ކުރިން އެ މަނިކުފާނު ދިރިއުޅުއްވި ގޭގައި ރާއްޖެ ޓީވީއަށް ދެއްްވި އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.

ޝެއިޚް އިމްރާން ވިދާޅުވީ އޭނާ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އަނބުރާ ޖަލަށް ގެންދެވީ، އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ކާމިޔާބުވާތީ ކަމަށެވެ.

"އާދެ އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގައި މިއަދު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާއެކުގައި އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ހަރުދަނާވެ، ވަރުގަދަވެގެން ދިއުމުގެ ސަބަބުން ރައީސް ޔާމީނަށް ހަމަ އަޅުގަނޑުމެން ގޭގައި ބައިތިއްބައިގެން އެންމެ ވަގުތުކޮޅަކު ވެސް މަޑުން ހުރުމަށް ދަތިފުޅުވެވަޑައިގަންނަވާތީ އަޅުގަނޑުމެން އަނބުރާ ގެންދަނީ ކަމަށް،" އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ދިވެހި ހުރިހާ ރައްޔިތުން ގުޅިގެން، ހަތަރު ލީޑަރުން އެކުގައި ގުޅިގެން މިކުރާ މަސައްކަތަށް މިއަދު ވަނީ ވަރަށް ބޮޑު ތާއިދެއް ލިބިފައި ކަމަށް. ދިވެހި ރައްޔިތުން ތިބީ އަޅުގަނޑުމެން އެންމެނާއެކުގައި. އެހެންވީމާ މިހާރު ވެސް ކުރައްވަމުން ގެންދަވާ މަސައްކަތް ސާބިތުކަމާއެކު ހުރިހާ ބޭފުޅުން ކުރިއަށް ގެންދެވުން އެއީ އަޅުގަނޑުގެ އެންމެ ބޮޑު އެއް އިލްތިމާސް. ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުން ހިތްވަރު ގަދަކުރައްވާ އެ ޕާޓީތަކާއެކު ސާބިތުކަމާއެކު ތިއްބަވާ ލީޑަރުންގެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާށޭ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޖަލުގައި ތިބި ކަމަށް ވީ ނަމަވެސް، އަޅުގަނޑުމެންގެ ހިތްވަރެއް ބައްޔެއް ނުވާނެ. އަޅުގަނޑުމެން ވަރަށް ސާބިތުކޮށް ތިބޭނީ އިރާދަކުރެއްވިއްޔާ."

ދިވެހި ރައްޔިތުން ސާބިތުކަމާއެކު ތިއްބަވައިފި ނަމަ އިމްރާން ވިދާޅުވީ "ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ފުރިހަމަ ނަސްރަކާއި ކާމިޔާބު ﷲ ސުބުހާނަހޫ ވަތައާލާ ދެއްވާނެ،" ކަމަށެވެ.

ނާޒިމްގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއާ ގުޅޭ ގޮތުން އިމްރާނު ވިދާޅުވީ ނާޒިމްގެ މައްސަލައިގައި މީގެ ކުރިން ދެއްކި ވާހަކަތަކުގެ އަދީބުގެ ސިޓީން އެނގިގެން ހިނގެއްޖެ ކަމަށެވެ.

"އެހެންވީމާ ރައީސް ޔާމީން ހިންގަވާފައިވާ ޖަރީމާތަކާއި ބޮޑެތި ކުށްތައް މިދަނީ ރައްޔިތުންނަށް ހާމަވެ، ސާފުވަމުން. އެހެންވީމާ އަޅުގަނޑުމެންނަށް އޮތީ މިކަމުގައި ސާބިތުވެ ކެތްކުރުން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ވަރަށް އަވަހަށް ކާމިޔާބު ލިބޭނެ. ވަރަށް އަވަހަށް ނަސްރު ލިބޭނެ. ރައްޔިތުންގެ އުފާވެރި ދުވަސްތައް ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބައްދަލުކުރާނެ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ ކެތްތެރިކަމާއި ސާބިތުކަމުގެ ސަބަބުން ރައްޔިތުން އަނިޔާއިން މިންޖުވެ ސަލާމަތްވާނެ ކަމަށާއި ރައްޔިތުން ފިނޑިނުވެ، ފަހަތަށް ނުޖެހި ތިއްބެވުމުން، ރައްޔިތުންނަށް ކުރިމަތިވެފައިވާ ހުރިހާ ދަތިތައް އިރާދަކުރެއްވިއްޔާ ފިލައި ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ މިނިވަން ކަމާއި ހިތްހަމަޖެހުން ގެނެސްދެވޭނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"ރައްޔިތުންގެ ކެތްތެރިކަމާއި ސާބިތުކަމުން އަޅުގަނޑުމެންނަށް ކާމިޔާބު ވަނީ. އެހެންވީމާ އަދިވެސް ދަންނަވަން އޮތީ ލީޑަރުންނާއި އެންމެހާ ރައްޔިތުންނަށް، ސާބިތުކޮށް ތިއްބަވާށޭ، ފިނޑި ނުވާށޭ، ފަހަތަށް ނުޖެހޭށޭ،" އިމްރާން ވިދާޅުވި އެވެ.

މޭ ޑޭގައި އެމްޑީޕީ އާއި އަދާލަތުން ފެށި މަސައްކަތް ކާމިޔާބުވަމުން އަންނަ ކަމަށާއި އެ ދުވަހު ދެއްކި ވާހަކަ ގަބޫލުކުރެވުނީ މަދުބަޔަކަށް ކަމަށް އިމްރާން ވިދާޅުވި އެވެ. ނަމަވެސް، މިހާރު ގިނަ ބަޔަކަށް އެ ވާހަކަ ގަބޫލު ކުރެވޭ ކަމަށާއި ނާޒިމް ފްރޭމްކޮށްފައިވާކަން މިހާރު އެންމެންވެސް ގަބޫލްކުރާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުންނާއި ބްރޯޑްކޮމްގެ "އިލްތިމާސް" މީޑިއާތަކަށް!

ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުންނާއި ބްރޯޑްކޮމްގެ "އިލްތިމާސް" މީޑިއާތަކަށް!

25 އެޕްރީލު 2017
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި

25 އެޕްރީލު 2017
އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި

އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި

23 އެޕްރީލު 2017
ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!

ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!

23 އެޕްރީލު 2017
ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް

ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު